17 މާޗް 2019
ސްވަންސީ (މާޗް 17) – ސްވަންސީ ސިޓީ އަތުން ފަހަތުން އަރައި 3-2 އިން މޮޅުވެ މެންޗެސްޓާ ސިޓީން އިނގިރޭސި އެފްއޭ ކަޕުގެ ސެމީ ފައިނަލަށް ރޭ ދަތުރުކުރިއިރު ވުލްވްސް އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް ކަޓައިފި އެވެ.
ސްވަންސީ (މާޗް 17) – ސްވަންސީ ސިޓީ އަތުން ފަހަތުން އަރައި 3-2 އިން މޮޅުވެ މެންޗެސްޓާ ސިޓީން އިނގިރޭސި އެފްއޭ ކަޕުގެ ސެމީ ފައިނަލަށް ރޭ ދަތުރުކުރިއިރު ވުލްވްސް އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް ކަޓައިފި އެވެ.
މި މޮޅާ އެކު ސިޓީ އަށް ވަނީ މި ސީޒަނުގައި ހަތަރު ތަށި ހޯދަން ކުރާ އުއްމީދު ދެމެހެއްޓިފަ އެވެ. ލީގު ކަޕް ކާމިޔާބުކޮށްފައިވާއިރު ޕްރިމިއާ ލީގުގައި އެ ޓީމު އޮތީ އެއް ވަނައިގަ އެވެ. އަދި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ވެސް ވަނީ ޖާގަ ހޯދައިފަ އެވެ.
އަނެއްކޮޅުން މެންޗެސްޓާ ޔުނައިޓެޑަށް ވަނީ އާ ކޯޗު އޮލެ ގުނަ ސޯލްޝެއާއާ އެކު މި ސީޒަނުގައި ތަށްޓެއް ހޯދަން ލިބިފައި އޮތް އެންމެ ރަނގަޅު ފުރުސަތު ގެއްލިފަ އެވެ. އެހެންވިޔަސް، ހޯސޭ މޮރީނިއޯ ވަކިކޮށް ސޯލްޝެއާއާ ހަވާލުވެ މިހާތަނަށް ނެރެމުން އައި ނަތީޖާތަކާ އެކު އަންނަ ސީޒަނުގައި ދާއިމީ ކޮންޓްރެކްޓެއް ލިބޭނެ ކަމަށް ބެލެވެ އެވެ. އޭނާ ހަވާލުވި ފަހުން ޔުނައިޓެޑް ބަލިވީ ތިން މެޗުންނެވެ. އެއީ ރޭގެ މެޗުގެ އިތުރުން ޕްރިމިއާ ލީގުގައި އާސެނަލް އަތުން އަދި ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުން ޕީއެސްޖީ އަތުންނެވެ.
ސޯލްޝެއާ ބުނީ މިއީ އޭނާ ހަވާލުވި ފަހުން ޔުނައިޓެޑުން އެންމެ ދަށްކޮށް ކުޅުނު މެޗު ކަމަށާއި، ޔުނައިޓެޑުން ފެށީ މާ ލަސް ގޭމެއް ކަމަށެވެ.
ވުލްވްސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ތިން ގޯލް ވެސް ފެނިގެން ދިޔައީ މެޗުގެ ފަހުބައިގަ އެވެ. ވުލްވްސްގެ ފުރަތަމަ ގޯލް 70 ވަނަ މިނެޓުގައި ކާމިޔާބުކުރީ ރައުލް ހިމެނޭޒް އެވެ. ދެ ވަނަ ގޯލް އޭގެ ހަ މިނެޓު ފަހުން ޖެހީ ޑިއޮގޯ ޔޯޓާ އެވެ. ޔުނައިޓެޑުގެ މާކަސް ރަޝްފޯޑް އިތުރު ވަގުތުގެ ތެރޭ ލަނޑެއް ޖެހި ނަމަވެސް ނަތީޖާ އަނބުރާލެވޭ ގޮތެއް ނުވި އެވެ.
ސްވަންސީން ވަނީ ރޭ ސިޓީ ކޮޅަށް ފުރަތަމަ ހާފުގައި ދެ ގޯލް ޖަހައިފަ އެވެ. ސިޓީން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގައި ޖެހި ގޯލުންނެވެ. ފުރަތަމަ ލަނޑު 69 ވަނަ މިނެޓުގައި ބެނާޑޯ ސިލްވާ ޖަހާފައިވަނިކޮށް ސިޓީ އަށް އެއްވަރުވީ 78 ވަނަ މިނެޓުގައި ސްވަންސީގެ ނޯޑްފެލްޓް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ސިޓީ މޮޅުކޮށްދިނީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ސާޖިއޯ އަގުއޭރޯ އެވެ.
އެފްއޭ ކަޕްގެ ތައްޓާ އެކު ޔުނައިޓެޑް ފެނުން މައްޗަށް
ޔުނައިޓެޑް އަނެއް ބުރަށް؛ ސިޓީ ޖެހެނީ ޓޮޓެންހަމާ
އެފްއޭ ކަޕާއެކު ސިޓީ "ޓްރެބަލް" ކާމިޔާބުކުރުމާ ގާތަށް
ޔުނައިޓެޑުން ވަނީ ކުރިއެރުން ހޯދާފައި: ގާޑިއޯލާ
އާސެނަލަށް ފަހު ޗެމްޕިއަން ލިވަޕޫލް ވެސް ކަޓައިފި
އެފްއޭ ކަޕް ސެމީގައި އާސެނަލް-ސިޓީ، ޔުނައިޓެޑް-ޗެލްސީ
ލިވަޕޫލް އެއްވަރު، ޔުނައިޓެޑާއި ސިޓީ އަނެއް ބުރަށް
ޔުނައިޓެޑް އެއްވަރު، ސިޓީ އަނެއް ބުރަށް
ޔުނައިޓެޑުގެ ފުރަތަމަ އިމްތިހާނުން އަމޯރިމް ފާސްވެއްޖެ
ފަހުވަގުތު ލަނޑުދީފައި ސިޓީން ޝީލްޑް އުފުލާލައިފި