03 ޖޫން 2023
ލަންޑަން (ޖޫން 3) - އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގައި މިރޭ މެންޗެސްޓާ ސިޓީ އިން ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު، ޔުނައިޓެޑުން ވަނީ ސީޒަނުގައި ބޮޑު ކުރިއެރުމެއް ހޯދާފައި ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ލަންޑަން (ޖޫން 3) - އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގައި މިރޭ މެންޗެސްޓާ ސިޓީ އިން ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު، ޔުނައިޓެޑުން ވަނީ ސީޒަނުގައި ބޮޑު ކުރިއެރުމެއް ހޯދާފައި ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މި ސީޒަނުގެ އިނގިރޭސި ފުޓްބޯޅަ ސީޒަން މިރޭ ނިމޭއިރު ސިޓީ އިން ވަނީ ޕްރިމިއާ ލީގު ކާމިޔާބު ކޮށްފަ އެވެ. އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދީ ޔުނައިޓެޑެވެ.
"ފައިނަލް އަބަދުވެސް ހާއްސަވާނެ. ސީޒަނުގެ ކުރީކޮޅު ވާދަކުރި ޔުނައިޓެޑާ އަޅާބަލާއިރު މިހާރު އެޓީމުގެ ފެންވަރު ވެސް ކޮލިޓީ ވެސް ވަނީ މަތިވެފަ" މިރޭގެ ފައިނަލުގެ ކުރިން ގާޑިއޯލާ ބުންޏެވެ.
ސީޒަނުގެ ކުރީކޮޅު ސިޓީ އިން ވަނީ ލީގުގައި 3-6 ގެ ފަސޭހަ މޮޅެއް ޔުނައިޓެޑްގެ މައްޗަށް ހޯދައިފަ އެވެ. އެކަމަކު ޔުނައިޓެޑުން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު ލީގު މެޗުގައި 1-2 އިން ސިޓީ ބަލިކޮށްފަ އެވެ.
ސިޓީ އިން މި ސީޒަނުގައި އަންނަނީ ތިން ތައްޓަށް ވާދަކުރަމުންނެވެ. ޕްރިމިއާ ލީގުގެ އިތުރުން އެފްއޭ ކަޕް އަދި ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަކީ އެޓީމުގެ އަމާޒެވެ. އިނގިރޭސި ފުޓްބޯޅައިގައި އެއް ސީޒަނެއްގައި މީގެކުރިން އެ ތިން ތަށި ކާމިޔާބު ކުރެވުނީ 1999 ވަނަ އަހަރު ހަމައެކަނި ޔުނައިޓެޑަށެވެ.
ގާޑިއޯލާ ބުނީ ފައިނަލެއްގައި ނަތީޖާ ނުކުންނާނީ މާޒީ އަށް ބަލައިގެން ނޫން ކަމަށާއި، މެޗުގައި ރަނގަޅަށް ކުޅެގެން ކަމަށެވެ.
ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް ބުނީ ވިސްނުމަކީ ސިޓީ ހުއްޓުވުން ނޫންކަމަށާއި، މަސައްކަތް ކުރާނީ ޔުނައިޓެޑްގެ ގޭމްކުޅެ ތަށި ހޯދަން ކަމަށެވެ.
"އަހަރެމެން ބޭނުންވަނީ ތަށި ހޯދަން. ސިޓީ ހުއްޓުވުމުގެ ވިސްނުމުގައެއް ނޫން ނުކުންނާނީ. ވެމްބްލީ އަކީ ފައިނަލެއް ކުޅެން އެންމެ ރަނގަޅު ސްޓޭޑިއަމް. އެ ދަނޑުގައި އަހަރެމެންނަށް ފުރުސަތު އޮންނާނެ" ޓެން ހަގް ބުންޏެވެ.
