Roadha Mihaaru
މަސް ކިރަން ހުރިހާ ވަސީލަތެއް ބޭނުންކުރަން: މިފްކޯ

މަސް ކިރަން ހުރިހާ ވަސީލަތެއް އެބަ ބޭނުންކުރަން: މިފްކޯ

12 ސެޕްޓެމްބަރ 2019

މިދުވަސްވަރު މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅު ކަމަށާއި ބާނާ މަސް ކިރުވަން ކުންފުނީގެ ހުރިހާ ވަސީލަތެއް ބޭނުންކުރަމުން އަންނަ ކަމަށް މިފްކޯ އިން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދުވަސްވަރު މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅު ކަމަށާއި ބާނާ މަސް ކިރުވަން ކުންފުނީގެ ހުރިހާ ވަސީލަތެއް ބޭނުންކުރަމުން އަންނަ ކަމަށް މިފްކޯ އިން މިއަދު ބުނެފި އެވެ.

އުތުރުގެ އަތޮޅުތަކުގައި މިދުވަސްވަރު އާދަޔާ ޚިލާފަށް މަސްވެރިކަން ރަނގަޅުވެ، ބާނާ މަސްތައް ނުކިރޭ މައްސަލާގައި މަސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ބޭނުންވާ މިންވަރަށް އައިސް ނުލިބޭތީ މަސްތައް އުކާލަންޖެހޭ ހާލަތަށް ގޮސްފައިވާ ކަމަށް ވެސް މަސްވެރިން ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން މިފްކޯއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އުތުރުގެ އަތޮޅުތަކުގައި މަސްވެރިކަން ރަނގަޅު ވެފައިވާއިރު މިފަދަ މަސްވެރިކަމެއްގައި މަސް ގެންގުޅެވޭ ފަދަ ވަސީލަތްތައް ފެލިވަރުގައި ނެތް ކަމަށެވެ. އެކަމަކު ދެކުނުގެ އަތޮޅުތަކުގައި ހަރަކާތްތެރިވަމުންދާ މިފްކޯގެ މަސް ބޯޓުތައް މިހާރު ފެލިވަރު ބަނދަރުގައި މަސް ގަތުމަށް ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުންޏެވެ. އަދި ބައިނަލްއަގްވާމީ ބާޒާރުގައި މަހުގެ އަގު ދަށަށް ގޮސްފައިވާތީ މިހާރު މަސް ގަންނަ އަގުގައި މަސް ގަތުމަށް އަމިއްލަ ކުންފުނިތަކަށް ދަތިވެފައިވާ ކަމަށާއި އެކަމަކު މިފްކޯގެ ހުރިހާ ވަސީލަތެއް ބޭނުން ކޮށްގެން މަސް ކިރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ބަޔާނުގައިވެ އެވެ.

"ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން މި ގެންދަނީ އެއްވެސް ކޮންޓްރޯލެއް ނެތި ކުންފުނީގައި ހުރި ހުރިހާ ވަސީލަތެއް ބޭނުން ކޮށްގެން ހުރިހާ މަސްވެރިންގެ މަސް ކިރަމުންނެވެ." އެ ބަޔާނުގައިވެ އެވެ.

މިފްކޯ އިން ބުނީ އެ ދުވަހަކު ބޭނޭ މަސް އެ ދުވަހަކު ނުކިރޭތީ ޖެހިގެން އަންނަ ދުވަހަށް ކިއު ނަމްބަރެއް ދޫކޮށްގެން މަސް ކިރަމުން އަންނަ ކަމަށެވެ. އެގޮތަށް މަސް ކިރާއިރު ފެލިވަރުން ދޫކުރާ އައިސް ބޭނުން ކޮށްގެން މަހުގެ ތާޒާކަން ނުހިފެހެއްޓޭ ނަމަ އެންމެ ކައިރީގައި ހުންނަ އައިސް ޕްލާންޓަކަށް ގޮސް އައިސް އެޅުމަށް އެދޭ ކަމަށް، މަސްވެރިންގެ އެއްބާރުލުމަށް ޝުކުރު އަދާކުރަމުން އެ ބަޔާނުގައިވެ އެދިފައިވެ އެވެ.