ހޫނު ދުވަހެއްގައި ކަރުހިއްކުން ފިލުވާލަން ފިހާރައިން ކޮންމެވެސް ފިނި، ފިޒީ ބުއިމެއް ގަނެލައިގެން ބުއިމަކީ ގިނަ މީހުންގެ އާދައެކެވެ. މިއީ ސިއްހަތަށް ފައިދާހުރި އެއްޗިއްސެއް ނޫނެވެ. އެކަމަކު ހަމަ އެ ފިނިކަމުގެ އިހުސާސްކޮށްދޭ، ސިއްހަތަށް ފައިދާހުރި ބުއިންތައް ވެސް ހުރެ އެވެ. "ކޮމްބޫޗާ" އަކީ މީގެ ބުއިމެކެވެ.
ހޫނު ދުވަހެއްގައި ކަރުހިއްކުން ފިލުވާލަން ފިހާރައިން ކޮންމެވެސް ފިނި، ފިޒީ ބުއިމެއް ގަނެލައިގެން ބުއިމަކީ ގިނަ މީހުންގެ އާދައެކެވެ. މިއީ ސިއްހަތަށް ފައިދާހުރި އެއްޗިއްސެއް ނޫނެވެ. އެކަމަކު ހަމަ އެ ފިނިކަމުގެ އިހުސާސްކޮށްދޭ، ސިއްހަތަށް ފައިދާހުރި ބުއިންތައް ވެސް ހުރެ އެވެ. "ކޮމްބޫޗާ" އަކީ މީގެ ބުއިމެކެވެ.
ކޮމްބޫޗާއަކީ ސައިފަތާއި، ހަކުރު އަދި "ސްކޯބީ" ނުވަތަ "ސިމްބަޔޮޓިކް ކަލްޗާ އޮފް ބެކްޓީރިއާ އެންޑް ޔީސްޓް" އެއްކޮށްގެން އުފައްދާ ބުއިމެކެވެ.
"ސްކޯބީ" އަކީ ހަށިގަނޑަށް ފައިދާވާ ބެކްޓީރިއާ އާއި ޔީސްޓު އެކުލެވޭ މާއްދާއެކެވެ. ކޮމްބޫޗާއަށް ކޮމްބޫޗާގެ ސިފަތައް ގެނުވައިދެނީ "ސްކޯބީ" އިންނެވެ. ކޮމްބޫޗާއަށް ފިޒީކަން ގެނެސްދިނުމާއި، "ޕްރޯބަޔޮޓިކް" ނުވަތަ ހަށިގަނޑުގެ ހަޖަމުކުރުމުގެ ނިޒާމަށް އެހީވެދޭ ދިރޭ ބެކްޓީރިއާ ހިމެނުން، މިއީ "ސްކޯބީ" އިން ލިއްބައިދޭ ސިފަތަކެވެ.
ކޮމްބޫޗާ ފުޅިތަކަށް އެޅުމުގެ މަސައްކަތްކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މި ބުއިން އެންމެ ފުރަތަމަ އުފެއްދީ މީގެ ގަރުނުތަކެއް ކުރިން ޗައިނާގައި ކަމަށް ބުނެއުޅެ އެވެ. މިއީ މީރު ފިނިބުއިމެއްގެ ގޮތުގައި މިފަހަކަށް އައިސް ހުޅަނގުގެ ގައުމުތަކާއި އެކި ގައުމުތަކުގައި ވެސް މަގުބޫލުކަން ހޯދާފައިވާ ބުއިމެކެވެ. ކޮމްބޫޗާ އަށް ބޮޑު މަގުބޫލުކަމެއް ލިބިފައި ވަނީ އެ ބުއިމުން ލިބޭ ސިއްހީ ފައިދާތަކުގެ ސަބަބުންނެވެ.
