18 މެއި 2023
ލަންޑަން (މެއި 18) - މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބްރެންޓްފޯޑްގެ ކެޕްޓަން އައިވަން ޓޯނީ، އިނގިރޭސި އެފްއޭގެ ބެޓިން އުސޫލާ ހިލާފުވިކަން ސާބިތުވެ 8 މަސް ދުވަހުގެ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ލަންޑަން (މެއި 18) - މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބްރެންޓްފޯޑްގެ ކެޕްޓަން އައިވަން ޓޯނީ، އިނގިރޭސި އެފްއޭގެ ބެޓިން އުސޫލާ ހިލާފުވިކަން ސާބިތުވެ 8 މަސް ދުވަހުގެ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އިނގިރޭސި އެފްއޭ އިން ދިން އަދަބާ އެކު 27 އަހަރުގެ އިންގްލެންޑް ފޯވާޑުގެ ސަސްޕެންޝަން ނިމޭނީ ޖެނުއަރީ 24، 2024 އިގަ އެވެ. އެ އަދަބުގެ އިތުރުން ޓޯނީ ވަނީ 50،000 ޕައުންޑުން ޖޫރިމަނާ ކޮށްފަ އެވެ.
އެފްއޭގެ ނިންމުމާ އެކު، ޓޯނީގެ ސަސްޕެންޝަނުގެ މުއްދަތު ވަގުތުން ވަނީ ގުނަން ފަށައިފަ އެވެ. އެހެންވެ، މި ސީޒަނުގެ ލީގު ފަހު ދެ މެޗުގައި ޓޮޓެންހަމް ހޮޓްސްޕާ އާއި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޓޯނީ އަށް ނުކުޅެވޭނެ އެވެ.
ޓޯނީގެ މައްސަލަ ބަލަން ފެށީ ފެބްރުއަރީ 25، 2017 އިން ޖެނުއަރީ 23، 2021 އާ ދެމެދު ބެޓިންގެ އުސޫލާ ހިލާފުވި ކަމަށް ތުހުމަތު ކޮށެވެ.
ސަސްޕެންޝަނާ ގުޅިގެން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ޓޯނީ ބުނީ، މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކާނީ އިންޑިޕެންޑެންޓް ރެގިއުލޭޓަރީ ކޮމިޝަނުން ކަމަށެވެ. އެހެންވެ، އޭނާ އެއްވެސް ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށާއި އުނދަގޫ ހާލަތުގައި އާއިލާ އާއި ރައްޓެހިން އަދި ބްރެންޓްފޯޑުން އޭނާ އަށް ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށް ޓޯނީ ބުނެފައި ވެ އެވެ.
"އަމާޒަކީ އަންނަ ސީޒަނުގައި އަހަރެން އެންމެ ލޯބިވާ ކުޅިވަރަށް އަނބުރާ އައުން،" ޓޯނީގެ މެސެޖުގައި ވެ އެވެ.
ޓޯނީ ވަނީ މި ސީޒަނުގައި ބްރެންޓްފޯޑަށް ލީގުގައި ކުޅުނު 33 މެޗުގައި 20 ގޯލު ޖަހައިފަ އެވެ. ޓޯނީގެ ލީޑަޝިޕްގައި މި ސީޒަނުގައި އެ ޓީމު އޮތީ ލީގުގެ ނުވަ ވަނައިގަ އެވެ.
ޓޯނީ އަށް އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުން ފުރުސަތު ލިބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެކަމަކު އެ އަހަރުގެ ފަހުކޮޅު ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕަށް ނެގި އިންގްލެންޑް ޓީމުން ޓޯނީ އަށް ފުރުސަތެއް ނުލިބުނެވެ. އޭނާ އަށް ވޯލްޑް ކަޕް ސްކޮޑުން ފުރުސަތު ނުދިނީ ބެޓިންގެ މައްސަލަ ބަލަމުން ދާތީ ކަމަށް އޭރު މީޑިއާގައި ރިޕޯޓްކުރި އެވެ.
އިންގްލެންޑުގެ ސީނިއާ ޓީމަށް ޓޯނީ ފުރަތަމަ މެޗު ކުޅުނީ ޔޫއެފާ ޔޫރޯ ކޮލިފައިންގައި މިދިޔަ މާޗް މަހު ޔޫކްރޭން އަތުން 0-2 އިން އިންގްލެންޑް މޮޅުވި މެޗުގަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ޓޯނީ އެ މެޗުގައި ކުޅެން އެރީ މެޗުގެ ފަހުކޮޅު އެވެ.
ބެޓިންގެ މައްސަލަތަކުގައި މަޝްހޫރު ކުޅުންތެރިންނަށް މީގެ ކުރިން ވެސް ވަނީ އަދަބު ލިބިފަ އެވެ. އިންގްލެންޑުގެ ޑިފެންޑަރު ކިއެރަން ޓްރިޕިއޭ ޑިސެމްބަރު 10، 2020 ގައި ހަފުތާ އަކަށް ސަސްޕެންޑް ކުރީ އޭނާ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާކަމުގެ މައުލޫމާތު ރައްޓެހިންނާ ހިއްސާކޮށް ބެޓް ކުރުމުގައި އެހީވުމުންނެވެ.
ބެޓިންގެ މައްސަލައެއްގައި ބާންލީގެ ކުރީގެ ކުޅުންތެރިޔާ ޖޯއީ ބާޓަން ވެސް ވަނީ 2017 ވަނަ އަހަރު ސަސްޕެންޑް ކޮށްފަ އެވެ. އުސޫލާ ހިލާފަށް ބާޓަން ކުރި 1،260 ބެޓާ ގުޅިގެން އޭނާ ސަސްޕެންޑް ކުރީ 18 މަސް ދުވަހަށެވެ.
ފަހު މެޗުގެ ހަމަނުޖެހުމާ ގުޅިގެން ސިޓީއަށް އަދަބު ދެނީ
ޓުޗެލްގެ މައްސަލަ އިނގިރޭސި އެފްއޭއިން ބަލަން ފަށައިފި
ވޯކް ވިސާ ނުލިބޭތީ ރަންގްނިކް މަސައްކަތް ނުފެށިފައި
ޕްރިމިއާ ލީގުގެ މެޖޯރިޓީ އާ ޕްރޮޕޯސަލާ ދެކޮޅު
އާ ހޭންޑްބޯލް ގަވާއިދު: ގިނަ ކޯޗުން ރަތަށް!
ސަޕޯޓަރުން ނެތި ކުޅޭނަމަ ޕްރިމިއާ ލީގަށް ގެއްލުން ބޮޑު
220 މިލިއަން ޑޮލަރުގެ މެޗު: ދެ ޓީމު ތައްޔާރު
ޕްރިމިއާ ލީގުގެ ފަސް މެޗެއް ނިއުޓްރަލް ދަނޑެއްގައި؟
ޕްރިމިއާ ލީގު ކެންސަލްކުރުމުގެ ހިޔާލު ދޫކޮށްލައިފި
ޕްރިމިއާ ލީގުގެ ހުރިހާ މެޗެއް ވެމްބްލީގައި؟