Roadha Mihaaru
ހިލޭ ރައުޓަރާއި ސެޓްއަޕް ލިބޭ ޕްރޮމޯޝަނެއް ފަށައިފި

ހިލޭ ރައުޓަރާއި ސެޓްއަޕް ލިބޭ ފައިބަ ބްރޯޑްބޭންޑް ޕްރޮމޯޝަނެއް

18 ޖޫން 2023

ހިލޭ ރައުޓަރާއި ފައިބަ ބްރޯޑްބޭންޑް ސެޓްއަޕް ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ހިލޭ ރައުޓަރާއި ފައިބަ ބްރޯޑްބޭންޑް ސެޓްއަޕް ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

ދިރާގުން ބުނީ މިއީ މި ހިދުމަތަށް އަލަށް އެދޭ ކަސްޓަމަރުންނަށް އަމާޒުކޮށް ފެށި ޕްރޮމޯޝަނެއް ކަމަށެވެ. މި ޕްރޮމޯޝަނުގައި، މި މަހުގެ 22ގެ ކުރިން ހިދުމަތް ހޯދުމަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ރައުޓަރާއި ފައިބަ ބްރޯޑްބޭންޑް ސެޓްއަޕް ލިބޭނެ އެވެ.

ދިރާގުގެ މެނޭޖަރު އެކުއިޒިޝަންސް ޖަނާ އިބްރާހިމް ވިދާޅުވި ގޮތުގައި އެ ޕްރޮމޯޝަނަކީ ސެޓްއަޕް ފީއަކާނުލައި ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބަ ނެޓްވާކްއާ ގުޅާލުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށެވެ. އަދި މި ޕްރޮމޯޝަނަކީ ދިރާގު ފައިބަ ބްރޯޑްބޭންޑާ އެކު ކަސްޓަމަރުންނަށް ތަފާތު އެކި ޕެކޭޖްތައް ހިޔާރުކޮށް، އެންމެ ބޮޑު ޑޭޓާ އެލަވަންސްތަކާއި ހަލުވި ސްޕީޑް ތަޖުރިބާކުރުމަށް ވެސް ލިބޭ އަގުހުރި ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ދިރާގުން އަންނަނީ މި ފަދަ ލިމިޓަޑް ޓައިމްއޮފާތަކާއި ޕްރޮމޯޝަންތައް ހިންގަމުންނެވެ.