މިހާރު ރާއްޖޭގައި ވެސް މި ބުއިން އުފައްދަ އެވެ. ރާއްޖޭގައި އޮޕަރޭޓްކުރާ ފުރަތަމަ ކޮމްބޫޗާ ބްރުވެރީ އިން މި މަސައްކަތްކުރުމުގައި އެންމެ ޒަމާނުއްސުރެ މިމަސައްކަތް ކުރަމުންގެންދާ އުސޫލުތަކުގައި ހިފަހައްޓައިގެން ކޮމްބޫޗާ އުފެއްދުމަށް ތިބީ ތައްޔާރަށެވެ. މީގެ އިތުރުން މި ބުއިން އުފެއްދުމުގައި ހަރަކާތްތެރިވަނީ ދިވެހި ޒުވާނުންގެ ޓީމެކެވެ. ސައިބްރޫ ޕްރައިވެޓް ލިމިޓެޑުން އުފައްދާ "ސައިބްރޫ" ކޮމްބޫޗާ ތައާރަފްކުރީ މީގެ ދެ އަހަރު ކުރިންނެވެ.
ރާއްޖޭގައި އުފައްދާފައިވާ ކޮމްބޫޗާ ފުޅިތަކެއް: މިއީ ސިއްހަތަށް ފައިދާ ހުރި ބުއިމެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"އަޅުގަނޑުމެން ކޮމްބޫޗާ ތައާރަފުކުރީ އާއްމުކޮށް ލިބެން މި ހުންނަ ފިޒީ ޑްރިންކްސްތަކާއި ސޮޑާތަކުގެ ބަދަލުގައި ސިއްހަތަށް ފައިދާހުރި ބުއިމެއް ތައާރަފުކުރަން. ބޭނުންވީ ލައިވް ކަލްޗާ ޕްރޯބަޔޮޓިކްސް އަދި ގުދުރަތީ މާއްދާތައް ހިމެނޭ، ސިއްހަތަށް ގިނަގުނަ ފައިދާތަކެއް ލިބޭނެ ބުއިމެއް ފަސޭހައިން ދިވެހިންނަށް ވެސް ލިބެން ހުންނަން،" ކޮމްބޫޗާ އުފައްދާ ސައިބްރޫ ޕްރައިވެޓް ލިމިޓެޑްގެ ކޯފައުންޑާ މުހައްމަދު ތަހްސީން ވިދާޅުވި އެވެ.
ކޮމްބޫޗާ ތައްޔާރުކުރުމުގެ މަސައްކަތް ފަށަނީ އެކަމަށް ހާއްސަ ފާމެންޓޭޝަން ވެސެލްތައް ނުވަތަ ކަމީރުކުރާ ތާނގިތަކުގަ އެވެ.
ފުރަތަމަ މަރުހަލާގައި ސްކޯބީ އާއި ޔީސްޓު އެއްކޮށް 15 ދުވަހުގެ މުއްދަތަކަށް ކަމީރުކުރަން މި ތާނގިތަކުގައި ބަހައްޓަ އެވެ. ދެން ފުޅިތަކަށް އެޅުމަށްފަހު މަދުވެގެން ހަތް ދުވަހު ދެވަނަ ކަމީރުކުރުމަކަށް ބަހައްޓަ އެވެ. މި މަރުހަލާގައި ބުއިމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އޭގައި ގުދުރަތީގޮތުން އުފެދޭ ފިޒްއިންނެވެ. ކޮމްބޫޗާ އަކީ ދިރޭ ބެކްޓީރިއާ އެކުލެވޭ ގޮތަށް ތައްޔާރުކުރާ ބުއިމަކަށް ވާތީ، ސާފުތާހިރުކަމަށް އިސްކަން ދޭން ޖެހެ އެވެ. ސައިބްރޫ ކޮމްބޫޗާ ތައްޔާރުކުރުމުގެ ހުރިހާ މަރުހަލާތަކެއްގައި ވެސް ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދެ އެވެ.
ބްރޫވެރީގައި ކޮމްބޫޗާ ފުޅިއަށް އަޅަނީ. ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ ބްރޫވެރީއިން ސައިބްރޫ ތައްޔާރުކުރުމުގައި ހަރަކާތްތެރިވާ އެންމެން، މާސްކާއި ހެއާނެޓް އެޅުމުގެ އިތުރުން ކަމީރުކުރުމުގައި ދަމަހައްޓަންޖެހޭ ހާއްސަ ސާފުތާހިރުކަމުގެ މިންގަނޑުތައް ދެމެހެއްޓުމަކީ އެ ބްރޫވެރީގެ މައިގަނޑު އެއް އަސާސެވެ.
