ބުކަރެސްޓް (ޖޫން 29) - މީގެ ތިން އަހަރު ކުރި އެވެ. އޭރު ފްރާންސާއި ފޯވާޑް ކިލިއަން އެމްބާޕޭ އަކީ ދުނިޔޭގެ އެއް ވަނަ އެވެ؛ ތިބީ އެންމެ އުހުގަ އެވެ.
29 ޖޫން 2021
ބުކަރެސްޓް (ޖޫން 29) - މީގެ ތިން އަހަރު ކުރި އެވެ. އޭރު ފްރާންސާއި ފޯވާޑް ކިލިއަން އެމްބާޕޭ އަކީ ދުނިޔޭގެ އެއް ވަނަ އެވެ؛ ތިބީ އެންމެ އުހުގަ އެވެ.
އެންމެ ފަހުގެ ވޯލްޑް ކަޕުގެ ޗެމްޕިއަންކަން 2018 ވަނަ އަހަރު ފްރާންސް ހޯދި އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކީ ކިލިއަން އެމްބާޕޭ އެވެ. އޭރު އޭނާގެ އުމުރަކީ 19 އަހަރެވެ. ވޯލްޑް ކަޕް ފައިނަލުގައި ކްރޮއޭޝިއާ އަތުން 4-2 އިން ފްރާންސް މޮޅުވުމުގައި އެމްބާޕޭ އަކީ ތަރިއެކެވެ.
އެކަމަކު އޭގެ ތިން އަހަރު ފަހުން ޔޫރޯ 2020 ގައި ދެ ވަނަ ބުރުގައި ރޭ ކުޅުނު މެޗުގައި ސްވިޒަލެންޑް އަތުން ބަލިވެ ފްރާންސް ކެޓީ އެމްބާޕޭގެ ޕެނަލްޓީ ނާކާމިޔާބުވުމުންނެވެ. ފްރާންސްގެ ދުވަހު ނޫހެއްގެ ބޮޑު ސުރުޚީގައި އެކަން ސިފަކޮށްފައި ވަނީ "އެހާ އުހުން ވެއްޓުމެއްގެ" ގޮތުގަ އެވެ.
ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު ޔޫރޯ 2020 ދެވަނަ ބުރުގެ މެޗުގައި ފްރާންސްގެ ފޯވާޑް ކިލިއަން އެމްބާޕޭ ޖެހި ޕެނަލްޓީ ސްވިޒަލެންޑުގެ ކީޕަރު ސޮމާ މަތަކުރަނީ. --ފޮޓޯ:އޭއެފްޕީ
ޕެނަލްޓީ ނާކާމިޔާބުވެ ފްރާންސް މުބާރާތުން ކެޓި ނަމަވެސް އެމްބާޕޭ ހުރީ ރަނގަޅު ފޯމެއްގަ އެވެ. މިދިޔަ ސީޒަނުގައި ކްލަބް ލެވެލްގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޔޫރޯ 2020 އާ އެމްބާޕޭ ކުރިމަތިލިއިރު ޕީއެސްޖީ އަށާއި ފްރާންސަށް މިދިޔަ ސީޒަނުގައި އޭނާ ވަނީ 41 ގޯލު ޖަހައިފަ އެވެ. ފްރެންޗް ކަޕުގެ ޗެމްޕިއަންކަން ހޯދީ ވެސް ޕީއެސްޖީ އެވެ.
އެކަމަކު މިފަހަރުގެ ޔޫރޯގައި ފްރާންސް ކުޅުނު ހަތަރު މެޗުގައި އުމުރުން 22 އަހަރުގެ ކުޅުންތެރިޔާ އަށް ލަނޑެއް ޖެހޭ ގޮތެއް ނުވި އެވެ. އެކަމަކު ތަޖްރިބާކާރުން ބުނާ ގޮތުގައި މިއީ އޭނާގެ ކެރިއަރަށް ކުރިމަތިވާނެ ހުރަހެއް ނޫނެވެ.
ފްރާންސްގެ ހާ ކަތިލުމަށް ފަހު ސްޕެއިން ފައިނަލަށް
ފްރާންސް ސެމީއަށް، ރޮނާލްޑޯ ހުސްއަތާ ނިންމާލައިފި
ފްރާންސް ސަލާމަތްވީ އޮސްޓްރިއާގެ ބައި ގޯލަކުން
ކުޑަކުއްޖެއްގެ މަރާ އެކު އެމްބާޕޭ އެދުނީ އަނިޔާ ހުއްޓާލަން
އެމްބާޕޭ އަށް ރަތްދޫލަ އަޅައި ނުދޭނަން: ވޯކާ
ދުނިޔޭގެ އެއް ވަނަ ފޯވާޑަކީ އެމްބާޕޭ: އަންޗެލޮޓީ
އެމްބާޕޭގެ ފައިސާގެ މައްސަލަ؛ ޕީއެސްޖީ ސަސްޕެންޑްވެދާނެ
އެމްބާޕޭ ފުރުސަތު ނަގާލުމުން ރެއާލް ބަލިވެއްޖެ
އަންޗެލޮޓީގެ އެކްސްޕެރިމެންޓް ކާމިޔާބު!
ލަނޑު ނުޖެހުމުގެ ބޮޑު ބުރައިން އެމްބާޕޭ މިންޖުވެއްޖެ