މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ލިބެންޖެހޭ 24.7 މިލިއަން ރުފިޔާ އެބަހުރި ކަމަށާއި މިދިޔަ އަހަރު ތަކުގައި އެ ފައިސާ ހޯދަން އެކަށީގެންވާ މަސައްކަތެއް އެ ކޮމިޝަނުން ކޮށްފައި ނެތް ކަމަށް އޮޑިޓަ ޖެނެރަލް އޮފީހުގެ ރިޕޯޓެއްގައި ބުނެފި އެވެ.
08 މެއި 2023
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ލިބެންޖެހޭ 24.7 މިލިއަން ރުފިޔާ އެބަހުރި ކަމަށާއި މިދިޔަ އަހަރު ތަކުގައި އެ ފައިސާ ހޯދަން އެކަށީގެންވާ މަސައްކަތެއް އެ ކޮމިޝަނުން ކޮށްފައި ނެތް ކަމަށް އޮޑިޓަ ޖެނެރަލް އޮފީހުގެ ރިޕޯޓެއްގައި ބުނެފި އެވެ.
އެ އޮފީހުން މި ހަފުތާގައި އާންމުކުރި ބްރޯޑްކާސްޓިން ކޮމިޝަނުގެ 2021 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެންމެ ބޮޑު އަދަދެއް ނުލިބި ހުރީ ރީ-ބްރޯޑްކާސްޓިން ލައިސަންސް ފީގެ ގޮތުގަ އެވެ. އެއީ 6.4 މިލިއަން ރުފިޔާ އެވެ.
ރީބްރޯޑްކާސްޓިން ލައިސަންސް ފީގެ ޖޫރިމަނާގެ ގޮތުގައި 5.6 މިލިއަން ރުފިޔާ އާއި ފްރީކުއަންސީ ލައިސެންސް ފީ އަށް ވާ 5.8 މިލިއަން ރުފިޔާ އާއި ބްރޯޑްކާސްޓިން ލައިސަންސްގެ ފީގެ ގޮތުގައި 3.2 މިލިއަން އަދި އޭގެ ޖޫރިމަނާގެ ގޮތުގައި 3.6 މިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށް ރިޕޯޓުގައި ވެ އެވެ.
އޮޑިޓަ ޖެނެރަލް އޮފީހުގެ މައުލޫމާތުން އެނގޭ ގޮތުގައި، އޭގެ ތެރޭގައި އެންމެ ބޮޑު އަދަދެއް ހިމެނެނީ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ފައިސާ އެވެ.
ބްރޯޑްކޮމަށް ލިބެން ޖެހޭ ފައިސާގެ ތެރޭގައި އެ ހޯދަން މަސައްކަތް ކުރާތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ 12.7 މިލިއަން ރުފިޔާ އެބަހުއްޓެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި ބްރޯޑްކޮމަށް ލިބެންޖެހޭ ފައިސާގެ އަދަދު އަހަރުން އަހަރަށް ދަނީ އިތުރު ވަމުންނެވެ.
އެ އޮފީހުން ބުނީ، ފީތައް ދައްކަން ކަނޑައަޅާފައިވާ މުއްދަތުތައް ފަހަނައަޅައި ދިއުމުން، އެ ފަރާތްތަކަށް ނޯޓިސް ފޮނުވައި، ކޯޓަށް މައްސަލަތައް ހުށަހަޅައިގެން ވެސް، އެ ފައިސާ ކޮމިޝަނަށް ލިބޭނެ ގޮތްތަކެއް ހަމަޖައްސަން ޖެހޭ ކަމަށެވެ. އެކަން ކުރުމުގައި މާލިއްޔަތު ގަވައިދާ އެއްގޮތަށް ކަންކަން ކުރުމަށް ވަނީ އެދިފަ އެވެ.
ބްރޯޑްކޮމަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާތައް ހުރި އިރު، އޭގެ ތެރޭގައި ކޮވިޑްގެ ދުވަސްވަރު ލިބެން ޖެހޭ ފީތައް ވެސް ހިމެނެ އެވެ. ކޮވިޑްގެ މުއްދަތުގެ ފީތައް ލުއި ކޮށްދިނުމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފިނޭންސް މިނިސްޓްރީން މަޝްވަރާކޮށް، ފައިސާ ހޯދުމުގެ ކަންކަމުގައި ނޯޓިސް ފޮނުވުން ބްރޯޑްކާސްޓިން ކޮމިޝަނުން މަޑު ޖައްސާލި އެވެ. ނަމަވެސް، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެ ފައިސާ ނުދައްކާ ހުރި ފަރާތްތަކަށް ނޯޓިސް ފޮނުވަމުން އަންނަ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ރިޕޯޓުގައި ވެ އެވެ.
ބްރޯޑްކޮމުން ފައިސާ ހޯދަން މަސައްކަތެއް ނުކުރޭ: އޮޑިޓް
ސަން ފްރަންޓަށް ބަދަލުގެ ގޮތުގައި ދިނީ ދެގުނަ ބޮޑުކޮށް
ފުވައްމުލަކު ފެނުގެ މައްސަލަ: އޮޑިޓުގައި އެތައް ކަމެއް
"ހަރަދު ކުޑަކުރުން އިބިލީހުގެ ކައިވެންޏަށް ވެއްޖެ"
ވެށި ހިމާޔަތްކުރާ ފަންޑު ބަލަހައްޓާގޮތުން ސުވާލު އުފެދޭ
ގޯސްކޮށް މީހުން ވަކިކުރާނަމަ ފިޔަވަޅު އަޅަންޖެހޭ:އޮޑިޓް
މުވައްޒަފުން ނަގަން އިއުލާނެއް، އިންޓަވިއު ވެސް ނެތް!
ފެނަކައިގެ ޒިންމާ ފިނޭންސާއި ޕީސީބީން ނަގަންޖެހޭ!
ސެންޓާ އެންޓަޕްރައިސަސްގެ މައްސަލަ ޕޮލިހަށް
މަތީ ތައުލީމުގެ ލޯނުގެ 187 މިލިއަން ނުލިބި އެބަހުރި