މި ސަރުކާރުން ރަށްރަށަށް ވެފައިވާ ވައުދުތަކުގެ ބޮޑު ޕަސެންޓެއް މިހާރު ފުރިހަމަ ވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
04 ޖެނުއަރީ 2022
މި ސަރުކާރުން ރަށްރަށަށް ވެފައިވާ ވައުދުތަކުގެ ބޮޑު ޕަސެންޓެއް މިހާރު ފުރިހަމަ ވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ނ. އަތޮޅުގެ ފަސް ރަށަކަށް އެ މަނިކުފާނު މިއަދު ފެއްޓެވި ދަތުރުފުޅުގައި، ހެނދުނު އެންމެ ފުރަތަމަ ވަޑައިގަތީ މާފަރަށެވެ. ރައީސް ވަނީ އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ހުރި ކަންބޮޑުވުތައް އަޑުއައްސަވައިފަ އެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމަށް ފަހު، މާފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ވައުދުތައް ފުއްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ގިނަ ރަށްރަށަށް ވެފައިވާ ވައުދުތަކުގެ 85-99 ޕަސެންޓުގެ ފުރިހަމަ ކުރެއްވިއްޖެ ކަމަށް ވިދާޅުވި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ނ. މާފަރު ރައްޔިތުންނާ ބައްދަލުކުރައްވައި، މިފަދަ ދަތުރުތަކުގެ ބޭނުމަކީ ރައްޔިތުން އެދޭ ކަންކަން ހޯދައި، ރާއްޖޭގެ ތަރައްޤީއަށް އިތުރަށް ކުރަންހުރި ކަންކަން ދެނެގަތުން ކަމުގައި ވިދާޅުވި.#JazeeraHolhuashi pic.twitter.com/AKXiwGgcGt
— The President's Office (@presidencymv) January 4, 2022
މާފަރު ސްކޫލުގެ ގޯތިތެރޭގައި ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި، މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަން ރައީސް އިއުލާނު ކުރެއްވި އެވެ.
އެ އެއާޕޯޓުގައި އަދިވެސް ފުރިހަމަ ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރިކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، ޖާގަ އިތުރުކުރުމާއި ރަންވޭ ބޮޑުކުރުމާއި ޓާމިނަލް ބޮޑުކުރުމާއި އެއާޕޯޓުން ފްލައިޓަށް ތެޔޮ އެޅޭނެ އިންތިޒާމު ހަމަޖެއްސުމާއި އެއާޕޯޓް ހޮޓެލް އެޅުން ފަދަ ކަންކަމަކީ އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއުގެ ތެރެއިން ކުރާނެ ކަންކަން ކަމަށެވެ.
President @ibusolih meets with the residential community of Maafaru Island, Noonu Atoll. pic.twitter.com/YsGToF0KOY
— The President's Office (@presidencymv) January 4, 2022
މި ބައްދަލުވުމުގައި ރައީސް ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި މާފަރު ސިއްހީ މަރުކަޒު ބޮޑުކޮށް، އެ ތަން ހޮސްޕިޓަލަކަށް ބަދަލުކުރުން ވެސް ހިމެނެ އެވެ.
ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ދެން ވަޑައިގަތީ ލަންދު އަށެވެ. އެ ރަށުގެ ބަނދަރު ރަސްމީކޮށް މިއަދު ރައީސް ހުޅުއްވައިދެއްވާނެ އެވެ.
ރައީސްގެ މި ދެ ދުވަހުގެ ދަތުރުފުޅުގައި މާފަރާއި ލަންދޫ އާއި މަނަދޫ އާއި މަގޫދޫ އަދި ހޮޅުދު އަށް ވަޑައިގަންނަވާނެ އެވެ.
ނ.އަތޮޅުގެ 5 ރަށަކަށް މާދަމާ ރައީސް ވަޑައިގަންނަވަނީ
މާފަރުގެ އިހްތިސާސުން ވަކިކުރި ބައެއް ހޯދަން ހުށަހަޅަނީ
ވޯޓުން ވައްކަން ކުރިޔަ ދީގެން ނުވާނެ: އިބޫ
ޕީޖީއަށް ހުށަހެޅީ މި ސަރުކާރުގެ މައްސަލައެއް ނޫން
ބަދަލުގެ ގޮތުގައި ފަޅުތަކާއި ބިންތައް ވެސް ދޭން ނިންމި
ރައީސް އުތުރުގެ ހަތަރު އަތޮޅަށް ފުރާވަޑައިގެންފި
ރިޔާސީ ބަޔާން އިއްވާ ދުވަސް ބަންދު ނުކުރަން ނިންމައިފި
ފާތޭ، މަޖިލިހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް
އިތުރު ދައުރަކަށް ނަޝާތު އީސީ އަށް އައްޔަންކުރައްވައިފި
ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު ދެ ބޭފުޅަކަށް