Roadha Mihaaru
ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ހެޔޮކޮށްފި

ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ހެޔޮކޮށްފި

14 ޖޫން 2019

އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ހެޔޮކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ހެޔޮކޮށްފި އެވެ.

އެ ކުންފުނިން ބުނިގޮތުގައި ޑީސަލް ލީޓަރަކުން 78 ލާރި ހެޔޮކޮށްފައިވާ އިރު ޕެޓްރޯލް ލީޓަރަކުން 26 ލާރި ވަނީ ހެޔޮކޮށްފަ އެވެ. އެހެންކަމުން މިހާރު ޑީސަލް ލީޓަރެއް ލިބޭނީ 11.19 ރުފިޔާ އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ލިބޭނީ 11.13 ރުފިޔާ އަށެވެ.

އެންމެ ފަހުން ތެލުގެ އަގު ހެޔޮކުރީ މިދިޔަ މެއި މަހެވެ. އެ ފަހަރު ޑީސަލް ލިޓަރަކުން 14 ލާރި ހެޔޮކުރި އެވެ. އަދި ޕެޓްރޯލުން 10 ލާރި ހެޔޮކުރި އެވެ.

ތެލުގެ އަގު ހެޔޮކޮށް އެސްޓީއޯ އިން ކުރި ޓްވީޓް

އާންމު ގޮތެއްގައި ތެލުގެ އަގަށް ބަދަލު ގެންނަނީ ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ.