ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބ. އައިދޫގައި ގެސްޓް ހައުސްއެއް ހަދައި އެތަނުން ކޮޓަރި ވިއްކާ މައްސަލަ ޓޫރިޒަމް މިނިސްޓްރީން ބަލަން ފަށައިފި އެވެ.
19 ޖޫން 2023
ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބ. އައިދޫގައި ގެސްޓް ހައުސްއެއް ހަދައި އެތަނުން ކޮޓަރި ވިއްކާ މައްސަލަ ޓޫރިޒަމް މިނިސްޓްރީން ބަލަން ފަށައިފި އެވެ.
އައިދޫގައި ގެސްޓް ހައުސް އުސޫލުން ކޮޓަރި ވިއްކަމުންދާ މައްސަލަ ޓޫރިޒަމް މިނިސްޓްރީގެ ކޮމްޕްލަޔަންސް ޑިޕާޓްމެންޓުން ބަލަން ފަށާފައިވާ ކަން އެތަނުގެ އޮފިޝަލަކު ކަށަވަރުކޮށްދެއްވި އެވެ.
ފިޝަރީޒް މިނިސްޓްރީން ވަރުވާއަށް މި ރަށް 2017 ގައި މުހައްމަދު ސައީދު ކިޔާ މީހަކަށް ދޫކޮށްފައި ވަނީ 21 އަހަރަށެވެ. މި ރަށުގައި 3.1 ހެކްޓަރު ހުރެ އެވެ.
ދަނޑުވެރިކަމަށް ދޫކުރި މި ރަށް ގެސްޓް ހައުސް ހިންގާ ރަށެއްގެ ގޮތުގައި ފުޅާކޮށް ޕްރޮމޯޓްކޮށް ވިޔަފާރި އަންނަނީ ހިންގަމުންނެވެ. އެ ރަށާ ގުޅޭ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ދުވާލު އެކަނި ބޭނުން ކުރުމަށް ކޮޓަރި އާއި، ރެއަކާއި ދުވާލަށް ދޫކުރާ ކޮޓަރިތައް ވެސް ހުރެ އެވެ.
މިތަންތަނުގެ އަގުތައް ވެސް ހިމަނާފައިވެ އެވެ.
ދުވާލު އެކަނި ތިބެން، ސްވިމިން ޕޫލާ އެކު 300ރ. އަށް ކޮޓަރިއެއް ދޫކުރާ އިރު ސްވިމިން ޕޫލު ނުހިމަނާ ދޫކުރަނީ 150ރ. އަށެވެ. އަދި ރޭގަނޑާ އެކުގައި ނަމަ ކޮޓަރިއެއް ދޫކުރަނީ 800ރ. އަށެވެ.
ބ. އައިދޫ: އެ ރަށުގައި ކޮޓަރި އަންނަނީ ކުއްޔަށް ދޫކުރަމުން. -- ފޮޓޯ: ދޮންފަނު ބީޗް ވިއުސް
ކޮޓަރިތައް ދޫކުރަނީ ކެއުން ވެސް ހިމަނައިގެންނެވެ.
ހެނދުނުގެ ސަޔާއި މެންދުރާއި ރޭގަނޑުގެ ކެއުމަށް ކަނޑައަޅާފައިވާ އަގުތައް ވެސް ވެބްސައިޓުގައި ވެ އެވެ. ސޯޝަލް މީޑިއާގައި "ފާމް އައިލެންޑް" ގެ ގޮތުގައި ޕްރޮމޯޓް ކުރާ އެ ރަށަށް އެ އަތޮޅުގެ އެހެން ގެސްޓް ހައުސްތަކަށް އަންނަ ފަރާތްތަކުން ވެސް ވިއްކަ އެވެ.
ބ. އައިދޫ: އެ ރަށުގައި ގެސްޓް ހައުސް އުސޫލުން ކޮޓަރި ދޫކުރާ މައްސަލައެއް ޓޫރިޒަމް މިނިސްޓްރީން އަންނަނީ ބަލަމުން-- ފޮޓޯ: ދޮންފަޅު ބީޗް ވިއުސް
އައިދޫގެ ވެބްސައިޓުން އެނގޭ ގޮތުގައި އެ ރަށުގައި ދަނޑުވެރިކަމުގެ މަސައްކަތްތައް ވެސް އަންނަނީ ފުޅާ ކުރަމުންނެވެ. އެ ރަށުގައި ކަރާ އާއި މެލަން އާއި ކިއުކަމްބާ ފުޅާ ދާއިރާއެއްގައި ހައްދަ އެވެ.
އާ ހެކިތަކާ އެކު ހިބަޅިދޫ މައްސަލަ އަލުން ކޯޓަށް
"ހުރާފަރުގެ އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް"
ބ. އިންނަފުށި ތަރައްގީކުރުން މަޑުޖައްސާލަން އަންގައިފި
މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ދަށްވެއްޖެ
ޑޮލަރުގެ މައްސަލަ ހައްލުވާން ފަށައިފި، ބަދަލު ފެންނާނެ
ދެ މިނިސްޓްރީ ރަނގަޅަށް ބެލެހެއްޓޭނެ: ތޯރިގް
ކޮވިޑުގެ ކުރީގެ ހާލަތަށް ޓޫރިޒަމް ރުޖޫއަވެއްޖެ
90،000 ޓޫރިސްޓުން، 70 ޕަސެންޓު ރިސޯޓުތަކަށް
ރާއްޖޭގެ ވެލްނަސް ޓޫރިޒަމަށް އެއް ބިލިއަން ޑޮލަރު
އަހަރުގެ ފުރަތަމަ ފަސް ދުވަހު ގިނައީ ރަޝިއާ ޓޫރިސްޓުން