05 ޖެނުއަރީ 2020
މެންޗެސްޓާ (ޖެނުއަރީ 5) - އިނގިރޭސި އެފްއޭ ކަޕްގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ރަށުން ބޭރުގައި ކުޅުނު މެޗުން ވުލްވްސްއާ ލަނޑެއް ނުޖެހި އެއްވަރުވިއިރު، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ކުޅުނު މެޗުން 4-1 އިން ޕޯޓް ވޭލް ބަލިކޮށް ހަތަރު ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.
މެންޗެސްޓާ (ޖެނުއަރީ 5) - އިނގިރޭސި އެފްއޭ ކަޕްގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ރަށުން ބޭރުގައި ކުޅުނު މެޗުން ވުލްވްސްއާ ލަނޑެއް ނުޖެހި އެއްވަރުވިއިރު، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ކުޅުނު މެޗުން 4-1 އިން ޕޯޓް ވޭލް ބަލިކޮށް ހަތަރު ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.
ވުލްވްސް ދަނޑުގައި ރޭ ކުޅުނު މެޗުގައި ޔުނައިޓެޑަށް ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވޭގޮތެއްނުވެ އެވެ. މިއީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހަށް ފަހު އިނގިރޭސި މުބާރާތެއްގެ މެޗެއްގައި ޔުނައިޓެޑަށް ގޯލާ ސީދާކޮށް ހަމަލާއެއް ފޮނުވާނުލެވި ނިމުނު ފުރަތަމަ މެޗެވެ. ރޭގެ މެޗުގައި ޔުނައިޓެޑަށް ލަނޑެއް ޖަހައިދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ދެ ވަނަ ހާފުގައި މާކަސް ރެޝްފޯޑް އެވެ. އޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
ވުލްވްސް މޮޅުކޮށްދޭން ރޭގެ މެޗުގައި އެންމެ ރަނގަޅު ހަމަލާތަކެއް ފޮނުވާލީ ރައުލް ހިމެނޭޒް އާއި މެޓް ޑޮހަޓީ އެވެ. ފުރަތަމަ ހާފުގައި ޑޮހަޓީ ޖެހި ބޯޅަ ޔުނައިޓެޑްގެ ގޯލުގައި ހުރި ސާޖިއޯ ރޮމޭރޯ ވަނީ މަތަކޮށްފަ އެވެ. ދެ ވަނަ ހާފުގައި ހަނި އޭންގަލުން ހިމެނޭޒް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. މި ހާފުގައި ވުލްވްސްގެ ޑޮހަޓީ ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ރެފްރީ އެ ލަނޑު ނުލާން ނިންމީ ގޯލަށް ވަނުމުގެ ކުރިން ޑޮހަޓީ އަތުގައި ބޯޅަ ޖެހުމުންނެވެ.
ރޭގެ މެޗު އެއްވަރުވުމުން ނަތީޖާ ނެރެން ޔުނައިޓެޑް ދަނޑުގައި ވުލްވްސްއާ ދެކޮޅަށް ކުޅޭ ރިޕްލޭ މެޗު މި މަސް ތެރޭގައި އޮންނާނެ އެވެ. އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުގައި މި މަސް ތެރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ދެ މެޗެއް ކުޅެން ޖެހިފައި އޮއްވައި ޔުނައިޓެޑަށް އިތުރު މެޗެއް ކުޅެން ޖެހުމަކީ ދިމާވާނެ ގޮންޖެހުމެއް ކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ ބުނެފަ އެވެ.
ސިޓީ ދަނޑުގައި ރޭ އެ ޓީމަށް ޕޯޓް ވޭލާ ދެކޮޅަށް ލީޑުނަގައިދިނީ އަލެކްސަންޑަ ޒިންޗެންކޯ އެވެ. ވޯޓް ވޭލަށް ނަތީޖާ ހަމަހަމަކޮށްދިނީ ޓޮމް ޕޯޕް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސާޖިއޯ އަގުއޭރޯ ސިޓީ އަށް އަލުން ލީޑުނަގައިިދިނެވެ. ދެ ވަނަ ހާފުގައި ސިޓީގެ އަނެއް ދެ ގޯލު ޖެހީ ޓޭލާ ހާވުޑް-ބިލިސް އާއި ފިލް ފޯޑެން އެވެ.
އިނގިރޭސި އެފްއޭ ކަޕްގައި މި ހަފްތާގައި ކުޅޭ ތިން ވަނަ ބުރުގެ މެޗުތައް ފަށާ ވަގުތު އެއް މިނިޓް ލަސްކޮށްލަން ނިންމާފައިވަނީ ނަފްސާނީ ދުޅަހެޔޮކަމަށް ހިންގާ ކެމްޕެއިނާ ބައިވެރިވުމުގެ ގޮތުންނެވެ. މި ކެމްޕެއިނުގައި ބައިވެރިވުމުގެ ގޮތުން އިނގިރޭސި އެފްއޭ އިން ވަނީ ފުޓްބޯޅަ ކުޅުންތެރިން ހިމެނޭ ގޮތަށް ހަދާފައިވާ އެއް މިނިޓުގެ ވީޑިއޯ އެއް މެދުވެރިކޮށް އާންމުންނަށް މެސެޖެއް ދީފަ އެވެ.
އެފްއޭ ކަޕްގެ ތައްޓާ އެކު ޔުނައިޓެޑް ފެނުން މައްޗަށް
ޔުނައިޓެޑް އަނެއް ބުރަށް؛ ސިޓީ ޖެހެނީ ޓޮޓެންހަމާ
އެފްއޭ ކަޕާއެކު ސިޓީ "ޓްރެބަލް" ކާމިޔާބުކުރުމާ ގާތަށް
ޔުނައިޓެޑުން ވަނީ ކުރިއެރުން ހޯދާފައި: ގާޑިއޯލާ
އާސެނަލަށް ފަހު ޗެމްޕިއަން ލިވަޕޫލް ވެސް ކަޓައިފި
އެފްއޭ ކަޕް ސެމީގައި އާސެނަލް-ސިޓީ، ޔުނައިޓެޑް-ޗެލްސީ
ލިވަޕޫލް އެއްވަރު، ޔުނައިޓެޑާއި ސިޓީ އަނެއް ބުރަށް
ސިޓީ ސެމީ އަށް، ޔުނައިޓެޑް ކަޓައިފި
ޔުނައިޓެޑުގެ ފުރަތަމަ އިމްތިހާނުން އަމޯރިމް ފާސްވެއްޖެ
ފަހުވަގުތު ލަނޑުދީފައި ސިޓީން ޝީލްޑް އުފުލާލައިފި