އިބްރާހިމް ރިޗްމަންޑް ދެކުނު އެފްރިކާގެ ކްރިސްޓިއަން ފާދިރީއެއްގެ ގޮތުގައި އުޅޭތާ އޭރު 15 އަހަރު ފަހުން އިސްލާމްވީ މީގެ ތިން މަސް ދުވަސް ކުރިންނެވެ. އާދަޔާ ހިލާފް ގޮތަކަށް ތެދު މަގު ފެނުނު އިބްރާހިމް މިފަހަރު ހައްޖުގެ އަޅުކަން ވެސް އަދާކުރަން ގޮސް ހުރީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ދައުވަތު ދެއްވައިގެން ގެންދިޔަ މީހުންގެ ތެރޭގަ އެވެ.
27 ޖޫން 2023
އިބްރާހިމް ރިޗްމަންޑް ދެކުނު އެފްރިކާގެ ކްރިސްޓިއަން ފާދިރީއެއްގެ ގޮތުގައި އުޅޭތާ އޭރު 15 އަހަރު ފަހުން އިސްލާމްވީ މީގެ ތިން މަސް ދުވަސް ކުރިންނެވެ. އާދަޔާ ހިލާފް ގޮތަކަށް ތެދު މަގު ފެނުނު އިބްރާހިމް މިފަހަރު ހައްޖުގެ އަޅުކަން ވެސް އަދާކުރަން ގޮސް ހުރީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ދައުވަތު ދެއްވައިގެން ގެންދިޔަ މީހުންގެ ތެރޭގަ އެވެ.
ސައޫދީގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި އިބްރާހިމް ވަނީ އޭނާއަށް އިސްލާމް ދީނުގެ ހިދާޔަތު ލިބުނު ގޮތާއި އޭގެ ފަހުން ކަންކަން ބަދަލުވެގެން ދިޔަ ގޮތް ކިޔައިދީފަ އެވެ.
ލައްކައެއްހާ ކްރިސްޓިއަނުން ތަބަވާ ފައްޅިއެއްގައި އެންމެ އިސް ފާދިރީގެ ގޮތުގައި އުޅެނިކޮށް އިބްރާހިމަށް ފެންނަން ފެށީ ހުވަފެނެކެވެ.
"އަހަރެން އޮތީ ނިދާފައި. ދެން އަހަންނަށް އިވެނީ މީހެއްގެ އަޑު. ބުނަނީ ތަބާވާ އެންމެން ގާތު ބުނާށޭ ހުދު ކުލައިގެ ކުރުތާ ލާން. ދެން އަހަރެން ހިތަށްއެރީ މުސްލިމުން ގޮތަށްހޭ. އެކަމަކު ފުރަތަމަ ހިތަށް އެރީ މިއީ ހަމަ ހުވަފެނެކޭ،" އިބްރާހިމް ކިޔައިދިނެވެ.
"އެކަމަކު ހަމަ ތަކުރާރުކޮށް ދެން މި ހުވަފެން ފެންނަން ފެށީ. އެ އަޑު ދެން އިވެން ފެށީ ހަރުކަށިކަމާ އެކު."
އިބްރާހިމް ބުނީ ދެން އެ ހިސާބުން މިއީ އާދައިގެ ކަމެއް ނޫންކަން އެނގި އެ ވާހަކަ އޭނާއަށް ތަބާވާ އެންމެންނަށް އަންގައި އިސްލާމް ދީނަށް ގޮވާލަން ނިންމީ ކަމަށެވެ.
Former Pastor Ebrahim Richmond who was invited as part of the King Salman Hajj Programme is undertaking his first Hajj #Hajj1444 pic.twitter.com/OagZBJrm8W
— ???????? (@HaramainInfo) June 26, 2023
"ފައްޅިއަށް މީހުން ޖަމާވުމުން އަހަރެން ގޮސް މި ވާހަކަ ބުނީ. ﷲ އެކަން މެދުވެރިކުރެއްވީ ވަރަށް ފަސޭހަ ގޮތަކަށް. އެންމެން އިސްލާމް ދީން ގަބޫލުކުރީ. ޖެހިގެން އައި އެއްވުމުގައި އެންމެން ތިބީ ހުދު ކުލައިގެ ކުރުތާ ވެސް ލައިގެން."
ފައްޅިއަށް ޖަމާވެ ތިބެ އެންމެން ޝަހާދަތުގެ ދެ ކަލިމަ ކިޔައި އިސްލާމް ދީނަށް ވަންނަ މަންޒަރުގެ ވީޑިއޯއެއް ހިއްސާކޮށްފައިވެ އެވެ.
