އެމެރިކާގެ ނިއު ޔޯކްގެ ވިލެޖެއްގައި އޮންނަ ފެންގަނޑެއްގައި އުޅުނު، ގިނަ ބައެއްގެ ލޯބި ލިބިފައިވާ ސްވޯންއެއް މަރާލައި އޭގެ މަސް ކޭ ކަމުގެ ތުހުމަތުގައި ފުރާވަރުގެ ތިން ކުއްޖަކު ހައްޔަރުކޮށްފި އެވެ.
03 ޖޫން 2023
އެމެރިކާގެ ނިއު ޔޯކްގެ ވިލެޖެއްގައި އޮންނަ ފެންގަނޑެއްގައި އުޅުނު، ގިނަ ބައެއްގެ ލޯބި ލިބިފައިވާ ސްވޯންއެއް މަރާލައި އޭގެ މަސް ކޭ ކަމުގެ ތުހުމަތުގައި ފުރާވަރުގެ ތިން ކުއްޖަކު ހައްޔަރުކޮށްފި އެވެ.
ފޭ ނަމަކަށް ކިޔާ ސްވޯން މަރާލައި އޭގެ ދަރިންތައް ހިފި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައި ވަނީ 18 އަހަރު ނުފުރޭ ދެ ކުއްޖަކާއި، 18 އަހަރުގެ ކުއްޖެކެވެ.
ފުލުހުން ވަނީ ސްވޯންގެ ދަރިންތައް ފަހުން ހޯދައިފަ އެވެ.
އެސޯސިއޭޓެޑް ޕްރެސް އިން ބުނި ގޮތުގައި ހައްޔަރުކުރި ތިން ކުދިން ވަނީ އެ ސްވޯންގެ ކަރު ބުރިކޮށްލުމަށް ފަހު ގެޔަކަށް ގެންގޮސް ކައްކައިގެން ކޭ ކަމަށް އެއްބަސްވެފަ އެވެ. އެކަން ކުރީ އެއީ ބޮޑު އަސްދޫންޏެއް ކަމަށް ހީކޮށްފައި ކަމަށްވެ އެވެ.
ސްވޯން ހިފުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށް ވިޔަސް އެއަށް ރައްކާތެރިކަން ދޭން އެކަށީގެންވާ ފިޔަވަޅު އެޅިފައި ނެތުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެހެންވެ ކަމާބެހޭ އިދާރާތަކުން ވަނީ ކުރިއަށް އޮތްތަނުގައި އެކަމަށް ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފަ އެވެ.
"ހައްޔަރުކުރިޔަސް" ނިއު ޔޯކަށް ދާނަން: ނަތަންޔާހޫ
އެމެރިކާގެ 'ސިޔާދަތު' ގެއްލިއްޖެ: ޓްރަމްޕު
ނިއު ޔޯކުން ދެއްކީ ޓްރަމްޕު ބަލިކުރާނެ ގޮތް: މަމްދާނީ
މަމްދާނީ، ނިއު ޔޯކްގެ މޭޔަރުކަމުގެ މަގާމަށް
އދ. ގެ ޖަލްސާގައި ރައީސްގެ މަންދޫބަކަށް ހަލީލް
ދެގައުމެއްގެ ބޮޑުވަޒީރުންގެ ނައިބާ ބައްދަލުކުރައްވައިފި
ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
ޓްރަމްޕަށް ދައުވާކުރުން މިއަދު، ލައިވް ނުކުރާނެ
ތަހުގީގުގެ ސުވާލުތަކަށް ޓްރަމްޕު ޖަވާބެއް ނުދެއްވި
އިލެކްޓްރޯނިކް ސާމާނު މަރާމާތުކުރުމަށް ހާއްސަ ގާނޫނެއް