ސައިބްރޫއިން މާލޭގައި ކުޑަ އޮޕަރޭޝަނަކުން ތައްޔާރުކުރަންފެށި، ސައިބްރޫ ކޮމްބޫޗާ އަށް މަގުބޫލުކަން ލިބި މި ބުއިމަކީ މިހާރު ރިސޯޓްތަކުގެ ރެސްޓޯރަންޓުތަކަށް އަދި ރާއްޖޭގެ އެކި ރަށްރަށުގެ ސައި މޭޒުތަކާއި ރެސްޓޯރަންޓްތަކުން ވެސް ވަނީ ޖާގަހޯދައިފަ އެވެ.
"ޕްރޮޑަކްޝަން މަސައްކަތް ފެށި އިރު، މުޅި އޮޕަރޭޝަން ކުރިއަށް ގެންދިއުމާއި އަދި ތިމާވެއްޓާއި ރައްޓެހި ގޮތަކަށް އުފެއްދުންތައް ބަންދު ކުރުމާ މެދު އާއިލާ އާއި ރައްޓެހިންގެ ހިޔާލު ހޯދިން. އަޅުގަނޑުމެން މި ބޭނުންކުރަނީ ބިއްލޫރި ފުޅި، އަދި ހުސްފުޅި އަނބުރާ އަޅުގަނޑުމެންނަށް ރައްދުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް އޮންނާނެ،"
"ސައިބްރޫ ހުސް ފުޅި އެކި ކަންތައްތަކުގައި އަމިއްލައަށް އަޕްސައިކަލް ނުވަތަ ރީ ޔޫސްވެސް ކުރެވޭނެ. އަތްދޮންނަ ސައިބޯނި އެޅުމަށާއި މާޓުކުރީގެ ގޮތުގައި ނުވަތަ ކުދި ގަސް ޖަހާފަ ގޭތެރެ ޒީނަތްތެރިކޮށްލަން ވެސް ބޭނުންކުރެވިދާނެ." ތަހުސީން ވިދާޅުވި އެވެ.
ސައިބްރޫ ކޮމްބޫޗާ އެކި ފިހާރަތަކާއި ރެސްޯރަންޓުތައް އަދި ބައެއް ރިސޯޓުތަކުން ވެސް ލިބޭނެ. -- ފޮޓޯ: ސައިބްރޫ
ކޮމްބޫޗާ އަކީ ހަށިގަނޑުގެ އެކި ނިޒާމްތަކުގެ މަސައްކަތްތަކަށް އެހީތެރިކަންދޭ ބުއިމެކެވެ. މި ބުއިމުގައި ހިމެނޭ ޕްރޮބަޔޮޓިކްސްގައި ގޮހޮރުގެ ސިއްހަތަށް ފައިދާހުރި ބެކްޓީރިއާގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުވެ ދިފާއީ ނިޒާމަށް ވެސް އޭގެ ފައިދާކުރަނިވި އަސަރުކުރެ އެވެ.
ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތްތައް އެންމެ ފުރިހަމައަށް އަދާކޮށް، ހަށިގަނޑަށް އެތެރެވާ ނޭދެވޭ މާއްދާތައް ބޭރުކުރުމަށް ބޭނުންވާ އެސިޑުތަކާއި ބައެއް އެންޒައިމްތައް ވެސް ކޮމްބޫޗާގައި ހިމެނެ އެވެ. އޭގެ ސަބަބުން މެޓަބޮލިޒަމް ރަނގަޅުވެ، ފުރަމޭގެ ސިއްހަތު ވެސް ރަނގަޅުވުމަށް މަގުފަހިވެ އެވެ.
ދިފާއީ ނިޒާމު ރަނގަޅަށް މަސައްކަތްކުރުމަށް ބޭނުންވާ އެންޓި އޮކްސިޑަންޓްތައް ވެސް ކޮމްބޫޗާގައި ހިމެނެ އެވެ. މި އެންޓިއޮކްސިޑަންޓްތައް ސެލްތަކުގެ ސިއްހަތު ރަނގަޅު ކުރުމުގައި އެހީތެރިވެދޭނެ އެވެ. ގައިގައި ރިއްސުމާއި ދުޅަވުން ފަދަ ކަންކަމުން އެ ކަމުގެ ސަބަބުން ދުރުހެލިކޮށްދޭނެ އެވެ.
