27 ޖޫން 2023
ނ. މާފަރު އެއާޕޯޓު ސަރަހައްދުން ފެނުނީ ގެއްލުންދޭ ޖަނަވާރެއް ނޫން ކަމަށާއި ބޮޑަށް ލަފާކުރެވެނީ ބުޅަލެއް ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
ނ. މާފަރު އެއާޕޯޓު ސަރަހައްދުން ފެނުނީ ގެއްލުންދޭ ޖަނަވާރެއް ނޫން ކަމަށާއި ބޮޑަށް ލަފާކުރެވެނީ ބުޅަލެއް ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
މާފަރު އެއާޕޯޓު ރަންވޭ ކައިރިން އެ ޖަނަވާރު ހިނގާފައި ދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ފެނުމުގައި އެ ޖަނަވާރު ބުޅަލަކަށް ވުރެ ބޮޑެވެ. ހިނގާފައި ދާއިރު ވައްތަރީ މިނިކާވަގެއް ކަހަލަ ޖަނަވާރަކާ އެވެ.
ގޮތް ނޭނގޭ ޖަނަވާރެއް ރަށުގައި އުޅޭ ކަމަށް ބަލައި ކައުންސިލުން ސިފައިންނަށް ރިޕޯޓުކުރީ އިއްޔެ ހަވީރެވެ. އެއާއެކު، އެ ރަށް ބަލައި ފާސްކުރުމަށް ސިފައިން އެ ރަށަށް ގޮސްފައިވެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއާޕޯޓުގެ ފެންސްގެ އެތެރެ ހޭޅިފަށުން ގޮތް ނޭނގޭ ޖަނަވާރު ހިނގާފައި ދާ ވީޑިއޯއިން އެއީ ކޮން ވައްތަރެއްގެ ޖަނަވާރެއް ކަމެއް ޔަގީންކުރެވިފައިނުވާތީ އެ ޖަނަވާރު ހޯދުމަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މި ވަގުތު ތިބި ސިފައިން އިއްޔެ އާއި ރޭ ވެސް މަސައްކަތް ކުރި ކަމަށެވެ.
އެކަމަކު، އެ މަސައްކަތުން ވެސް އެއްވެސް އެއްޗެއް ފެނިފައިނުވާތީ އެ ރަށަށް އިތުރު ސިފައިން މިއަދު ފޮނުވައިގެން ވެސް އިތުރަށް ބަލާފައިވާ ކަމަށް ވިދާޅުވި އެވެ.
"ނަމަވެސް ބުޅަލެއް ފިޔަވައި އިތުރު ޖަނަވާރެއް ފެނިފައިނުވެ އެވެ. ބޮޑަށް ލަފާކުރެވެނީ ބުޅަލެއް ހިނގާފައި ދަނިކޮށް ވީޑިއޯ ކުރެވިފައި އިން ދުރުމިނާއި އެންގަލްގެ ގޮތުން އަސްލު ސައިޒަށް ވުރެ ބޮޑުކޮށް ފެންނާތީ ހީވި ހީވުމެއް ކަމަށެވެ." އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖެއިން ބޭރުން އަންނަ ބޯޓުތަކުން މީގެ ކުރިން ވެސް ރާއްޖޭގައި ނޫޅެ ބައެއް ވައްތަރުތަކުގެ ޖަނަވާރުތައް ފެނިފައި ވެ އެވެ. އެގޮތުން ކިނބުލާއި ސީލް އަދި ހަރުފަ ވެސް ފެނެ އެވެ.
މާފަރުން ގޮތް ނޭނގޭ ޖަނަވާރެއް، ރައްޔިތުން ބިރުން
ވައުދުތަކުގެ ބޮޑު ޕަސެންޓެއް ފުރިހަމަކުރެވިއްޖެ: ރައީސް
މާފަރު ކައުންސިލަށް އަލުން ކަރަންޓް ދީފި
މާފަރުގެ އިހްތިސާސުން ވަކިކުރި ބައެއް ހޯދަން ހުށަހަޅަނީ
މާފަރު އެއާޕޯޓް ބޮޑުކުރަން ހުއްދައެއް ނުދިން
މާފަރު އެއާޕޯޓް: 12 އަހަރުގެ ދިގު އިންތިޒާރެއް
ދިރޭތަކެތި ނައްތާލުމުގެ ހަރަދު ދޭންޖެހޭނީ ގެނައިފަރާތުން
ބުޅާ ފެސިލިޓީއަށް ސާމާނު ހޯދަން ރެޕިޑްއިންޖިނިއަރިންއަށް
ދެ ފަޅުރަށެއް މާފަރުގެ ބައެއް ގޮތުގައި ކަނޑައަޅައިފި
ދިވެހި ސިފައިންގެ ވައިގެ ފޯސްއެެއް އުފައްދައިފި