30 ޖެނުއަރީ 2017
ތައިރޮއިޑް ބަލިތަކުގެ ނުރައްކާ ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް އަންނަނީ އިތުރުވަމުންނެވެ. ތަޖުރިބާކާރުން ދެއްވާ ލަފަޔަކީ ބަލީގެ ނިޝާންތަކަށް ސަމާލުވުމެވެ. ކަރުން ނުވަތަ ކަނދުރާމަތިން ފެންނަ އެކި އަލާމާތްތަކުން އެކަން ދެނެގަތުމެވެ.
ތައިރޮއިޑް ބަލިތަކުގެ ނުރައްކާ ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް އަންނަނީ އިތުރުވަމުންނެވެ. ތަޖުރިބާކާރުން ދެއްވާ ލަފަޔަކީ ބަލީގެ ނިޝާންތަކަށް ސަމާލުވުމެވެ. ކަރުން ނުވަތަ ކަނދުރާމަތިން ފެންނަ އެކި އަލާމާތްތަކުން އެކަން ދެނެގަތުމެވެ.
"ތައިރޮއިޑް ކެންސަރު ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުން. ތައިރޮއިޑްގެ ބަލިތަކަށް ކާމިޔާބުކަމާ އެކު ފަރުވާ ކުރެވޭ. އެކަމަކު ބަލި ޖެހުނުކަން މާފަހުން ދެނެގަނެވޭތީ ފަރުވާ ކާމިޔާބުކުރުން ވަރަށް ބޮޑަށް އުނދަގޫވޭ،" ނިއު ޔޯކްގައި މަސައްކަތްކުރައްވާ ކަރުން މަތީގެ ތަޖުރިބާކާރު ޑޮކްޓަރެއް ކަމަށްވާ އިލްޔާ ލިޚެޓްރޯވް ހެލްތު ޑޭ އަށް ވިދާޅުވެފައިވެ އެވެ.
މުޅި ދުނިޔެއަށް ބަލާއިރު ތައިރޮއިޑްގެ ބަލިތައް ހުރި 200 މިލިއަން މީހުން އުޅެ އެވެ. އެމެރިކާގައި 20 މިލިއަން މީހުންނަށް ތައިރޮއިޑްގެ ބަލިތައް ޖެހިފައި ވާއިރު ބަލި ހުރިކަން އެނގެނީ އޭގެ ތެރެއިން 10 މީހެއްގެ ތެރެއިން ހަތަރު މީހަކަށް ކަމަށް އެމެރިކަން ތައިރޮއިޑް އެސޯސިއޭޝަނުން ބުނެފައިވެ އެވެ.
ލިޚެޓްރޯވް ވިދާޅުވީ ތައިރޮއިޑް ކެންސަރު ޖެހެނީ، ގިނަ ފަހަރަށް ހަމަ އެއްވެސް އަލާމާތެއް ބޭރުފުށުން ނުފެނި ކަމަށެވެ. ނުރައްކާތެރި ރޭޑިއޭޝަނެއްގެ އަސަރުކުރާ ގޮތަށް އުޅޭ މީހެއް ނަމަ ނުވަތަ ތައިރޮއިޑް ކެންސަރު އާއިލާގެ މެންބަރަކަށް ޖެހިފައިވާ މީހެއް ނަމަ މިކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ލިޚެޓްރޯވް އިލްތިމާސްކުރެއްވި އެވެ. އޭނާ ވިދާޅުވީ އެއީ ތައިރޮއިޑް ކެންސަރުގެ ނުރައްކާ އެންމެ ބޮޑަށް އޮންނަ މީހުން ކަމަށެވެ.
ނިއު ޔޯކްގައި ހުންނަ އައިކާން ސްކޫލް އޮފް މެޑިސިންގެ އެސިސްޓެންޓް ޕްރޮފެސަ އޮފް އޮޓޮލަރިންގޮނޮލޮޖީ ވިދާޅުވި ގޮތުގައި ކުއްލިކުއްލިއަށް އަޑު ބަދަލުވުމާއި ކަނދުރާގައި ގޮށް ލުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ ތައިރޮއިޑްގެ މައްސަލައެއް ހުރިތޯ އަވަހަށް ބަލަން ޖެހޭނެ އެވެ.
ތައިރޮއިޑް ހުރިކަން ނޭނގި ގިނަ ދުވަސް ވެއްޖެ ނަމަ ނުވަތަ ފަރުވާ ނުކޮށް ގިނަ ދުވަހު ބަހައްޓައިފި ނަމަ ޑިޕްރެޝަން އާއި ވަރުބަލިވުމާއި ހުޅުތަކުގައި ރިއްސުމާއި ގައިގައި ރިއްސުމާއި ބަރުވުން އަދި ބޮލުން އިސްތަށި ފޭބުން ފަދަ ކަންކަމާ ކުރިމަތިވެ އެވެ.
ތައިރޮއިޑްގެ މައްސަލައެއް ހުރިތޯ އަމިއްލައަށް ބެލުމަށް، ކަރުގެ މެދުން ތިރިީގެ މެދަކާ ހިސާބު ލޯގަނޑަކުން ފެންނަ ގޮތަށް ހުރެ އަދި ފުރަގަހަށް ކަނދުރާ ކުޑަކޮށް ލަންބާލައިގެން ހުރެ ފެންފޮދެއް ބޯލާށެވެ. މިހެން ހުރެގެން ފެން ބޯއިރު، ކުރިން މި ބުނި ދިމާލުން އާދަޔާ ޚިލާފު ގޮތަކަށް އުފުއްލި ނުވަތަ ފުފޭ ގޮތް ވޭތޯ ބަލާށެވެ. އެއްޗެއް ބޯއިރު ނުވަތަ ކާއިރު ލަގޮނޑި އަށް އަންނަ ހަރާކްތަކާ މިކަމާ ގުޅުމެއް ނެތެވެ.
މިގޮތަށް ބަލާއިރު ތަންކޮޅެއް ފުއްޕާ ނަމަ ނުވަތަ މާބޮޑަށް އުފުއްލޭ ނަމަ ޑޮކްޓަރަކަށް ދައްކައިގެން އިތުރު ޓެސްޓްތައް ހަދައި މައްސަލައެއް ހުރިތޯ ބެލުމަށް ލިޚެޓްރޯވް ލަފާ ދެއްވާފައިވެ އެވެ.
ތައިރޮއިޑް މައްސަލަ ގޯސްވިޔަނުދޭން ބައެއް ލަފާ
ފަރުވާއަށް ފަހު ރައީސް ރާއްޖެ ވަޑައިގެންފި
ރައީސް ހޮސްޕިޓަލުން ދޫކޮށްލައިފި، ހާލު ރަނގަޅު
ހައިޕޯތައިރޮއިޑިޒަމް އަކީ ކޮބާ؟
ރައީސް، ތައިރޮއިޑްގެ ފަރުވާއަކަށް ސިންގަޕޫރަށް
ބޮލުގައި ރިހުމުން ތައިރޮއިޑަށް މަގު ފަހިވެދާނެ
ފަލަވަނީ ތައިރޮއިޑްގެ ސަބަބުންތަ؟
އާސަންދައިގެ ހޭދައިގެ 90 ޕަސެންޓު އައުޓްޕޭޝަންޓަށް
އެންމެ މުއްސަނދިންގެ އަތުން ވަކި އަދަދެއް އާސަންދައަށް
ހަކުރުބަލި، ލޭމައްޗަށް ދިއުމުގެ ބައްޔަށް ބޮޑު ހޭދައެއް