Roadha Mihaaru
ޒާތީ މައްސަލައެއްގައި ރަޝްމިކާގެ މެނޭޖަރު ވަކިކޮށްފި

ޒާތީ މައްސަލައެއްގައި ރަޝްމިކާގެ މެނޭޖަރު ވަޒީފާއިން ވަކިކޮށްފި

21 ޖޫން 2023

އިންޑިއާގެ އެކްޓްރެސް ރަޝްމިކާ މަންދާނާގެ އަތުން އޭނާގެ ދުވަސްވީ މެނޭޖަރު 800،000 ރުޕީސް ވަގަށް ނަގައިގެން ވަޒީފާއިން ވަކިކުރި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށް އެ ވާހަކަ ދޮގުކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އިންޑިއާގެ އެކްޓްރެސް ރަޝްމިކާ މަންދާނާގެ އަތުން އޭނާގެ ދުވަސްވީ މެނޭޖަރު 800،000 ރުޕީސް ވަގަށް ނަގައިގެން ވަޒީފާއިން ވަކިކުރި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށް އެ ވާހަކަ ދޮގުކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފައިސާތަކެއް ވަގަށް ނެގިކަން ފަޅާއެރުމުން ރަޝްމިކާ ވަނީ އޭނާގެ މެނޭޖަރު ވަޒީފާއިން ވަކިކޮށްފަ އެވެ. ނަމަވެސް، ރަޝްމިކާއާ ގާތް މީހުންނާ ހަވާލާދީ ބައެއް ނޫސްތަކުން ބުނި ގޮތުގައި، އެއީ ދޮގު ވާހަކައެކެވެ.

ރަޝްމިކާ އާއި އޭނާގެ މެނޭޖަރު ވަކިވާން ޖެހުނީ ޒާތީ މައްސަލަތަކެއްގެ ސަބަބުން ކަމަށް އޭނާއާ ގާތް މީހުން ބުންޏެވެ. އަދި ރަޝްމިކާގެ އަތުން މެނޭޖަރު އެއްވެސް ފައިސާއެއް ވަގަށް ނުނަގަ އެވެ.

ނަމަވެސް ދެމީހުންގެ މެދުގައި ޒާތީ މައްސަލައެއް ޖެހުނީ ކޮން ކަމަކާ ގުޅިގެން ކަމެއް އަދި ނޭނގެ އެވެ.

ރަޝްމިކާ މިހާރު މަސައްކަތް ކުރަމުން އަންނަނީ ރަންބީރް ކަޕޫރާއެކު އޭނާ ކުޅޭ ފިލްމު "އެނިމަލް" އަދި އައްލު އަރްޖުންއާއެކު ކުޅޭ "ޕުޝްޕާ 2"ގަ އެވެ.