ވިލާ ކުންފުނީގެ ވާވެއްދިފަޅު ވިއްކުން އޭސީސީން ހުއްޓުވީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށާއި މިއީ އޭނާގެ ވިޔަފާރި މި ސަރުކާރުން ފުނޑާލަން ކުރާ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފާޑުވިދާޅުވާ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުރަތަމަ ފަހަަރަށް މިއަދު ވާހަކަ ދައްކަވައިފި އެވެ.
25 ޖޫން 2023
ވިލާ ކުންފުނީގެ ވާވެއްދިފަޅު ވިއްކުން އޭސީސީން ހުއްޓުވީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށާއި މިއީ އޭނާގެ ވިޔަފާރި މި ސަރުކާރުން ފުނޑާލަން ކުރާ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފާޑުވިދާޅުވާ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުރަތަމަ ފަހަަރަށް މިއަދު ވާހަކަ ދައްކަވައިފި އެވެ.
ވާވެއްދިފަޅު ވިއްކުން ހުއްޓުވުމަކީ އޭނާގެ ވިޔަފާރިއަށް ލިބުނު ގެއްލުމެއް ކަމަށް ވިދާޅުވެ ވަރަށް ހިތްހަމަޖެހިވަޑައިނުގެން ގާސިމް އިއްޔެ ފާޑުވިދާޅުވި އެވެ. މި ފާޑުވިދާޅުވުންތަކުގައި ރައީސް ގާނޫނުއަސާސީއާ ޚިލާފުވެވަޑައިގެންފައިވާ ކަމަށާއި "ގެއަށް ކަނޑާލަން ޖެހޭ" ކަމަަށް ވެސް ވިދާޅުވި އެވެ.
ކ. ވާވެއްދިފަޅު ނުވަތަ ވާރެއްދޫ ފަރު ވިއްކުމުގެ 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ)ގެ މުއާމަލާތް އޭސީސީން ހުއްޓުވީ އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި ތަހުގީގު ކުރަމުން އަންނަ މައްސަަލައަކާ ގުޅިގެންނެވެ. އެ މައްސަލަ އޭސީސީއަށް ހުށަހަޅާފައި އޮތީ އަމިއްލަ މީހެއްގެ ނަމުގަ އެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަލުން އެމްޑީޕީއަށް ސޮއި ކުރެއްވި ރަސްމިއްޔާތުގައި، ވާވެއްދިފަޅުގެ މައްސަލާގައި ގާސިމްގެ ތުހުމަތާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން ރައީސް ވިދާޅުވީ އެކަމުގައި ސަރުކާރުގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށެވެ. މިނިވަން މުއައްސަސާތަކުގެ ގާނޫނީ ޒިންމާއަކީ ސަރުކާރުން ބެހޭ ކަންކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގަތީއްސުރެން މިހާތަނަށް އެމަނިކުފާނު މަސައްކަތް ކުރެއްވީ ގާނޫނުއަސާސީއާ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ގާނޫނީ އިމުން ބޭރުވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑު މަސައްކަތް ކުރާނީ ގާނޫނުއަސާސީއާ އާއި ގާނޫނީ އިމުގެ ތެރޭގައި. އެއީ އަޅުގަނޑުގެ ކިތަންމެ ގާތް މީހެއްގެ ކަމެއްގައި ވިޔަސް. އަދި ޕާޓީގެ މީހެއްގެ ކަމެއްގައި ވިޔަސް އާއިލާގެ މީހެއްގެ ކަމެއްގައި ވިޔަސް އަޅުގަނޑަކަށެއް ގާނޫނު އަސާސީން ބޭރަކަށެއް ނުދެވޭނެ،" ރައީސް ވިދާޅުވި އެވެ.
ގާސިމް އިބްރާހިމް: ވާވެއްދި ފަޅު ވިއްކުން ހުއްޓުވީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށް އޭނާ ތުހުމަތު ކުރައްވާ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
މިނިވަން މުއައްސަސާތަކަށް ނުފޫޒު ނުފޯރުއްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ. ގާނޫނީ އިމުގެ ތެރޭގައި ޒިންމާ އަދާކުރުމުގެ ފުރުސަތު އެ މުއައްސަސާތަކަށް އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އޭގެތެރެއަށް އަޅުގަނޑު ނުފޫޒު ފޯރުވުމަކީ މިހާތަނަށް ވެސް ކުރި ކަމެއް ނޫން. އަދިވެސް ނުކުރާނަން. އެހެންވީމަ އެ [ވާވެއްދިފަޅުގެ] މައްސަލާގައި ވެސް އަޅުގަނޑު ހުންނާނީ ގާނޫނީ އިމުގެ ތެރޭގައި. ގާނޫނީ އިމުން ބޭރަކަށް ނުދާނަން. އެއީ ކޮންމެ ބޭފުޅަކު ކިތަންމެ ކޯފާވެގެން ވާހަކަ ދެއްކެވިޔަސް އެއީ އެ ބޭފުޅެއްގެ ކަމެއް،" ރައީސް ވިދާޅުވި އެވެ.