ކޮމްބޫޗާގައި އާންމު ދިރިއުޅުމުގައި ހަރަކާތްތެރިވެ އުޅުމަށް ބޭނުންވާ ކާބޯހައިޑްރޭޓްސް ހިމެނެ އެވެ. އަދި ފެޓްސް އާއި ޕްރޮޓީންސްގެ އިތުރުން ވިޓަމިން-ބީ ގެ އެކި ބާވަތްތައް ވެސް މި ބުއިމުގައި ހިމެނެ އެވެ. ގިނަ ފައިދާތަކެއް ލިބޭ މި ބުއިމަކީ ފެނުގެ ބައި ގިނަ، ހަކުރުގެ ބައި މަދު ބުއިމެކެވެ. ސައިބްރޫ ކޮމްބޫޗާ އަކީ އޯގޭނިކް، ވީގަން ބުއިމެކެވެ.
ކޮމްބޫޗާ ފުޅީގެ ތެރޭގައި ބައެއް ފަހަރު ޖެލީކޮޅުތަކެއް ކަހަލަ އެތި ކޮޅުތަކެއް ފެންނަން ހުރެ އެވެ. އެއީ ސްކޯބީ އިން އުފެދޭ އެތިކޮޅުތަކެކެވެ. މިއީ އެއްވެސް ނުރައްކަލެއް ހުރި އެއްޗެއް ނޫނެވެ. ބައެއް މީހުން މި ބުއިމުގައި ސްކޯބީ އެތިކޮޅުތައް ފުރާނާލައިގެން ބޭނުންކުރެ އެވެ.
ސައިބްރޫ ކޮމްބޫޗާ މި ވަގުތު ތައްޔާރުކޮށް ވިއްކަމުން އަންނަނީ އޭގެ އޮރިޖިނަލް ފްލޭވާގެ 300 އެމްއެލް ފުޅީގަ އެވެ. ސައިބްރޫއިން މަސައްކަތް ކުރަމުން އަންނަނީ ކުރިއަށް އޮތް ތަނުގައި ކޮމްބޫޗާގެ އިތުރު ފްލޭވާތަކެއް ތައާރަފްކުރުމަށެވެ.
ސައިބްރޫ ކޮމްބޫޗާއަށް އެތަނުގެ ފޭސްބުކާއި އިންސްޓަގްރާމުން އޯޑަރު ދެވޭނެ އެވެ. ސައިބްރޫ ކޮމްބޫޗާ ލިބެން ހުންނަ ކެފޭ ރެސްޓޯރެންޓުތަކާއި ކިއޯސްކްތަކާއި ފިހާރަތަކުގެ އިތުރުން 7244004 އަށް ގުޅައިގެން ވެސް ކޮމްބޫޗާ ލިބެން ހުންނާނެ އެވެ.
ނޯޓު: މިއީ ސައިބްރޫގެ ޕްރައިވެޓް ލިމިޓެޑްގެ އެޑްވަޓޯރިއަލްއެކެވެ.
އޯވީއެސް: ވަރަށް ކޮލިޓީ، ނުވަދެ ވާކަށް ނެތް
ޕްލާޒާއިން އަހުމަދު އަލް މަގްރިބީ ބްރޭންޑް ރާއްޖެއަށް
އޭޑީކޭ: ދުންފަތުން ދުރުވުމަށް އެހީތެރިކަން ފޯރުކޮށްދެނީ
މެގަޗިޕް އިން މައިކްރޯސޮފްޓް ކޯޕައިލެޓް ރާއްޖެއަށް!
އިލެކްޓްރިފައި މޯލްޑިވްސް އަހަރީ ދުވަސް ކުލަގަދަކޮށް!
ގިބްލަ އުމްރާ ގްރޫޕުން ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި
ވިލާގެ 37 އަހަރުގެ ކާމިޔާބީގެ އަސްލަކީ މުވައްޒަފުން
ރައްކާތެރިކަން ކަށަވަރުކޮށްދޭ ބިލްޑިން ވަޔަރު
ބޮލާއި ކަރުގެ ކެންސަރާ ގުޅޭ ސާޖަރީއެއް ކާމިޔާބުކޮށްފި
ދި ރައިސް: ފެޑޯއިން ހަދާ ހިތްގައިމު އެޕާޓްމަންޓްތަކެއް