02 ޖުލައި 2023
ޖަރުމަނުގައި ބޭއްވި، ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްއިން ރަން ކާމިޔާބީއެއް ހޯދި ރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް ޓީމު މިއަދު ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ޖަރުމަނުގައި ބޭއްވި، ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްއިން ރަން ކާމިޔާބީއެއް ހޯދި ރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް ޓީމު މިއަދު ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
އެއާޕޯޓުން ފުރައިގެން، ލޯންޗުގައި މާލެ އައުމުން، ރަސްމީ ފާލަން ސަރަހައްދުގައި އެ އެތުލީޓުންނަށް މަރުހަބާ ކިޔުމަށް ހާއްސަ ހަފުލާއެއް ބޭއްވި އެވެ. ރާއްޖެ އަންނަ ބޭރުގެ މެހެމާނުންނަށް ކިޔާ ސަގާފީ ހަފުލާގައި، އެ އެތުލީޓުންނަށް މަރުހަބާ ވިދާޅުވާން ވަޒީރުން ވަޑައިގެން ތިއްބެވި އެވެ.
ސަގާފީ ހިނގުމަކާ އެކު، ރަސްމީ ފާލަމުން އެ އެތުލީޓުން ދިޔައީ ރައީސް އޮފީހަށެވެ. އެތަނުން އެތުލީޓުންނަށް މަރުހަބާ ވިދާޅުވާން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައީސް އޮފީހުގެ ބޭރަށް ނުކުމެވަޑައިގެން ހުންނެވި އެވެ.
ރަން މެޑަލް ހޯދި އެތުލީޓުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަރުހަބާ ވިދާޅުވަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
މިދިޔަ މަހު 17-25 އަށް ބާލިންގައި ބޭއްވި ގޭމްސްގައި ރާއްޖެއިން ވަނީ ރަން ދެ މެޑަލް އާއި ބްރޯންޒް މެޑަލެއް ހޯދައިފަ އެވެ.
ރާއްޖެއަށް ރަން މެޑަލް ހޯދައި ދިނީ 100 މީޓަރު ދުވުމުގައި ވާދަކުރި އައިޝަތު ލައިކާ ހުސައިނާއި ބެޑްމިންޓަންގައި އައިޝަތު މާނިޔާ އާދަމެވެ.
މިދިޔަ މަހު 24 ގައި ކުޅުނު ބެޑްމިންޓަން ފައިނަލް މެޗު މާނީ ކާމިޔާބުކުރީ ބަލްގޭރިއާގެ ތިޔަންކަ ޖޯޖީވާއާ ވާދަކޮށް ސީދާ ދެ ސެޓުންނެވެ. މާނީ ސެޓްތައް ގެންދިޔައީ 21-19 އަދި 21-10 އިންނެވެ.
ޓީމުގެ ޝަރަފުގައި ކުރިއަށްގެންދިޔަ ސަގާފީ ހިނގުމުގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު
ސްޕްރިންޓް 100 މީޓަރުގެ ފައިނަލުގައި ވާދަކޮށް ރާއްޖޭގެ ޒާނާ އަލީ ޝަރީފް ވެސް ވަނީ ބްރޯންޒް މެޑަލް ހޯދައިފަ އެވެ.
މިފަހަރު ރާއްޖެއިން ހޯދި ދެ ރަން މެޑަލް އަކީ ރަސްމީ ސިފައެއްގައި ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ވާދަކުރަން ފެށި ފަހުން ރާއްޖޭން ހޯދި ތިންވަނަ ރަން މެޑަލް އެވެ. ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އަބޫދާބީގައި 2019 ގައި ބޭއްވި ވޯލްޑް ގޭމްސްގައި އަންހެނުންގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ޝިފްނާ އިބްރާހިމް ރަން މެޑަލެއް ހޯދި އެވެ.
"ނުކުޅެދޭ ފަރާތްތަކަށް ދޭ ފަރުވާތައް އިތުރު ކުރާނަން"
އަތުން ނުލިޔެވޭތީ ފައިން އިމްތިހާނު ކަރުދާހުގައި ލިޔެފި
ނުކުޅެދުންތެރިންނަށް ހިލޭ ތައުލީމްދޭ އިސްލާހު ބޭރުކޮށްފި
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހިލޭ ތައުލީމް ދެނީ
ލޯފަން، އެކަމަކު ޒިޔާއު ނުކުރާ ތަޖުރިބާއެއް ނެތް
އާމްދަނީ ހޯދައިދޭން އެމްޕަވަމެންޓް ހަބެއް ގާއިމްކުރަނީ
ނުކުޅެދުންތެރިކަން ހުންނަ މީހަކާ ބެހުނު މީހަކު ހައްޔަރު
އޯލް އިންކްލޫސިވް ޕްލޭ އޭރިއާއެއް މިއަދު ހުޅުވަނީ
ފުރޮޅުގޮނޑީގައި އިނދެގެން ރައިޝަން ޑިގްރީ ނިންމާލައިފި
ސްޕެޝަލް އޮލިމްޕިކްސް؛ ރާއްޖޭން އިންޑިއާ ބަލިކޮށްފި