އަރަފާތު ފަރުބަދަ ކައިރީ ހުރެގެން ދިން އިންޓަވިއުގައި އިބްރާހިމް ބުނީ އޭނާ އެތަނަށް އައިސް އެ ހުރީ ކީރިތި ރަސޫލާ ދެއްކެވި މަގުން ހިނގަން ކަމަށެވެ. އަދި މިއާ އެކު، ދެކުނު އެފްރިކާގެ އެތައް މިލިއަން ބަޔަކު މިކަން ބަލައިގަނެ މި މަގުން ހިނގާނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް އިބްރާހިމް ބުންޏެވެ.
އަރަފާތު ފަރުބަދަ ދައްކާލަމުން އޭނާ ބުނީ "މިއީ ނޫރުގެ ފަރުބަދަ" ކަމަށެވެ.
ما الرؤيا التي جعلت القسيس إبراهيم يسلم ويتبعه الآلاف؟ #بسلام_آمنين pic.twitter.com/c3zqZaGpyn
— التواصل الحكومي (@CGCSaudi) June 25, 2023
އިބްރާހިމް ރިޗްމަންޑްގެ އިންޓަވިއު
އިންޓަވިއުކުރި މީހާ ދެން ބުނަނީ އެ ފަރުބަދަ ކައިރިއަށް އިބްރާހިމް ގެނައީ "މިއީ އިސްލާމް ދީނުގެ ނޫރުގެ ފެށުން" ކަމުގައިވި ފަރުބަދައަށް ވާތީ ކަމަށެވެ.
އިބްރާހިމް ދެން އަރަފާތު ފަރުބަދައަށް އަރައި ރޮމުން ދުއާކުރެ އެވެ. ލިބުނު އުފަލާއި ހިތްހަމަޖެހުމުން އޭނާއަށް ގިސްލައި ރޮވެ އެވެ.
އެހެން އިންޓަވިއުއެއްގައި، އިސްލާމް ދީން ގަބޫލުކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭ ހައްޖުގެ އަޅުކަން އަދާކުރެވޭތީ ކުރެވެނީ ކޮން އިހްސާސެއްތޯ އެހުމުން އިބްރާހިމް ބުނީ ބުނެދޭން ނޭނގޭ ކަމަށެވެ.
"މި ހުރިހާ ކަމެއް ވެސް މިންވަރުކުރެއްވީ ﷲ. ހުރިހާ ކަމެއް ވެސް މެދުވެރިކުރެއްވީ ﷲ. މިއީ އަޖައިބެއް ފަދަ ކަމެއް. މި ކުރެވޭ އިހްސާސްތައް ބުނެދޭކަށް ނޭނގެ،" އިބްރާހިމް ބުންޏެވެ.
ގައުމުގައި ތިބި މީހުންނަށް ދޭނީ ކޮން މެސެޖެއްތޯ އެހުމުން އޭނާ ބުނީ "ނޫރަކީ މިއީ، "ﷲ އަކީ ނޫރު. އުޅެންވީ ގޮތަކީ މިއީ. އެހެން ގޮތެއް ނޯންނާނެ. ހައްގު ގޮތަކީ މިއީ" ކަމަށެވެ.
މި އަހަރަކީ ކޮވިޑް-19 ގެ ސަބަބުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ހައްޖުގެ އަޅުކަމަށް ވެސް ބުރޫ އަރައި މަދު ބަޔަކާ އެކު މި މަތިވެރި އަޅުކަން 2019 ގެ ފަހުން ކުރަމުން އައިސް އޭގެ ކުރީ ހާލަތަށް އަމަލުކުރާ ފަހަރެވެ. މިފަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެ މިލިއަނަށް ވުރެ ގިނަ މީހުން ހައްޖުގެ އަޅުކަން އަދާކުރެ އެވެ.
ދެ ހަރަމްފުޅުގެ ކަންކަމަށް އާ އިދާރާއެއް އުފައްދައިފި
މިއަހަރުގެ ހައްޖުގައި ސަލާމަތީ މައްސަލައެއް ނެތް
ދެ މިލިއަނަށްވުރެ ގިނަ ހައްޖުވެރިން އަރަފާތު ބިމުގައި
އެކި ގައުމުތަކުން 2 މިލިއަން މީހުން ހައްޖުވާނެ
މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުން ހައްޖަށް
އުމްރާ ހުއްދަ ދޫކުރުން މެދުކަނޑާލަނީ
ހަރަމްފުޅުގެ ކެރޭން ވެއްޓުމުން ބިންލާދިން ގްރޫޕަށް ބޮޑު ޖޫރިމަނާއެއް
މިއަހަރުގެ ހައްޖަށް ދެ މިލިއަން މީހުން
މި އަހަރުގެ ހައްޖު، ކޮވިޑްގެ ކުރިން އޮތް އުސޫލަށް
މަހްރަމަކު ނުލައި ހައްޖާއި އުމްރާ ވެވޭނެ ގޮތް ހަދައިފި