އިދިކޮޅު ޕީޕީއެމުން، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ކުރާ މަސައްކަތުގައި އެމަނިކުފާނާ ބައްދަލުކުރައްވަން ލީޑަޝިޕުން ރައީސް އޮފީހަށް ވަޑައިގަތުމަށް ފަހު ދައްކަވާ ވާހަކަތަކާ ގުޅިގެން ރައީސް ވިދާޅުވީ އެއީ ވެސް އެމަނިކުފާނުގެ ނުވަތަ ސަރުކާރުގެ ނުފޫޒެއް އޮތް ކަމެއް ނޫނެވެ.
އިންސާފު ގާއިމްކުރުމަކީ ވެރިކަމަށް ވަޑައިގަތް އިރު ދެއްކެވި އެއް ވާހަކަ ކަމަށާއި ގާނޫނުއަސާސީ އާއި ގާނުނުތަކާ އެއްގޮތަށް ކޯޓުތަކުން މައްސަލަތައް ކުރިއަށް ގެންދާނެ ކަމަށެވެ.
"އަޅުގަނޑު ކުރިން ވެސް ދެންނެވި ފަދައިން ގާނޫނުއަސާސީން ބޭރަކަށް ނުނިކުންނާނަން. ފުރިހަމަ މިނިބަންކަން އޮންނާނެ ޖުޑިޝަރީއަށް، ކޯޓުތައް ހިންގަން. މިނިވަންކަމާ އެކު ނުފޫޒެއް ނެތި ގެންދާތަން އަޅުގަނޑަށް ފެންނަނީ. އެހެންވީމަ ކުރީގެ ރައީސް ޔާމީންގެ މައްސަލަ ވެސް އެގޮތަށް ދާނެ ކަމަށް އަޅުގަނޑު މި ދެކެނީ،" ރައީސް ވިދާޅުވި އެވެ.
މި ސަރުކާރު ކޯލިޝަންގައި ދެމިއޮތް ޖުމްހޫރީ ޕާޓީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމައިފަ އެވެ. އެމްޑީޕީއާ އެކު ދެވަނަ ދައުރަކަށް ކޯލިޝަންގައި ދެމިތިބެން ރައީސް ދެއްވި ދައުވަތު ގާސިމް ގަބޫލުނުކުރެއްވި އެވެ.
ގާސިމްގެ ކެމްޕޭން ޖުމްހޫރީ ޕާޓީން ފަށާފައިވާ އިރު އޭނާ ގެންދަވަނީ އެކި ބައްދަލުވުންތަކުގައި ރައީސާއި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ދެވަނަ ބުރުގެ ކޯލިޝަން: ޖޭޕީން މިއަދު ގޮތެއް ނިންމަނީ
ދެވަނަ ބުރަށް ރައީސާއި ގާސިމް އަދިވެސް މަޝްވަރާގައި
ކޯލިޝަންގެ މަޝްވަރާއަށް ގާސިމްގެ އަރިހަށް ރައީސް
ގާސިމްއާ ބައްދަލުކުރައްވަން ރައީސް ސަން އައިލެންޑަށް
ޖޭޕީ އިން ބުނަނީ ކޯލިޝަނެއް މިހާރު ނެތޭ!
ޔާމީނަށް އިންސާފު ހޯދައިދޭން ގާސިމް ގޮވާލައްވައިފި
މި ހުރީ ޖޭޕީގެ ނިންމުން ތަންފީޒު ކުރުމުގައި ސާބިތުވެ
"ގާސިމްގެ ފަހަރު" ކަމަށް ދައްކަނީ މި ފޯމިއުލާއިން!
ރައީސްގެ މަންދޫބަކު އަނެއްކާވެސް ގާސިމްގެ އަރިހަށް!
"ގާސިމް ވާދަކުރުމަކީ ރައީސަށް ގޮންޖެހުމެއް ނޫން"