އިދިކޮޅު ޕީޕީއެމްގެ މުޒާހަރާއަކުން ހައްޔަރުކުރި ބަޔަކު ރޭގަނޑު ވަކި ވަގުތެއްގައި ގެއިން ބޭރަށް ނުކުތުން މަނާކުރުން ހިމެނޭ ގޮތަށް ކްރިމިނަލް ކޯޓުން ކުރި ޝަރުތުތައް ހައި ކޯޓުން ބާތިލްކޮށްފި އެވެ.
29 މެއި 2023
އިދިކޮޅު ޕީޕީއެމްގެ މުޒާހަރާއަކުން ހައްޔަރުކުރި ބަޔަކު ރޭގަނޑު ވަކި ވަގުތެއްގައި ގެއިން ބޭރަށް ނުކުތުން މަނާކުރުން ހިމެނޭ ގޮތަށް ކްރިމިނަލް ކޯޓުން ކުރި ޝަރުތުތައް ހައި ކޯޓުން ބާތިލްކޮށްފި އެވެ.
މިދިޔަ މަހު ޕީޕީއެމްގެ މުޒާހަރާއެއްގެ ތެރެއިން އަށް މީހަކު ހައްޔަރުކުރީ އާންމު ދަތުރުފަތުރަށާއި ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ތުހުމަތުގަ އެވެ. އެކަމަކު ކްރިމިނަލް ކޯޓުން އެ މީހުން ދޫކޮށްލީ އޭގެ ތެރެއިން ހަތް މީހަކު ރޭގަނޑު ވަކި ވަގުތެއްގައި ގެއިން ބޭރަށް ނުނިކުތުމަށާއި ތަހުގީގަށް އެއްބާރުލުން ދިނުމާއި ފުލުހުންގެ ހުއްދަ ނެތި މާލެއިން ބޭރަށް ނުދިއުމަށް ޝަރުތުކޮށްފަ އެވެ. އަށް ވަނަ މީހާ ގެއިން ބޭރަށް ނުނިކުންނަ ޝަރުތު ނުކުރިޔަސް، ދިރިއުޅޭ އެޑްރެސް ބަދަލުވެއްޖެނަމަ އެކަން ފުލުހުންނަށް އަންގަން ޝަރުތުކޮށްފަ އެވެ.
އެ މައްސަލަ އެ މީހުންގެ ފަރާތުން އިސްތިއުނާފް ކުރުމުން، އެ މީހުންނަށް ކުރި ޝަރުތުތައް ހައި ކޯޓުން އިއްޔެ ބާތިލްކުރީ ތުހުމަތު ކުރެވޭ މިންވަރުގެ ހެކި ހުރިކަމާ މެދު ދަށު ކޯޓުގެ އަމުރުގައި ގޮތެއް ނިންމާފައި ނުވާތީ އެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ ޝަރުތުކޮށްފައި މީހަކު ދޫކުރެވޭނީ ތުހުމަތެއް ކުރެވޭ މިންވަރުގެ ހެކި ހުރެގެން ކަމަށާއި އެކަމަކު ކްރިމިނަލް ކޯޓުގެ އަމުރުގައި ހެއްކާ ބެހޭ އެއްވެސް ވާހަކައެއް ފާހަގަކޮށްފައި ނެތް ކަމަށެވެ.
އެހެންވެ، އެ ޝަރުތުތައް ކުރި އަމުރު ބާތިލްކުރީ ކަމަށް ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހުސައިން މަޒީދުގެ އިތުރުން ފަނޑިޔާރު އަހުމަދު ޝަކީލެވެ.
މުސްކުޅިއަކު ހައްޔަރުކުރުން: "އެހެންހަދަން ހެޔޮނުވާނެ"
ޔޯގާ ހަމަނުޖެހުން: ރައްޒާން ދޫކޮށްލީ ރަނގަޅަށް
ފުލުހުންނަށް އިންޒާރުދިން، އިދިކޮޅު ސަޕޯޓަރަކު ހައްޔަރު
ޕެޕާ ސްޕްރޭ ޖެހީ ގަދަކަމުން ވަންނަން އުޅުމުން:ޕޮލިސް
ޝަމްއާން ބަންދުކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
"ކުށްވެރިންގެ ސުވަރުގެއަކަށް ރާއްޖެ ދަނީ ބަދަލުވަމުން"
"އޮތީ ކަރު ކަނޑާލާފައި، އެކަނި އެވަރެއް ނުވާނެ"
ފޯނު ބަލަން އަމުރުނުދޭ މައްސަލަ އިސްތިއުނާފެއް ނުކުރާނެ
މީހަކު މަރުވި އެކްސިޑެންޓްގައި ބަންދުކުރީ ރަނގަޅަށް
ޝާދިޔާ ބަންދުކުރީ ގާނޫނާ ހިލާފަށް: ހައި ކޯޓް