Roadha Mihaaru
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ބޮޑުކުރުން އަންނަ މަހު

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ބޮޑުކުރުމުގެ މަސައްކަތް އަންނަ މަހު ފަށަީ

04 ޖޫން 2023

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީން ސ. ހުޅުމީދޫގައި ހިންގާ ފެކްޓަރީ ބޮޑު ކުރުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާން ކުރައްވައިފި އެވެ.

ފާތިމަތު އަޖްފާން ސ. ގަމުން ފާތިމަތު އަޖްފާން

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީން ސ. ހުޅުމީދޫގައި ހިންގާ ފެކްޓަރީ ބޮޑު ކުރުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާން ކުރައްވައިފި އެވެ.

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ގަމުގައި ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ، ސަރަހައްދީ އިގްތިސޯދުގެ ނާރަހެއްގެ ގޮތުގައި އައްޑޫ ތަރައްގީ ކުރުމަކީ މުޅި ރާއްޖޭގެ ތަރައްގީ އަށް ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ.

އެހެންވެ، އެ މަގްސަދު ހާސިލް ކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުން ކަމަށް ވާތީ އެ މަޝްރޫއު ފެށީ ކަމަށް ރައީސް ވިދާޅުވި އެވެ.

"ދެކުނު އަދި ބޮޑުކަންނެލީގެ މަސް އެކްސްޕޯޓް ކުރުމަށް މާލެ އަށް ކުރަން ޖެހޭ ދަތުރުތައް މި އެއާޕޯޓުން ލިބޭނެ ބޮޑެތި މަންފާތަކެއް އެބަވޭ. އެއީ ތަރައްގީ ކުރެވެމުންދާ އައްޑޫގެ ފިޝަރީޒް ކޮމްޕްލެކްސް އާއި މި އެއާޕޯޓުގެ ކޯލްޑް ސްޓޯރޭޖާއި ކާގޯ ފެސިލިޓީގެ ހިދުމަތް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

"އެއީ ހަރަދު ކުޑަވެ، މަގު ކުރުވެ، މަސައްކަތުގެ އަގު އަވަހަށް ލިބޭނެ ހައްލެއް. އައްޑޫގައި ހުރި 50 ޓަނުގެ ބްރައިން ފިޝަރީޒް ކެޕޭސިޓީ 100 މެޓްރިކް ޓަނަށް ބޮޑުކުރުމުގެ އަމަލީ މަސައްކަތް އަންނަ ޖުލައި މަހު ފަށާނެ."

ރައީސް ވިދާޅުވިގޮތުގައި، މިފްކޯގެ މަސްބަނދަރު ބޭނުން ކުރަން ވެސް އަންނަ އޮގަސްޓް މަހު ފެށޭ ވަރަށް ތަރައްގީކޮށް ކުރާނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީ ކުރި އައްޑޫ ފިޝަރީޒް ކޮމްޕެކްސްއަކީ ގާތްގަނޑަކަށް ހަތް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ.

އެ ފެކްޓަރީގައި 1،500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓިއަކާ އެކު ދުވާލަކު 100 ޓަނުގެ މަސް ގަނޑު ކުރެވެ އެވެ. އެ ތަނުގައި 50 ޓަނުގެ އައިސް ޕްލާންޓަކާއި 200 ޓަނުގެ ތެލާއި 250 ޓަނުގެ ފެން އެ ކޮމްޕްލެކްސްގައި އެއް ފަހަރާ ރައްކާ ކުރެވޭނެ ވަސީލްތައް ހަދާފައި ހުރެ އެވެ.