Roadha Mihaaru
ފަރުވާއަށް ފަހު ރައީސް ރާއްޖެ ވަޑައިގެންފި

ފަރުވާއަށް ފަހު ރައީސް ރާއްޖެ ވަޑައިގެންފި

06 މާޗް 2022

ސިންގަޕޫރުގައި ތައިރޮއިޑް އޮޕަރޭޝަނެއް ކުރައްވައި ފަރުވާ ހޯއްދެވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ރާއްޖެ ވަޑައިގެންފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސިންގަޕޫރުގައި ތައިރޮއިޑް އޮޕަރޭޝަނެއް ކުރައްވައި ފަރުވާ ހޯއްދެވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ރާއްޖެ ވަޑައިގެންފި އެވެ.

ތައިރޮއިޑް ފަރުވާއަށް އަނބިކަނބަލުން ފަޒްނާ އަހުމަދާ އެކު ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ވަޑައިގަތީ މިދިޔަ މަހުގެ 23 ގަ އެވެ. ފަރުވާ އަށް ފަހު ހޮސްޕިޓަލުން ދޫކޮށްލެވުމުން އެމަނިކުފާނު ވަނީ ހާލުކޮޅު ރަނގަޅު ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ.

ރައީސްގެ ސާޖަރީ ކުރެއްވީ ވެރިކަމުގެ ބާރުތައް ނައިބު ރައީސް ފައިސަލް ނަސީމްއާ ހަވާލުކުރެއްވުމަށް ފަހު އެވެ. އަލުން މަގާމާ ހަވާލުވެވަޑައިގަތީ ތިން ގަޑިއިރާއި 30 މިނެޓަށް ފަހުންނެެވެ.

ތައިރޮއިޑް ސާޖަރީ ކުރިއަށްދިޔަ ވަގުތު މަގާމުގެ މަސްއޫލިއްޔަތު ނައިބު ރައީސްއާ ހަވާލުކުރެއްވީ ގާނޫނުއަސާސީގައި ބުނާ ގޮތުން، ވެރިކަމުގެ މަސްއޫލިއްޔަތު އަދާނުކުރެއްވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކަން ކުރަން އޮންނަ އުސޫލުންނެވެ.

ފުރަތަމަ ފަހަރަށް ރައީސްގެ މަސްއޫލިއްޔަތުތައް ނައިބް ރައީސް ފައިސަލް އަދާކުރެއްވިއިރު އެމަނިކުފާނާ ހަވާލުކުރައްވާފައި ވަނީ އިޖުތިމާއީ ދާއިރާއާ ގުޅޭ ކަންކަމުގައި ހައްލު ހޯއްދެވުމެވެ.