Roadha Mihaaru
އައްޑޫގައި ރައީސް މި ފަހަރު ތަފާތު!

އައްޑޫގައި ރައީސް މި ފަހަރު ތަފާތު!

04 ޖޫން 2023

މިދިޔަ ޖެނުއަރީ މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑު އަށް ވަޑައިގަތުމުން އެ މަނިކިފާނަށް މަރުހަބާ ކިޔަން ނުކުތީ މި ސިޓީގެ އާބާދީއާ ބަލާއިރު ވަރަށް މަދު ބައެކެވެ. ޖެނުއަރީ 28 ގައި ބޭއްވި އެމްޑީޕީގެ ޕްރައިމަރީއާ ދިމާކޮށް އެ މަހުގެ 13 ވަނަ ދުވަހު އެ މަނިކުފާނު އައްޑު އަށް ވަޑައިގަތުމުން ފޭދޫ ބަނދަރުގައި މަރުހަބާ ކިޔަން އޮތް ހަފުލާގައި ތިބި މީހުން ފަސޭހައިން ގުނާލެވެ އެވެ. އެއްފަރާތުގައި އޮތީ އިދިކޮޅު މުޒާހަރާ އެކެވެ. އެހެންވެ، އޭރު ޖޯކު ޖަހައި، ފާޑުކިޔުން އޮތެވެ.

ފާތިމަތު އަޖްފާން ސ. މަރަދޫން ފާތިމަތު އަޖްފާން

މިދިޔަ ޖެނުއަރީ މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑު އަށް ވަޑައިގަތުމުން އެ މަނިކިފާނަށް މަރުހަބާ ކިޔަން ނުކުތީ މި ސިޓީގެ އާބާދީއާ ބަލާއިރު ވަރަށް މަދު ބައެކެވެ. ޖެނުއަރީ 28 ގައި ބޭއްވި އެމްޑީޕީގެ ޕްރައިމަރީއާ ދިމާކޮށް އެ މަހުގެ 13 ވަނަ ދުވަހު އެ މަނިކުފާނު އައްޑު އަށް ވަޑައިގަތުމުން ފޭދޫ ބަނދަރުގައި މަރުހަބާ ކިޔަން އޮތް ހަފުލާގައި ތިބި މީހުން ފަސޭހައިން ގުނާލެވެ އެވެ. އެއްފަރާތުގައި އޮތީ އިދިކޮޅު މުޒާހަރާ އެކެވެ. އެހެންވެ، އޭރު ޖޯކު ޖަހައި، ފާޑުކިޔުން އޮތެވެ.

އެކަމަކު، ރައީސް އިއްޔެ އައްޑު އަށް ވަޑައިގަތުމުން ފެނުނީ ހާސްބައި ތަފާތު މަންޒަރެކެވެ. އައްޑޫގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑު އަށް ވަޑައިގެންނެވުމުން މަރުހަބާ ކިޔަން މަރަދު އަށް އެތައް ބަޔަކު ޖަމާވި އެވެ. ސަލާމް ކުރެއްވުމަށް ރައީސް ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ހޭދަކުރެއްވި އެވެ. ވަރަށް ދިގު ކިއުއެއް ދަމާލާފައި އޮތެވެ.

އެމްޑީޕީގެ ދިދަ ހިފައިގެން ތިބި އެތައް ބައެއްގެ ތެރެއިން އިއްޔެ ފެނުނީ ޖޯޝާއި އުފާވެރިކަމެވެ. މިދިޔަ ޖެނުއަރީ 13 ގައި އެ މަނިކުފާނަށް މަރުހަބާ ކިޔަން ފޭދޫ ބަނދަރަށް ނުކުތް މީހުން މަދުވެ، ރޫހު ގެއްލިފަައިވާ ތަނެއް އިއްޔެ ނުފެނުނެވެ.

އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ރައީސް އިއްޔެ ވަޑައިގަތުމުން ސަގާފީ ނެށުމަކުން މަރުހަބާ ކިޔަނީ.-- ފޮޓޯ: ރައީސް އޮފީސް

އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ރައީސް އިއްޔެ ވަޑައިގަތުމުން ސަގާފީ ނެށުމަކުން މަރުހަބާ ކިޔަނީ.-- ފޮޓޯ: ރައީސް އޮފީސް

މީގެ ހައެއްކަ މަސް ކުރީގެ އަދަދު މާ ބޮޑަށް ވެސް ވީ އިތުރެވެ. މިދިޔަ ހައެއްކަ މަސް ތެރޭގައި ސިޔާސީ މަސްރަހު ބަދަލުވެއްޖެ އެވެ. ރައީސް އެ ޕާޓީއެއްގެ ލީޑަރުގެ މަގާމުގައި ހުންނެވި އެމްޑީޕީގެ އެތެރޭގެ ކަންކަން ވެސް ބަދަލު، މުހިންމު މެމްބަރުންތަކެއް އެ ޕާޓީން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފައްދަވަން މަސައްކަތް ފައްޓަވައިފި އެވެ. އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އައްޑޫން ބޮޑު ތާއީދެއް އޮންނަ އިރު، ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގުޅުން އިތުރަށް މާ ބޮޑަށް ގޯސްވެ، ކައިރި ނުވެވޭހާ ވަރުވެއްޖެ އެވެ.

