Roadha Mihaaru
އެސްޓީއޯ އިން އަނެއްކާ ވެސް ތެލުގެ އަގު ހެޔޮކޮށްފި

އެސްޓީއޯ އިން އަނެއްކާ ވެސް ތެލުގެ އަގު ހެޔޮކޮށްފި

09 ޖޫން 2023

އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު އަނެއްކާވެސް ހެޔޮކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު އަނެއްކާވެސް ހެޔޮކޮށްފި އެވެ.

އެސްޓީއޯ އިން ބުނީ މިރޭ 12:00 އިން ފެށިގެން ޕެޓްރޯލް ލިޓަރަކުން 14 ލާރި އަދި ޑީސަލް ލިޓަރަކުން 63 ލާރި ހެޔޮކޮށްފައިވާ ކަމަށެވެ.

މި ބަދަލާ އެކު މިހާރު ޕެޓްރޯލް ލިޓަރެއްގެ އަގަކީ 14.73ރ. އެވެ. އަދި ޑީސަލް ލިޓަރެއްގެ އަގަކީ 15.07ރ. އެވެ.

މިދިޔަ މަހު ވެސް އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގު ވަރަށް ބޮޑަށް ހެޔޮކުރި އެވެ.

މެދި މަސް ފެށުމުގެ ކުރިން ޑީސަލް ލިޓަރެއްގެ އަގަކީ 16.32ރ. އެވެ. އެކަމަކު މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 62 ލާރި ހެޔޮކޮށް، ލިޓަރެއްގެ އަގު 15.70ރ. އަށް ދަށްކުރި އެވެ. ޕެޓްރޯލް ލިޓަރެއްގެ އަގު 15.97ރ. އިން 15.14ރ. އަށް ދަށްކުރި އެވެ. މިއީ 83 ލާރީގެ ދަށްވުމެކެވެ.

ރާއްޖޭގެ މާކެޓަށް ދެމެހެއްޓެނިވި ގޮތެއްގައި ތެޔޮ ފޯރުކޮށްދޭން މަސައްކަތްކުރި ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އަންނަ ބަދަލުތަކާ ހުރެ ދަތިތަކާ ކުރިމަތިވާ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ. އެކަަމަކު ބާޒާރުގައި ތެލުގެ އަގު ދަށްވާއިރަށް އެސްޓީއޯ އިން ވެސް ތެލުގެ އަގު ދަށްކުރެ އެވެ.

މި ވަގުތު ދުނިޔޭގެ ބާޒާރުގައި، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު އުޅެނީ 76.21 އާއި 71.64 ޑޮލަރާ ދެމެދުގަ އެވެ.