24 މެއި 2023
ބޯލްޓިކް ކަނޑުގެ މަތިން ބައިނަލްއަގުވާމީ ވައިގެ ސަރަހައްދުގައި ދަތުރުކުރަމުން ދިޔަ އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް، ރަޝިޔާގެ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިން، ހަނގުރާމަމަތީ މަތިންދާބޯޓެއް ފޮނުވައިގެން ފައްސާލާފައިވާ ކަމަށް ރަޝިޔާގެ އަސްކަރިއްޔާ އިން މިއަދު ބުނެފި އެވެ.
ބޯލްޓިކް ކަނޑުގެ މަތިން ބައިނަލްއަގުވާމީ ވައިގެ ސަރަހައްދުގައި ދަތުރުކުރަމުން ދިޔަ އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް، ރަޝިޔާގެ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިން، ހަނގުރާމަމަތީ މަތިންދާބޯޓެއް ފޮނުވައިގެން ފައްސާލާފައިވާ ކަމަށް ރަޝިޔާގެ އަސްކަރިއްޔާ އިން މިއަދު ބުނެފި އެވެ.
ރަޝިޔާ އިން ބުނި ގޮތުގައި އެމެރިކާގެ ބޮން އަޅާ، އޭ ބީ-1ބީ ލާންސާ މަރުކާގެ ބޯޓު ބޯލްޓިކް ކަނޑުގެ މަތިން ދަތުރު ކުރަމުން ދިޔައީ ބައިނަލްއަގުވާމީ ވައިގެ ސަރަހައްދުން ކަމަށް ވިޔަސް، ރަޝިޔާގެ ވައިގެ ސަރަހައްދާ ކައިރި ހިސާބަކުން ކަމަށްވާތީ، ރަޝިޔާ އިން އެ ބޯޓަށް ހުރަސްއެޅީ އެވެ. އަދި އެމެރިކާގެ މަތިންދާބޯޓަށް، ރަޝިޔާގެ ސޫ-27 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުން ހުރަސްއަޅައި، އެ ސަރަހައްދުން ފައްސައިލީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ވެސް ރަޝިޔާ އިން ބުންޏެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޕެޓް ރައިޑާ ވިދާޅުވީ ޔޫރަޕްގައި ބޭއްވި އަސްކަރީ ފަރިތަކުރުމެއްގައި އުޅުނު އެމެރިކާގެ އަސްކަރީ މަތިންދާބޯޓަކަށް ރަޝިޔާގެ މަތިންދާބޯޓަކުން ހުރަސްއެޅި ކަމަށެވެ. އަދި ރަޝިޔާގެ މަތިންދާބޯޓުގައި އިން ޕައިލެޓް އެކަމުގައި އަމަލުކުރީ ރައްކާތެރި ގޮތުގައި ޕްރޮފެޝަނަލްކަމާ އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިއްޔެ ރަޝިޔާ އިން ހުރަސްއެޅި މަތިންދާބޯޓަކީ، ކުރިން ވެސް ރާވައިގެން ބާއްވާފައިވާ ތަމްރީނެއްގައި ބައިވެރިވި ބޯޓެކެވެ. އަދި ރަޝިޔާގެ ޕައިލެޓް އަމަލު ކުރި ގޮތުން، ނުރައްކާތެރި އެއްވެސް ކަމެއް މެދުވެރިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފެބްރުއަރީ 24، 2022 ގައި ރަޝިޔާ އިން ޔޫކްރޭނަށް އަރައިގަނެ ހަނގުރާމަ ފެށުމާ ގުޅިގެން، އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުން ދަނީ، ރަޝިޔާއާ ކައިރި ސަރަހައްދުތަކުގައި އަސްކަރީ ހަރަކާތްތައް އިތުރު ކުރަމުންނެވެ. އެ ގޮތުން މިދިޔަ މާޗް މަހުގެ ތެރޭގައި އެމެރިކާގެ ޑްރޯން މަތިންދާބޯޓެއް، ޖާސޫސްކުރުމަށް ރަޝިޔާއާ ކައިރިން ބައިނަލްއަގުވާމީ ވައިގެ ސަރަހައްދުގައި ދުއްވަނިކޮށް، ރަޝިޔާ އިން ވަނީ ހަނގުރާމަމަތީ މަތިންދާބޯޓަކުން އެ ޑްރޯންގައި ޖައްސައި ކަނޑަށް ވައްޓާލައިފަ އެވެ.
އެފަހަރުގެ ހާދިސާގައި ރަޝިޔާގެ މަތިންދާބޯޓުން އެމެރިކާގެ ޑްރޯންގެ ކުރިމައްޗަށް އަރައި، އެ ޑްރޯންއަށް ތެޔޮ ބުރުވި އެވެ. އެއަށް ފަހު ދެ ވަނަ ފަހަރު އެ ޑްރޯންއާ ކައިރިކޮށް ޑްރޯންގެ ފަހަތުގައިވާ ބުރަފަތީގައި ޖެއްސުމާ އެކު ބުރަފަތީގެ ފިޔަތައް މެޅި، ނުދުއްވޭ ވަރުވެގެން ކަނޑަށް ވެއްޓުނީ އެވެ.
ރަޝިޔާގެ ނިއުކްލިއާ ހަތިޔާރު ބެލަރޫސް އަށް
އެމެރިކާގައި ޔޫކްރޭންގެ ޕައިލެޓުން ތަމްރީން ކުރަނީ
ބަޚްމުތުގައި ވަރުގަދަ ހަނގުރާމައެއް، ކޮންޓްރޯލެއް ނެތް
ޔޫކްރޭނަށް ފޮނުވާނެ އިތުރު ސިފައިން ރަޝިޔާއިން ހޯދަނީ
އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް
ރަޝިޔާގެ ވަރުގަދަ ހަމަލާތަކުން ޔޫކްރޭން ގުޑުވާލައިފި
ޔޫކްރޭނުން ވަކިވާ ސަރަހައްދުތަކުގެ ވެރިން ރަޝިޔާ އަށް
ރަޝިޔާގެ ރިޒާވް ސިފައިން ހަނގުރާމައަށް ނެރެނީ
ޔޫކްރޭންގެ ސަރަހައްދުތަކުގެ ޚިޔާލު ހޯދުން ފަސްކޮށްފި
ރަޝިޔާ ސިފައިންގެ އަދަދު އިތުރު ކުރަނީ