Roadha Mihaaru
އައްޑޫ ބިންހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފަށައިފި

އައްޑޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ރައީސް ފައްޓަވައިދެއްވައިފި

03 ޖޫން 2023

އައްޑޫގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް މިއަދު ފައްޓަވައި ދެއްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އައްޑޫގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް މިއަދު ފައްޓަވައި ދެއްވައިފި އެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެހީގައި އައްޑޫގައި ހިންގާ އެންމެ ބޮޑު އެއް މަޝްރޫއުގެ ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.

އެ މަޝްރޫއު ރަސްމީކޮށް ފައްޓަވައި ދެއްވީ އައްޑޫ މަރަދޫގައި މިހާރު ހިއްކަން ފަށާފައިވާ ސަރަހައްދުގައި އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި، ރައީސެވެ.

އައްޑޫ މަރަދޫގައި ބިން ހިއްކަން ފަށާފައި: މުޅި މަޝްރޫއަށް 1.3 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މިނިސްޓްރީން ބުނޭ.-- ފޮޓޯ: މިހާރު

އައްޑޫ މަރަދޫގައި ބިން ހިއްކަން ފަށާފައި: މުޅި މަޝްރޫއަށް 1.3 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މިނިސްޓްރީން ބުނޭ.-- ފޮޓޯ: މިހާރު

މަޝްރޫއުގެ ތަފުސީލް:

- 11 ކިލޯމީޓަރު ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރާނެ.

- ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކާނެ.

- ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކާއި އެ ރަށުގެ ފަޅު ތެރެއިން ޓޫރިޒަމްގެ ބޭނުމަށް ފަސް ހެކްޓަރުގެ ދެ ރަށް ހިއްކާނެ.

- މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކާއި އެ ރަށުގެ ފަޅު ތެރެއިން ޓޫރިޒަމްގެ ބޭނުމަށް 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކާނެ.

- މުޅި މަޝްރޫއަށް 1.5 ބިލިއަން ރުފިޔާ ހޭދަވާނެ.

- މަސައްކަތް ހަވާލުކުރީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް.

އައްޑޫ މަރަދޫގައި ބިން ހިއްކަން ފެށި ސަރަހައްދު.-- ފޮޓޯ: މިހާރު

އައްޑޫ މަރަދޫގައި ބިން ހިއްކަން ފެށި ސަރަހައްދު.-- ފޮޓޯ: މިހާރު

އެ މަސައްކަތް ފަށަނީ މަރަދޫ އަދި މަރަދޫ-ފޭދޫ ސަރަހައްދުންނެވެ. އެ ދެ ރަށުގައި ބަންޑް އެޅުމުގެ މަސައްކަތް ނިމިފައިވާއިރު، ހިތަދޫ ޒޯން 1 އަދި 2 ގެ ބަންޑު އެޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ޓޫރިޒަމްގެ ބޭނުމަށް ވަކިން ހިއްކާ ރަށްތަކުގެ ތެރެއިން ދެ ރަށެއްގެ ބަންޑު އެޅުމުގެ މަސައްކަތް ނިމި ތިން ވަނަ ރަށުގެ ބަންޑު އެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ޕްލޭނިން މިނިސްޓްރީން ބުނެފައި ވަނީ ބިން ހިއްކާ ރަށްތައް ގުޅުވާލުމަށް އަޅާ ހަތަރު ލޭނުގެ ލިންކް ރޯޑުގެ މަސައްކަތުގެ ބޮޑު ބައެއް ވެސް މިހާރު ނިމިފައިވާ ކަމަށެވެ.

އައްޑޫ ބިން ހިއްކުން ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެއީ އެއީ އައްޑޫގެ ތާރީހުގައި ވެސް ހިންގާ ބިމާ ގުޅޭ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން އައްޑު އަށް 190 ހެކްޓަރުގެ ބިން އިތުރު ކުރާނެ ކަމަށެވެ. އަދި އިތުރު މަޝްރޫއެއްގެ ދަށުން ހުޅުމީދު އަށް ވެސް 42 ހެކްޓަރުގެ ބިން އިތުރު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ހުޅުމީދު އަށް ބިން އިތުރު ކުރުމުގެ މަޝްރޫއަށް ވެސް އެ މަނިކުފާނު ވިދާޅުވިގޮތުގައި 179 މިލިއަން ރުފިޔާ ހަރަދު ވާނެ އެވެ.

އެ ކަންބޮޑޫވުންތަކާ ގުޅިގެން ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް 70،000 މުރަކަ ކޮލޮނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ވަނީ ކޮށްފަ އެވެ.

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކޮށްފައިވާ ނެދަލެންޑްސްގެ ވެން އޫޑް ކުންފުންޏާ އެވެ.