ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުން އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އދ.އޮމަދޫއަށް ވަޑައިގަތުމުން އެ ރަށު ބަޔަކު ސަރުކާރާ ދެކޮޅަށް މިއަދު މުޒާހަރާކޮށްފި އެވެ.
26 ޖެނުއަރީ 2017
ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުން އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އދ.އޮމަދޫއަށް ވަޑައިގަތުމުން އެ ރަށު ބަޔަކު ސަރުކާރާ ދެކޮޅަށް މިއަދު މުޒާހަރާކޮށްފި އެވެ.
އޮމަދޫއިން ވާހަކަ ދެއްކި ބައެއް މީހުން ބުނީ ރަށުގައި ދިރިއުޅޭ 50 އެއްހާ މީހުން ނުކުމެ މުޒާހަރާ ކުރީ އެ ރަށަށް ކޮށްދިނުމަށް ވައުދުވި ކަންކަން ފުރިހަމަ ނުކުރާތީ ކަމަށެވެ. އެހެންވެ، މުޒާހަރާގެ ބައިވެރިން، އެކަން މިނިސްޓަރުގެ ސަމާލު ކަމަށް ގެނައި ކަމަށް އެ މީހުން ބުންޏެވެ.
އޮމަދޫ ކައުންސިލް މެމްބަރު އުމަރު މުހައްމަދު ވިދާޅުވީ ކައުންސިލް މެމްބަރުންނާއެކު މިނިސްޓަރު ބައްދަލު ކުރައްވައި، ރަށަށް ދިމާވެފައި ހުރި މައްސަލަތައް އޮޅުން ފިލުއްވި ކަމަށެވެ.
މިނިސްޓަރު ތޯރިގް، އޮމަދޫ ކައުންސިލް މެމްބަރުންނާއެކު ބޭއްވި ބައްދަލުވުން. - ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
އެ ގޮތުން ރަށުގެ ނަރުދަމާ ނިޒާމެއް ގާއިމުކުރުމާއި ފުޓްސަލް ދަނޑަކާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުމާ ގުޅޭ މަޝްވަރާތައް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މުޒާހަރާ ކުރި މީހުންގެ މައިގަނޑު ޝަކުވާއަކަށްވީ އެ ވައުދުތައް ނުފުއްދުމެވެ.
"މިނިސްޓަރު ވިދާޅުވި އަންނަ ހަފްތާގައި ނަރުދަމާ ނިޒާމު ގާއިމު ކުރަން ބަޔަކާ ހަވާލު ކުރާނެ ކަމަށް،" ރަށުގައި 1000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކައުންސިލް މެމްބަރު އުމަރު ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މިނިސްޓަރު ތޯރިގް އދ.އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންނެވުމަށް ވަނީ ނިންމަވައިފަ އެވެ. އެ ގޮތުން ހުރިހާ ރަށެއްގެ ކައުންސިލާއި ސަރުކާރު އިދާރާތަކުގެ މުވައްޒަފުންނާއި ރައްޔިތުންނާ މިނިސްޓަރު ބައްދަލު ކުރައްވައި، އެ ތަންތަނަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސްގެ މަންދޫބެއްގެ ގޮތުގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މީގެ ކުރިން ވ. އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރެއްވި އިރު މިދިޔަ ހަފުތާގައި، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ހދ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންފަ އެވެ. މިނިސްޓަރުން ރަށްރަށަށް ވަޑައިގަތުމުން ބައެއް ރަށްރަށުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ވެސް ވަނީ ކޮށްފަ އެވެ.
އެމްޑީޕީގެ ބަޔާނުގައި އޮށްޓަރެއް ނެތް: ތޯރިގް
ވީހާ އަވަހަކަށް ލަނޑުދަނޑިތައް ހާސިލް ކުރަން ބޭނުން
"ޓެރިފް ރޭޓަށް ބަދަލު ގެނައީ އެންމެ ރަނގަޅު ވަގުތު"
ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރަށް ދޭންޖެހޭ: ތޯރިގް
"ތިލަފުށީގައި ކުނި މެނޭޖްނުވާ މައްސަލަ ހައްލުކުރާނަން"
މިނިސްޓަރު ތޯރިގު ކޮމިޓީއަށް ހާޒިރުވުމުގެ އަމުރެއް
ސަލީމް ވިދާޅުވީ އިހުލާސްތެރި ބަޔަކު ނެތް ކަމަށް
ތޫނު އަޑު ފޮނުވާ ހަތިޔާރެއް ބޭނުންކުރުމުން ކަންބޮޑުވުން
ހާއްސަ ދުއާއަކަށް ފަހު އެއްވުން ނިންމާލައިފި
"މުޒާހަރާގެ ބޭނުމަކީ ގައުމު އިތުރަށް އިނދަޖައްސާލުން"