މެޓަ ކުންފުނިން އިންސްޓަގްރާމާއި ފޭސްބުކްގެ ވެރިފިކޭޝަން ވިއްކުން ޓެސްޓުކުރުމުގެ މަސައްކަތް މީގެ ދެތިން ދުވަސް ކުރިން ވަނީ ފަށައިފަ އެވެ. އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑާއި އިނގިރޭސި ވިލާތުގައި މިކަން ފަށައި މަޑުމަޑުން އަންނަނީ އެހެން ގައުމުތަކަށް ދެމުންނެވެ.
މެޓަ ކުންފުނިން އިންސްޓަގްރާމާއި ފޭސްބުކްގެ ވެރިފިކޭޝަން ވިއްކުން ޓެސްޓުކުރުމުގެ މަސައްކަތް މީގެ ދެތިން ދުވަސް ކުރިން ވަނީ ފަށައިފަ އެވެ. އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑާއި އިނގިރޭސި ވިލާތުގައި މިކަން ފަށައި މަޑުމަޑުން އަންނަނީ އެހެން ގައުމުތަކަށް ދެމުންނެވެ.
ޓްވިޓާގެ ވެރިފިކޭޝަން ވިއްކަން ފެށުމުން އާންމުންގެ ޝަކުވާ ބޮޑުވިޔަސް ފޭސްބުކުން ވެސް މިކަން ފެށުމާ އެކު ދެން މިއީ އާންމު ކަމަކަށް ވެދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ފޭސްބުކް އަދި އިންސްޓަގްރާމް ވެސް ވެރިފައިކޮށްދޭނީ ވެބުން ނަމަ މަހަކު 11.99 ޑޮލަރު އަދި މޯބައިލް އިން ނަމަ މަހަކު 14.99 ޑޮލަރަށެވެ.
ސަރުކާރުގެ ރަސްމީ ލިޔުމަކުން އެކައުންޓުގެ ވެރިފަރާތުގެ އައިޑެންޓިޓީ ކަށަވަރުކުރުމަށް ފަހު މި ހިދުމަތުގައި ވެރިފިކޭޝަން ބެޖު ދިނުމާ އެކު އިތުރު ފީޗާތައް ވެސް ލިބޭނެ އެވެ. އޭގެތެރޭގައި އެންމެ ހާއްސަ އެއް ކަމަކީ ގިނަ ބަޔަކަށް އެ ޕޭޖެއްގެ ކޮންޓެންޓު ފެނުމެވެ. މީގެ އިތުރުން ކަސްޓަމަ ސަޕޯޓް ފަސޭހައިން ލިބުން ފަދަ ކަންކަން ވެސް ހިމެނެ އެވެ.
އެކައުންޓް ވެރިފައިކުރުމުން އެ އެކައުންޓަކަށް މެޓަ ކުންފުނިން ހާއްސަ ސަމާލުކަމެއްދީ ރައްކާތެރިކަން އިތުރުކޮށްދޭނެ ކަމަށާއި އެ ނަމުގައި އެހެން މީހަކު އެކައުންޓެއް ހަދައިގެން ބޭނުންކުރޭތޯ މެޓަ ކުންފުނިން އިސްވެ ބަލަމުން ގެންދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މިވަގުތު، ވެރިފިކޭޝަން ގަންނަ ބޭނުން ނަމަ ޖެހޭނީ އެކަމަށް ޝައުގުވެރިވާކަން ފާޅުކޮށް ރަޖިސްޓްރީވާށެވެ. އޭރުން އެ މީހަކަށް މި ފީޗާ ލިބޭ ހިސާބަށް އައުމާ އެކު އެކަން ނޮޓިފިކޭޝަނަކުން އަންގާނެ އެވެ.
ހާމަނާއީގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދުކޮށްފި
ފޭސްބުކް، އިންސްޓަގްރާމް، ތްރެޑްސް ޑައުންވެއްޖެ
ހަފުތާއެއް ނުވަނީސް ތުރެޑްސްއަށް 100 މިލިއަން މީހުން
ކައިލީ އަށް އިންސްޓަގްރާމުން އާ ރިކޯޑެއް
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
އިންސްޓަގްރާމް ބޭނުންކުރާ މީހުންގެ އަދަދު ދެ ބިލިއަނަށް
އިންސްޓަގްރާމްގެ ޗީފް ކޮންގްރެސް އަށް ހާޒިރުކުރަނީ
ޕްރިޔަންކާގެ ނަމުން "ޖޯނަސް" އުނިކޮށްފި
މެސެންޖާ/އިންސްޓަގެ ޑިފޯލްޓް އެންކްރިޕްޝަން ލަސްކޮށްފި
އިންސްޓަގެ "ޓޭކް އަ ބްރޭކް" ފީޗާ އަންނަ މަހު