މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ 16 ކުއްޖަކު ހިމެނިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
18 މެއި 2023
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ 16 ކުއްޖަކު ހިމެނިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މިދިޔަ އަހަރުގެ އިމްތިހާނުގައި ރާއްޖެ އިން 6،300 ކުއްޖަކު ބައިވެރިވި އެވެ. އޭގެ ތެރެއިން 844 ކުދިން ރާއްޖޭގެ ގަދަ 10 ގައި ހިމެނުނެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ދުނިޔޭގެ ފެންވަރުގައި ރަނގަޅު ނަތީޖާ ހޯދި ދިވެހި ކުދިންގެ ތެރޭގައި ހިމެނެނީ 11 އަންހެން ކުދިންނާއި ފަސް ފިހެެން ކުދިން ކަމަށެވެ. އަދި ނުވަ ކުއްޖަކު އެކި މާއްދާތަކުން ދުނިޔެއިން އެއް ވަނަ އަށް ގޮސްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ރާއްޖެ އިން މިދިޔަ އަހަރު އިމްތިހާނު ހެދި ކުދިން ފާސްވި ޕަސެންޓޭޖް ވެސް އެހެން އަހަރުތަކާ އަޅާ ބަލާއިރު އިތުރުވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެއީ:
- އިހުތިޔާރީ މާއްދާތަކުން 60 ޕަސެންޓަށް ވުރެ ގިނަ ކުދިން ފާސްވި.
- ބިޒްނަސް ސްޓްރީމް މާއްދާތަކުން ފުރަތަ ފަހަރަށް 75 ޕަސެންޓަށް ވުރެ ގިނަ ކުދިން ފާސްވި.
- އާޓްސް އަދި ސައިންސް ސްޓްރީމް މާއްދާތަކުން 80 ޕަސެންޓަށް ވުރެ ގިނަ ކުދިން ފާސްވި.
- އިނގިރޭސި ބަހުން ފާސްވި އަދަދު 73 ޕަސެންޓަށް އިތުރުވި.
މުޅި ދުނިޔެއިން އެއްވަނަ ލިބުނު ބައެއް ދަރިވަރުނާއެކު ރައީސް އަދި އެޑިޔުކޭޝަން މިނިސްޓަރު ރޭ ބޭއްވި ޖަލްސާގައި ބައިވެރިވަނީ-- ފޮޓޯ: ނިޝާން އަލީ \ މިހާރު
އޯލެވެލް އިން އޭ ފާސް ހޯދި ކުދިން އަދަދު އެހެން އަހަރުތަކަށް ވުރެ ތިން ޕަސެންޓް އިތުރުވެފައިވާ ކަމަށައި ބީ ފާސް ލިބުނު ކުދިންގެ އަދަދު ވެސް އެއް ޕަސެންޓް އިތުރު ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކަ އެވެ.
އެންމެ ދަށް ގްރޭޑް ލިބުނު ކުދިންގެ ނިސްބަތް އެއް ޕަސެންޓް މަދުވެފައިވާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
އޯލެވެލާއި އޭލެވެލް އިމްތިހާނުގައި ބައިވެރިވި ކުދިންނަށް އެކި މާއްދާތަކުންނާއި ދުނިޔޭގެ ފެންވަރުގެ ވަނަތަކަށް ބަލައި ވެސް އެވޯޑް ދެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާމު ރޭ ވަނީ އެ ކުދިންނަށް ދީފަ އެވެ.
ފޯކައިދޫ ދަރިވަރުން ރަށަށް ހިދުމަތްކުރަން އޮތް ލޯބި
ދަރިވަރުންގެ ނަތީޖާއިން ސަރުކާރަށް ހިތްވަރު ލިބޭ:ރައީސް
ގަދަ 10ގެ އެވޯޑް ދިނުން ކުރީގެ އުސޫލަށް ބަދަލުކޮށްފި
"މޮޅު ކުދިން ކިޔަވަނީ ފެންވަރު ދަށް ޔުނިވާސިޓީތަކުން"
ކަންބޮޑުވުމާއެކު މިނިސްޓަރު ދެއްކެވީ ކުދިންގެ ނަތީޖާ ދަށަށް ދާ މަންޒަރުތައް!
ދެ އަހަރުގެ ގަދަ 10ގައި 1،800 ދަރިވަރުން
އޯލެވެލް ގަދަ 10ގެ ޖަލްސާ މި މަހުގެ 21، 22ގައި
އޯލެވެލް ގަދަ 10ގެ ހަފުލާ އަންނަ މަހު ބާއްވަނީ
އޯ ލެވެލްގެ ދެބައިކުޅަ އެއްބައި ދަރިވަރުން ފާހެއްނުވޭ
އޭލެވެލްގައި އަހުމަދިއްޔާ އަށް ރަން އަަހަރެއް!