Roadha Mihaaru
މަދުން ނޫނީ ނުފެންނަ ދިއްލޭ މަހެއް ބާނައިފި

މަދުން ނޫނީ ނުފެންނަ ދިއްލޭ މަހެއް ރަސްގެތީމުގައި ބާނައިފި

10 މެއި 2023

މަދުން ނޫނީ ނުފެންނަ ދިއްލޭ މަހެއް ރ. ރަސްގަތީމުގައި ރޭ ބާނައިފި އެވެ.

މަދުން ނޫނީ ނުފެންނަ ދިއްލޭ މަހެއް ރ. ރަސްގަތީމުގައި ރޭ ބާނައިފި އެވެ.

އެ ރަށުގެ ރަށުގެ އިރުމަތީފަރާތު ކަނޑުތޮށިން ބޭރުން ރޭ އެ މަސް ބޭނި ހުސައިން އިބްރާހިމް ބުނީ އެއީ ދޮށި އެއްލައިގެން އުޅެނިކޮށް ބޭނުނު މަހެއް ކަމަށެވެ.

އޭނާ ބުނީ މަސް އެއްގަމަށް އެރުވި އިރު މަރުނުވާ ކަމަށާއި އެކަމަކު ފެނަށް ލައިގެން އުޅެނިކޮށް އެ މަރުވީ ކަމަށެވެ.

ރަސްގަތީމުގައި ރޭ ބޭނި މަސް ދިއްލިފައި.

ރަސްގަތީމުގައި ރޭ ބޭނި މަސް ދިއްލިފައި.

"މަސް ގަތް ކަން އެނގުނީމާ އަޅުގަނޑު ވަރަށް ބާރަށް އަވަސް އަވަހަށް ނެގީ. މަހެއް ގަނެފިއްޔާ އަވަސް އަވަހަށް ނަގާނެތާ. ނެގި އިރު ބޭނިފައި އޮތީ މި މަސް،" އޭނާ ބުންޏެވެ.

"އެހާ ބާރަށް ނެގީމަ އޮތީ [ބަނޑަށް] ވައި އަރާފައި. ފެނަނަށް ލައިގެން ވައި ފިލުވަން މަސައްކަތް ކުރިން. އެކަމަކު ފަހުން މަސް މަރުވީ."

މުށި ކުލައިގެ އެ މަހުގައި އަށް އިންޗި ހުރި ކަމަށް އޭނާ ބުންޏެވެ. ދިއްލޭ މަހަށް އިނގިރޭސިން އާންމުކޮށް ކިޔަނީ ފްލެޝް ލައިޓް ފިޝް އެވެ.