15 ޖޫން 2023
އިންޑިއާގެ ހުޅަނގުން އަރަބި ކަނޑުގެ އިރުމަތީ މެދުތެރޭ ސަރަހައްދުގައި އުފެދިފައިވާ ބާރުގަދަ ތޫފާން ބިޕަރްޖޯއީ (އާފާތް) މިއަދުގެ ވަގުތެއްގައި އިންޑިއާ އާއި ޕާކިސްތާނަށް އަރާނެ ކަމަށް ލަފާކުރެވޭތީ، ތޫފާން ދަތުރުކުރާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފި އެވެ.
އިންޑިއާގެ ހުޅަނގުން އަރަބި ކަނޑުގެ އިރުމަތީ މެދުތެރޭ ސަރަހައްދުގައި އުފެދިފައިވާ ބާރުގަދަ ތޫފާން ބިޕަރްޖޯއީ (އާފާތް) މިއަދުގެ ވަގުތެއްގައި އިންޑިއާ އާއި ޕާކިސްތާނަށް އަރާނެ ކަމަށް ލަފާކުރެވޭތީ، ތޫފާން ދަތުރުކުރާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފި އެވެ.
އެ ގޮތުން، މި ތޫފާން ދަތުރުކުރާނެ ކަމަށް ބެލެވޭ މަގުގައި، އަރަބި ކަނޑުގެ އައްސޭރިފަށާ ކައިރީގައި ހުރި، އިންޑިއާ އާއި ޕާކިސްތާނުގެ އަވަށްތަކާއި ސަހަރުތަކުން މިހާރު ވަނީ ލައްކައަކަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފަ އެވެ. މިއަދު ހަވީރުގެ ވަގުތެއްގައި މި ތޫފާން އެއްގަމަށް އަރާއިރު، ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 95 ކިލޯމީޓަރު ބާރުމިނުގައި ކަމަށް، މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރެ އެވެ.
މި ތޫފާން އެއްގަމަށް އަރައިގެން އިރު އުތުރަށް ދަތުރުކުރާ އިރު، ތޫފާން އަރާ ސަރަހައްދުގައި ހުރި ގެތަކާއި ދަނޑުބިންތައް ސުންނާފަތިވެގެންދާނެ ކަމަށް، މޫސުމާ ބެހޭ އިދާރާތަކުން ވަނީ އިންޒާރުކޮށްފަ އެވެ. އަރަބި ކަނޑު ތެރެއިން އިންޑިއާ އާއި ޕާކިސްތާނުގެ ހުޅަނގު އައްސޭރިފަށާ ކައިރި އަށް ތޫފާން ދަތުރު ކުރަމުން ދާއިރު، އިންޑިއާ އާއި ޕާކިސްތާނުގެ އެ ސަރަހައްދުތަކަށް މިހާރުވެސް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.
އިންޑިއާގެ ކާރިސާތަކާ ބެހޭ އިދާރާ އިން ބުނި ގޮތުގައި، މި ތޫފާނުގެ ކޮޅިގަނޑުގައި މިހާރު ވެހެމުންދާ ބޯ ވާރޭގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި މިހާރުވެސް ވަނީ ފެންބޮޑުވެފަ އެވެ. އަދި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މިހާތަނަށް ހަތް މީހުން މަރުވެފައިވާ ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ. އޭގެ ތެރެއިން ކުޑަ ދެކުއްޖަކު މަރުވީ ފާރެއް ވެއްޓި އޭގެ ދަށުވުމުގެ ސަބަބުންނެވެ. އަދި އަންހެނަކު މަރުވީ ސައިކަލުގައި ދުއްވާފައި ދަނިކޮށް ވެއްޓުނު ގަހަކުން ޖެހިގެންނެވެ.
ޕާކިސްތާނުން މި ތޫފާން އަރާނީ އެ ގައުމުގެ ހުޅަނގު ދެކުނުގައިވާ ސިންދު ޕްރޮވިންސްގެ އައްސޭރި ސަރަހައްދަށެވެ. އެހެންކަމުން އެ ސަރަހައްދުގައި ދިރިއުޅުނު 62000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ރައްކާތެރި އެހެން ސަރަހައްދުތަކަށް ގެންގޮސްފަ އެވެ. އަދި ހާލުގައި ޖެހޭ މީހުންނަށް އެހީތެރިވުމުގެ ގޮތުން، ސްކޫލްތަކުގައި މިހާރު ވަނީ، ކުއްލި އެހީދޭނެ ފޭލިގެތައް ޖަހައިފަ އެވެ.
މޫސުމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި މި ތޫފާންގައި އާންމު ގޮތެއްގައި މިހާރު ވައި ޖެހެމުން ދަނީ ގަޑިއަކު 135 ކިލޯމީޓަރުގެ ބާރުމިނުގަ އެވެ. ނަމަވެސް ކޮޅިގަނޑުތަކުގައި ގަޑިއަކު 150 ކިލޯމީޓަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވެ އެވެ.
އައްސޭރިފަށުގެ ސަރަހައްދުތަކުގައި މިހާރު ވެސް ރާޅުތައް ވަރަށް އުސްވެ، ވަރަށް ބޮޑަށް އުދަ އަރަމުން ދާތީ، އައްސޭރިފަށުގައި ދިރިއުޅޭ އާންމުން ގޮނޑުދޮށަށް ނުނުކުތުމަށް ވަނީ އަންގައިފަ އެވެ.
މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި ބިޕަރްޖޯއީ ތޫފާން އެއްގަމަށް އަރާނީ، އިންޑިއާގެ ގުޖަރާތުގެ މަންދުވީ އަވަށާއި ޕާކިސްތާނުގެ ކަރާޗީ ގުޅޭ ސަރަހައްދުންނެވެ.
ތޫފާންގެ ބާރު ވަޔާއި އުދައިގެ އަސަރު އައްސޭރިފަށަށް މިއަދު ހެނދުނުން ފެށިގެން ކުރަމުން ދާތީ، އިންޑިއާގެ ގުޖަރާތުގެ ރޭލު ދަތުރުތައް ވަނީ މެދުކަނޑާލައިފަ އެވެ. އަދި އިންޑިއާގެ އެންމެ ބޮޑު ވިޔަފާރި ދެ ބަނދަރު ކަމަށްވާ ކަންޑްލާ އާއި މުންދްރާގެ ހުރިހާ ހަރަކާތްތަކެއް މިއަދު ހެނދުނުން ފެށިގެން ވަނީ މެދުކަނޑާލައިފަ އެވެ.
ބިޕަރްޖޯއީގެ ބާރު ދަށްވެ، އާންމުން ގެދޮރުތަކަށް
މިހާތަނަށް އެންމެ ހޫނު އަހަރު: 2023
ލީބިޔާ: 11000 މަރުވެ 10000 ގެއްލިފައި
ޑެނިއަލް ތޫފާނުގައި ލީބިޔާއިން 2000 މީހުން މަރު
ތޫފާން ގުލާބު އިންޑިއާގެ އިރުމަތީ އައްސޭރިއަށް
ތޫފާން ޑާނާ: މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް
އާތިފް އަސްލަމް 7 އަހަރު ފަހުން ބޮލީވުޑަށް
ސިއްކިމްގައި ފެންބޮޑުވެ 100 މީހުން ގެއްލިއްޖެ
ބާރަ ދުވަސް، 10 ސަރަހައްދެއްގައި ފެން ބޮޑުވެއްޖެ
ލީބިޔާއިން 5000 މީހުން މަރުވި ކަމަށް ބެލެވޭ