ޗޯގޯސް މައްސަލާގައި މާލޭގައި އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް އެއްވުމެއް ބާއްވައި އަޑު އުފުލިތާ 24 ގަޑިއިރު ނުވެ އެވެ. އެކަމަކު، ރައީސްގެ ދަތުފުޅާ ދިމާކޮށް އައްޑޫން ފެނުނީ އެހެން މަންޒަރެކެވެ. މި ފަހަރު ތަފާތުވާ އެއް ސަބަބުތަކުގެ ތެރޭގައި އެ ކަން ވެސް ހިމެނެ އެވެ.

ރައީސް، އައްޑޫ ރައްޔިތުންނާ ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް، އައްޑޫ ރައްޔިތުންނާ ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

މަރަދޫ އިން ފެށި އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތުމުން ކިޔާފައިވާ ހޫނު މަރުހަބާ އަކީ އައްޑޫގެ ތާރީހުގައި އެއްވެސް ރައީސަކަށް ނުކިޔާ ވަރުގެ މަރުހަބާ އެއް ކަމަށް އައްޑޫގެ ބައެއް މީހުން ބުންޏެވެ.

ބައެއް މީހުން ބުނާގޮތުގައި މި ފަހަރު ތަފާތު ވީ އައްޑޫގެ ތަރައްގީގެ މަޝްރޫއުތައް ހަގީގަތަކަށް ވާ ތަން ފެންނަން ފެށުމެވެ. ހާއްސަކޮށް ބިން ހިއްކުމެވެ،

"އަޅުގަނޑުމެންގެ ހިތުގައި އުފެދޭ ޝުއޫރަކީ މީހަކު ބުނެގެން އެއްޗެއްގައި ލިޔެގެން ސްކްރިޕްޓެއް ހަދައިގެން ބުނަން ޖެހޭ ވާހަކައެއް ނޫން. އަޅުގަނޑުމެންނަށް މީގެ ކުރިން ބުނަނީ ހިއްކޭނެ، ހިއްކޭނެ، ހިއްކާނެ. މިއަދު އަޅުގަނޑުމެންނަށް ފެންނަނީ ހިއްކާފައި އޮއްވައި. ހިކިފައި މި އޮތީ،" މަރަދޫން ވާހަކަ ދެއްކި މީހަކު މަރަދޫން ހިއްކާފައިވާ ސަރަހައްދަށް އިޝާރާތް ކުރަމުން ބުންޏެވެ.

"މިއަދުގެ ރައީސަށް މި ޝުއޫރު ބަންޑުން ކޮށްލަނީ މަޖުބޫރު ކަމެއް ނެތި. އިހުސާންތެރިކަމާއި ލޮބުވެތިކަމާއި ތެދުވެރިކަމާއި ވަފާތެރިކަމާ އެކު ހިތުގެ އެންމެ ފުންމިނުން."

މާލެ އަށް ފަހު، އައްޑު އަކީ ރާއްޖެއިން އެމްޑީޕީ އަށް ތާއީދު އެންމެ ބޮޑު ރަށެވެ. އަބަދުވެސް އެއީ އެ ޕާޓީ އަށް ތަފާތު ލޯތްބެއް ދައްކަ އެވެ.

"ރައީސަކު އައިސްގެން މިހާވަރަށް މީހުން އެއްވެ، މީހުން ނުކުމެ މަރުހަބާ ކީހެނެއް ހިޔެއް ނުވޭ،" ރައީސަށް މަރުހަބާ ކިޔަން ދިޔަ ތަނުގައި ހުރި މީހަކު ބުންޏެވެ.

ރައީސަށް މަރުހަބާ ކިއުމަށް ނިކުތް އައްޑޫ ރައްޔިތުންނާ ރައީސް ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސަށް މަރުހަބާ ކިއުމަށް ނިކުތް އައްޑޫ ރައްޔިތުންނާ ރައީސް ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ވާޙަކަ ދައްކަވަމުން މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވެސް ވިދާޅުވީ އެ ވާހަކަ އެވެ.

"މިއަދަކީ ރާއްޖޭގެ ވެރިއަކަށް ރައީސުލްޖުމްހޫރިއްޔާއަަކަށް އައްޑޫ އަތޮޅުގެ ރައްޔިތުން ދުވަހަކު ވެސް ނުކިޔާ ވަރުގެ ހޫނު މަރުހަބާއެއް ކީ ދުވަސް،" އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ރައީސަށް ހޫނު މަރުހަބާއެއް ކިޔުމުގެ ފަހަތުގައި އޮތީ އައްޑޫ މީހުން ރައީސް ދައްކާވާ ވާހަކަފުޅުތައް ގަބޫލު ކުރުމުގެ ބަދަލުގައި އެ ކަންކަން ހަމަލޮލަށް ފެނުން ކަމަށެވެ.

