Roadha Mihaaru
ދީމާ އާއި ރަފާއަށް ރަނެއް، މުންސިފާއި ޝައްފާނަށް ރިހި

ދީމާ އާއި ރަފާ އަށް މިފަހަރު ވެސް ރަނެއް މުންސިފާއި ޝައްފާނަށް ރިހި

29 އޯގަސްޓް 2023

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޓީޓީ ޑަބަލް އިވެންޓްގައި މިފަހަރު ވެސް ފާތިމަތު ދީމާ އަލީ އާއި އާއިޝަތު ރަފާ ނާޒިމްގެ ޕެއާއިން ރަން މެޑަލް ހޯދައިފި އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޓީޓީ ޑަބަލް އިވެންޓްގައި މިފަހަރު ވެސް ފާތިމަތު ދީމާ އަލީ އާއި އާއިޝަތު ރަފާ ނާޒިމްގެ ޕެއާއިން ރަން މެޑަލް ހޯދައިފި އެވެ.

މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ ގޭމްސްގައި މިރޭ ކުޅުނު ފައިނަލު މެޗު ރަފާ އާއި ދީމާއާ ދެކޮޅަށް ނުކުތީ މޮރިޝަސްގެ އުންމުހާނީ ހޮސެނެލީ އާއި ނަންދޭޝްވަރީ ޖާލިމްގެ ޕެއާ އެވެ.

އެ ޕެއާ އާ ދެކޮޅަށް ކުޅުނު މެޗު ދީމާ އާއި ރަފާގެ ޕެއާއިން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. ތިން ސެޓް ވެސް ގެންދިޔައީ ފަސޭހަ ކަމާ އެކު އެވެ. އެއީ 11-8، 11-8 އަދި 11-6 ންނެވެ.

އުއްމުހާނީ އަކީ ކުރިން މޮރިޝަސްގައި ބޭއްވި ގޭމްސްގައި ވެސް ރަފާ އާ ދީމާ އާ ދެކޮޅަށް ނުކުތް ކުޅުންތެރިޔެކެވެ. މި އަހަރު ބޭއްވި ކޮމަންވެލްތު ގޭމްސްގައި ވެސް އޭނާ ވަނީ މޮރިޝަސްގެ ޓީމުގައި ރާއްޖެއާ ދެކޮޅަށް ނުކުމެފަ އެވެ. އެ ފަހަރު މޮރިޝަސްއިން މެޗު ކާމިޔާބު ކުރި އެވެ.

ފިރިހެން ފައިނަލުގައި މުންސިފް (ވ) އާއި ޝައްފާން ކުޅުނު މެޗުގެ ތެރެއިން: އެ ދެ ކުޅުންތެރިން ވަނީ ޑަބަލްސް ބައިން ރިހި މެޑަލް ހޯދާފަ --- ފޮޓޯ: ސުއާދު އަބްދުސައްތާރު | އެމްއޯސީ

ފިރިހެން ފައިނަލުގައި މުންސިފް (ވ) އާއި ޝައްފާން ކުޅުނު މެޗުގެ ތެރެއިން: އެ ދެ ކުޅުންތެރިން ވަނީ ޑަބަލްސް ބައިން ރިހި މެޑަލް ހޯދާފަ --- ފޮޓޯ: ސުއާދު އަބްދުސައްތާރު | އެމްއޯސީ

މިރޭ ފިރިހެން ފައިނަލުގައި ރާއްޖޭގެ މޫސާ މުންސިފާއި މުހައްމަދު ޝައްފާން ބަލިވީ މަޑަގަސްކަރައިގެ ނަޓިވެލް ޖޮނަތަން އާއި ރަންޑްރިއަންޓޮންޑްރޯ މަހޭފާގެ ޕެއާ އަތުންނެވެ.

އެ ޕެއާ މެޗު ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. ސެޓްތައް ގެންދިޔައީ 11-9، 11-8، 11-4 ންނެވެ.

އަންހެން އަދި ފިރިހެން ސެމީ ފައިނަލާ ހަމައަށް ރާއްޖޭގެ އެހެން ދެ ޕެއާ ދަތުރު ކުރި އެވެ. އެގޮތުން ލައިޝާ ފަތުހުﷲ އިސްމާއީލާއި މިޝްކާ މުހައްމަދު އާމިރު ސެމީގައި ވާދަކުރި އެވެ. އަދި ފިރިހެން ސެމީ އަށް މުހައްމަދު ޒީސްތު ނަސީމާއި އަޚްޔާރު އަހްމަދު ހާލިދު ދަތުރު ކުރި އެވެ.