07 ޖޫން 2023
މެޑްރިޑް (ޖޫން 7) - ބޮރޫޝިއާ ޑޯޓްމަންޑްގެ އުމުރުން 19 އަހަރުގެ ޖޫޑެ ބެލިިންހަމް، 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަގަކަށް ރެއާލް މެޑްރިޑަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ.
މެޑްރިޑް (ޖޫން 7) - ބޮރޫޝިއާ ޑޯޓްމަންޑްގެ އުމުރުން 19 އަހަރުގެ ޖޫޑެ ބެލިިންހަމް، 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަގަކަށް ރެއާލް މެޑްރިޑަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ.
އިނގިރޭސި މިޑްފިލްޑަރުގެ ޓްރާންސްފާ އަށް 110 މިލިއަން ޑޮލަރު ޑޯޓްމަންޑަށް ދޭން ރެއާލުން ވަނީ އެއްބަސްވެފަ އެވެ. އެއާ އެކު އޭނާ ވަނީ ރެއާލް އަށް ގެންދާ ދެވަނަ އަށް އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށެވެ.
ދުނިޔޭގެ އެންމެ މުއްސަނދި ކްލަބަށް، މިހާތަނަށް އެންމެ އަގުބޮޑު ޓްރާންސްފާއެއް ހެދީ 2019 ގައި ޗެލްސީން ބަދަލުވި އެޑެން ހަޒާޑެވެ. އޭނާގެ ޓްރާންސްފާ އަށް 120 މިލިއަން ޑޮލަރު ރެއާލުން ހޭދަ ކުރި އެވެ.
ޓްރާންސްފާ ފީގެ އިތުރުން ބޯނަހުގެ ގޮތުގައި ވެސް އިތުރު 30 މިލިއަން ޑޮލަރު ޑޯޓްމަންޑަށް ދޭން ރެއާލުން ވަނީ އެއްބަސް ވެފަ އެވެ. ބެލިންހަމް، ޑޯޓްމަންޑަށް ބަދަލުވީ 2019 ގައި ބާމިމްހަމް ސިޓީންނެވެ. އޭރު އޭނަގެ އުމުރަކީ 17 އަހަރެވެ.
ބެލިހަމްގެ ޓްރާންސްފާ ވަނީ، ފުރާވަރު އުމުރުގެ ކުޅުންތެރިޔަކު ކްލަބް ބަދަލު ކުރާނެ ތިންވަނަ އަށް އެންމެ އަގު ބޮޑު ޓްރާންސްފާ އަށެވެ. އެ ލިސްޓްގެ އެއްވަނައިގައި އޮތީ އުމުރުން 19 އަހަރުގައި މޮނާކޯއިން ޕީއެސްޖީ އަށް ބަދަލުވި ކިލިޔަން އެމްބާޕޭ އެވެ. ޖޫން 2017 ގައި އޭނާގެ ޓްރާންސްފާ އަށް ޕީއެސްޖީން 180 މިލިއަން ޑޮލަރު ހޭދަ ކުރި އެވެ. ދެވަނަ އަކީ ބެންފީކާ އަށް 126 މިލިއަން ޑޮލަރު ދިނުމަށް ފަހު އެތުލެޓިކޯ މެޑްރިޑުން ސޮއި ކުރުވި ޔޮއާ ފެލިކްސް އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ރެއާލްގެ މެޑިކަލް ބެލިހަމް ފުރިހަމަ ކުރާނެ އެވެ. އެ ކްލަބާ އެކު ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ޓްރާންސްފާ ޚަބަރުތައް ބުނާ ގޮތުން ބެލިންހަމްއާ އެކު އިނގިރޭސި ގައުމީ ޓީމަށް ކުޅޭ ހެރީ ކޭން ގެންދިއުމަށް ވެސް ރެއާލުން މަސައްކަތް ކުރެ އެވެ. މިދިޔަ 14 އަހަރު ރެއާލްގެ ސެންޓަ ފޯވާޑަކަށް ކުޅުނު ކަރީމް ބެންޒެމާ ސައުދީ އަރަބިއާގެ އަލް އިއްތިހާދަށް ބަދަލުވުމުން އޭނާ ކުޅުނު މަގާމަށް ކޭން ގެންދަން ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބޭނުން ވެ އެވެ.
ރެއާލްގެ ވާހަކަތައް ލީކު ކުރުމުން މައްސަލަ ޖެހިއްޖެ
15 ވަނަ ފަހަރު: ޔޫރަޕްގެ ކިންގަކީ ރެއާލް މެޑްރިޑް
އުމުރުން 17 އަހަރުގައި އެންޑްރިކް ފަސްވަނަ ތަށި
ރެއާލަށް ބަދަލުވާން ޑޭވީސް އަނގަބަހުން އެއްބަސްވެއްޖެ
ރެއާލުން އެމްބާޕޭއަށް ދޭން ބުނާ އަގު ކުޑަވުމުގެ ޝަކުވާ
އާޖެންޓީނާގެ ޒުވާން ތަރި ހޯދުމުގައި ސިޓީ އަށް ކާމިޔާބު
ވާދަވެރިޔަކީ ރެއާލެއް ނޫން، ނެޓްފްލިކްސް: ޑޯޓްމަންޑް
ތުރުކީގެ ޒުވާން ކުޅުންތެރިޔާގެ ސޮއިހޯދަން ރެއާލް، ބާސާ
ހޫނު މޫސުމުގައި ކެކިއަރާ އެމްބާޕޭގެ ވާހަކަ ފެނަށް
ބްރެޒިލްގެ އުންމީދީ ޒުވާނާ އެންޑްރިކް ރެއާލް އަށް