ރައީސް އައްޑޫ ރައްޔިތުންނާ ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އައްޑޫ ރައްޔިތުންނާ ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

"މަރަދޫ އިން މިއަދު ފެނިގެން އެ ދިޔައީ ކޮން މަންޒަރެއްތޯ؟. އެއީ ނަޝީދު ނެތަސް ހަމަ އެ ރައްޔިތުންގެ ތާއީދު ރައީސަށް [އިބްރާހިމް މުހައްމަދު ސޯލިހް] އަށް މަރުހަބާ ކިޔަން ނުކުންނާނެކަން. އެ ފެނުނު މަންޒަރުގެ އަލީގައިވެސް އެބަ އެނގޭ ދަތި ނަމަވެސް އަޅުގަނޑުމެން ބޭނުންވާ ޕަސެންޓޭޖް އެޗީވް ކުރުމުގެ ފުރުސަތު، އެ މަގު އެބަ އޮތްކަން،" ރޭ އައްޑޫ ފޭދޫގައި އެމްޑީޕީގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ހިތުގައި އުފެދޭ ޝުއޫރަކީ މީހަކު ބުނެގެން އެއްޗެއްގައި ލިޔެގެން ސްކްރިޕްޓެއް ހަދައިގެން ބުނަން ޖެހޭ ވާހަކައެއް ނޫން. އަޅުގަނޑުމެންނަށް މީގެ ކުރިން ބުނަނީ ހިއްކޭނެ، ހިއްކޭނެ، ހިއްކާނެ. މިއަދު އަޅުގަނޑުމެންނަށް ފެންނަނީ ހިއްކާފައި އޮއްވައި. ހިކިފައި މި އޮތީ،"--- މަރަދޫ މީހެއް

ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އިއްޔެ އައްޑޫ މީހުން އެ ދައްކުވައިދިނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވާ ވާހަކަފުޅުތައް ގަބޫލުކުރާކަން ކަމަށެވެ.

"ވަރަށް ޒަމާން ވެއްޖެ އައްޑޫ ސިޓީގެ ރައްޔިތުންނަށް ކޮންމެ ވެރިކަމެއްގައި ވެސް ކޮށްދޭނަން، ކޮށްދޭނަން، މި ވައުދުތައްވަމުން އަންނަތާ. އެކަމަކު މިއަދު ފެނިގެން އެ ދިޔައީ ހަމަ މަސައްކަތް ފެށިގެން ދިޔަ ތަން. މަސައްކަތް ކުރިއަށް ދަނިކޮށް ރައީސް މި ވަޑައިގެންނެވީ ވެސް،" އޭނާ ވިދާޅުވި އެވެ.

އައްޑީ ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތައް ރައީސް އައްޑޫއަށް ވަޑައިގަތުމުން މަރުހަބާ ކިއުމަށް ނިކުތް ރައްޔިތުން.-- ފޮޓޯ: ރައީސް އޮފީސް

އައްޑީ ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތައް ރައީސް އައްޑޫއަށް ވަޑައިގަތުމުން މަރުހަބާ ކިއުމަށް ނިކުތް ރައްޔިތުން.-- ފޮޓޯ: ރައީސް އޮފީސް

"މިހާރު އެންމެނަށްވެސް ގަބޫލު ކުރެވޭ ހަމަ ކޮށްދޭންވެގެން ވިދާޅުވާ އެއްޗެއް ކަން އެއީ ހަމަ، ހަމަ ހުރެފައި ވިދާޅުވާ ވާހަކަތަކެއް ނޫން ކަން."

ރޮޒައިނާ ވިދާޅުވިގޮތުގައި، އައްޑޫ ބިން ހިއްކައި ގޯތި ލިބުމަކީ އައްޑޫ މީހުން ވަރަށް ބޭނުންވެފައިވާ ކަމެއް ކަމަށެވެ. އެހެންވެ، އެ ތަފާތު މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުން ވެސް ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫގެ ތަރައްގީ އަށް މި ސަރުކާރުން މިހާތަނަށް ހަ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިއަދު ބިން ހިއްކުމުގެ މަސައްކަތް ފެށިއިރު، މާދަމާ ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވައި ދެއްވާނެ އެވެ.

މީގެ ހައެއްކަ މަސް ކުރިން ރައީސް އައްޑު އަށް ވަޑައިގެން ވަކިވަކިން ބޭއްވި ބައެއް ބައްދަލުވުންތަކުން ފެނުނީ އެމްޑީޕީގެ ވިއްސަކަށް މީހުންނެވެ. އެކަމަކު، ސިޔާސީ މަސްރަހަށް އައިސްފައިވާ ބޮޑު ބަދަލާ އެކު، މި ފަހަރު އައްޑޫން ދައްކަމުން މިހާރު އެ އަންނަނީ އަދަދު މަތިވާ ތަނެވެ.