ދެ ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމުގައި މިދިޔަ އަހަރާ އަޅާބަލާއިރު، ރާއްޖެ ހަތް ދަރަޖަ ފަހަތަށް ޖެހިފައިވާ ކަމަށް ބަންއަލްއަގުވާމީ ރިޕޯޓެއްގައި ބުނެފި އެވެ.
21 ޖޫން 2023
ދެ ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމުގައި މިދިޔަ އަހަރާ އަޅާބަލާއިރު، ރާއްޖެ ހަތް ދަރަޖަ ފަހަތަށް ޖެހިފައިވާ ކަމަށް ބަންއަލްއަގުވާމީ ރިޕޯޓެއްގައި ބުނެފި އެވެ.
ވޯލްޑް އިކޮނޮމިކް ފޯރަމުން ދުނިޔޭގައި ދެ ޖިންސުގެ ހަމަހަމަކަމާ ގުޅޭ ގޮތުން ނެރުނު މި އަހަރުގެ ގްލޯބަލް ޖެންޑާ ގެޕް ރިޕޯޓުގައި ދުނިޔޭގެ ރޭންކިންގައި ރާއްޖެ އޮތީ 0.649 ގެ ސްކޯ އަކާ އެކު 124 ވަނައިގަ އެވެ. މިދިޔަ އަހަރު ރާއްޖެ 117 ވަނައިގައި އޮތް ނަމަވެސް، ލިބުނު ސްކޯ މި އަހަރަށް ވުރެ 0.001 މަދެވެ. މީގެ މާނައަކީ ރާއްޖެއާ އަޅާ ބަލާއިރު، އެހެން ގައުމުތަކުން ދެ ޖިންސުގެ ހަމަހަމަކަމުގައި ހޯދި ކުރިއެރުން އިތުރު ވެފައިވާ ކަމެވެ.
ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު، ދެ ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމުގައި ރާއްޖެ އޮތީ ފަސް ވަނައިގަ އެވެ. މި ސަރަހައްދުގެ އެއްވަނައިގެ އޮތީ ބަންގްލަދޭޝް އެވެ. މި ސަރަހައްދު ބޮޑު ބާރު އިންޑިއާ އޮތީ ރާއްޖޭގެ ފަހަތުން ހަ ވަނައިގަ އެވެ.
ވަކިވަކި ދާއިރާތަކަށް ބަލާއިރު، ގާނޫނު ހަދާ މަޖިލީހުގައި އެންމެ މަދުން އަންހެނުން ތަމްސީލުވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. އެއީ އެންމެ ދަށް މިންގަނޑު ކަމަށް ބަލާ ފަސް ޕަސެންޓަށް ވުރެ ދަށްވުމުންނެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި އަންހެނުން ތަމްސީލް ކުރަނީ 4.8 ޕަސެންޓެވެ. މުޅި ދާއިރާއަށް ބަލާއިރު، ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރިވެފައިވާ ނިސްބަތަށް ބަލާއިރު ރާއްޖެ އޮތީ 103 ވަނައިގަ އެވެ.
އަންހެނަކު، ކުޑަ ދެ ކުއްޖަކާއެކު ހިނގާފައި ދަނީ.- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ދެ ޖިންސުގެ ހަމަހަމަކަން ރާއްޖޭގައި އޮތީ ތައުލީމު ހާސިލުކުރުމުގެ ދާއިރާއިން ކަމަށް ރިޕޯޓުގައި ބުނެ އެވެ. ދުނިޔޭގެ ރޭންކިން އަށް ބަލާއިރު، ތައުލީމީ ދާއިރާއިން ރާއްޖެ އޮތީ 91 ވަނައިގަ އެވެ.
އިގުތިސޯދުގައި އަންހެނުންގެ ދައުރުގައި 131 ވަނައިގަ އެވެ. މިއީ މި ސަރަހައްދުގައި އެންމެ މަތީ ސްކޯއެއް ރާއްޖެއަށް ލިބިފައިވާ ދާއިރާކަމަށް ރިޕޯޓުގައި ބުނެފައި ވެ އެވެ.
ސިއްހީ ގޮތުން ރާއްޖެ 121 ވަނައިގައި އޮތް ނަމަވެސް އެ ދާއިރާއިން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.
ޖިންސީ ހަމަހަމަކަން ހޯދަން ކުރާ މަސައްކަތުގެ ދުވެލި މަޑު ކަމަށާއި ކުރިއަށް އޮތް 131 އަހަރު ވެސް އެކަން ހާސިލް ނުވާނެ ކަމަށް އެ ރިޕޯޓުގައި ވެ އެވެ.
ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އިގްތިސާދީ، ސިއްހީ އަދި ތައުލީމީ ދާއިރާގައި ދެ ޖިންސުގެ ދެމެދުގައި ހުރި ފަރަގު ނައްތާލުމުގައި މިދިޔަ އަހަރާ އަޅާބަލާއިރު ލިބުނީ 0.3 ޕަސެންޓުގެ ކުޑަ ކުރިއެރުމެކެވެ. އަދި 2006 ވަނަ އަހަރު މި ރިޕޯޓް ނެރެން ފެށިއިރާ އަޅާބަލާއިރު ޖުމްލަކޮށް މިހާތަނަށް ލިބިފައިވަނީ 4.1 ޕަސެންޓުގެ ކުރިއެރުމެކެވެ.
މުޅި ދުނިޔެއަށް ބަލާއިރު ޖިންސީ ތަފާތު 80 ޕަސެންޓަށް ކުޑަކުރެވިފައިވަނީ އެންމެ ނުވަ ގައުމެއްގަ އެވެ. އެއީ އައިސްލެންޑާއި ނޯވޭ އާއި ފިންލެންޑާއި ނިއު ޒީލެންޑާއި ސްވިޑްން އާއި ޖަރުމަނާއި ނިކަރާގުއާ އާއި ނެމީބިއާ އަދި ލިޔުއޭނިއާ އެވެ. އައިސްލެންޑް ވަނީ 14 ވަނަ ފަހަރަށް، ޖިންސީ ތަފާތު އެންމެ ކުޑަ ގައުމުގެ ގޮތުގައި މިފަހަރު ވެސް ހިމެނިފަ އެވެ. އެއީ 91.2 ޕަސެންޓަށް ތަފާތު ކުޑަކޮށްގެންނެވެ.
ޖީހާން ދެއްވި ހިތްވަރު: ބިރުދައްކާނެ، ފަސްނުޖެހޭތި!
އެހީ ދިނުމުގައި އަންހެނުން ބައިވެރިކުރަން ހުއްދަ ދެނީ
އަންހެނުންގެ މައްސަލަތަކާ މެދު މުހިންމު މަޝްވަރާތަކެއް
މި ވިސްނުމުން ޓޫރިޒަމް ދާއިރާއަށް ހިނިތުންވުން!
މިއީ ފިސާރި އަންހެންވެރިން އުފައްދަންވީ ދުވަސް:ރޮޒައިނާ
މަހްރަމަކާ ނުލައި އަންހެނުން ފުރަތަމަ ފަހަރަށް ހައްޖަށް
އޭރު ވެސް ބުނީ އަންހެނުން ތިބޭނީ ބަދިގެއަކު ނޫނޭ
ހުރިހާ ދިމާލަކުން ވެސް އަންހެނުންގެ ހިތްވަރު
އަންހެނުންނާ މެދު ތަފާތުކުރުން ހުއްޓުވަން ދިރާސާއެއް
އަންހެނުންނަށް ގޮނޑި ޚާއްސަކުރި މައްސަލަ މާދަމާ ފަށަނީ