ޔުނައިޓެޑުން ވަނީ މި ސީޒަނުގެ އިނގިރޭސި ލީގު ކަޕް ކާމިޔާބު ކުރުމުގެ އިތުރުން ޕްރިމިއާ ލީގުގެ ތިން ވަނަ ހޯދައިފަ އެވެ. ޓެން ހަގް ބުނީ އުނދަގޫ ލީގެއްގައި ޔުނައިޓެޑުން ކުރިއެރުން ހޯދުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ.
އެފްއޭ ކަޕްގެ ފައިނަލަށް ޔުނައިޓެޑް ދަތުރުކުރީ އެވަޓަން އާއި ވެސްޓް ހޭމް ޔުނައިޓެޑްގެ އިތުރުން ފުލަމް އަދި ބްރައިޓަން ބަލިކޮށްގެންނެވެ.
ސިޓީ ފައިނަލަށް ކުރި ދަތުރުގައި ކުޅުނު ފަސް މެޗުގައި ގޯލެއް ވެސް ނުވަދެ އެވެ. ސިޓީ ބަލިކުރީ ޗެލްސީ އާއި އާސެނަލްގެ އިތުރުން ބްރިސްޓަލް ސިޓީ އަދި ބާންލީ އާއި ޝެފީލްޑް ޔުނައިޓެޑެވެ. އެ ފަސް މެޗުގައި އެޓީމުން 17 ގޯލު ޖެހި އެވެ.
ސިޓީ އިން މިރޭގެ މެޗުގައި ކުޅުވާނީ އެފްއޭ ކަޕްގެ ފަސް މެޗުގައި ގޯލު ބެލެހެއްޓި ބަދަލު ގޯލްކީޕަރު ސްޓެފަން އޯޓޭގާ އެވެ.
މިރޭގެ މެޗަށް ނުކުންނައިރު ޔުނައިޓެޑްގެ އެންތަނީ މާޝިއަލް އަށް އަނިޔާވެ ނުކުޅެވޭނެކަން ވަނީ ޔަގީންވެފަ އެވެ. އަދި، މިދިޔަ މަހުގެ ފަހުކޮޅު ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިިޔާވެގެން ބަދަލުކުރި ބްރެޒިލްގެ އެންޓަނީ ވެސް މިރޭގެ މެޗުގައި ފެނުމުގެ ފުރުސަތު ކުޑަ އެވެ.
ސިޓީ ޓީމުގައި އަނިޔާގެ މައްސަލައެއް ނެތްއިރު، އެންމެ ފަހުން ކުޅުނު މެޗުތަކުގައި ނުފެނުނު ޖެކް ގްރީލިޝް އާއި ކެވިން ޑިބްރޭނާ މިރޭގެ މެޗަށް ވަނީ ފިޓްވެފަ އެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ހަތެއް ޖަހާއިރު އެވެ.
އެފްއޭ ކަޕްގެ ތައްޓާ އެކު ޔުނައިޓެޑް ފެނުން މައްޗަށް
ޔުނައިޓެޑް އަނެއް ބުރަށް؛ ސިޓީ ޖެހެނީ ޓޮޓެންހަމާ
އެފްއޭ ކަޕާއެކު ސިޓީ "ޓްރެބަލް" ކާމިޔާބުކުރުމާ ގާތަށް
އާސެނަލަށް ފަހު ޗެމްޕިއަން ލިވަޕޫލް ވެސް ކަޓައިފި
އެފްއޭ ކަޕް ސެމީގައި އާސެނަލް-ސިޓީ، ޔުނައިޓެޑް-ޗެލްސީ
ލިވަޕޫލް އެއްވަރު، ޔުނައިޓެޑާއި ސިޓީ އަނެއް ބުރަށް
ޔުނައިޓެޑް އެއްވަރު، ސިޓީ އަނެއް ބުރަށް
ސިޓީ ސެމީ އަށް، ޔުނައިޓެޑް ކަޓައިފި
ޔުނައިޓެޑުގެ ފުރަތަމަ އިމްތިހާނުން އަމޯރިމް ފާސްވެއްޖެ
ފަހުވަގުތު ލަނޑުދީފައި ސިޓީން ޝީލްޑް އުފުލާލައިފި