Roadha Mihaaru
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހިލޭ ތައުލީމް ދެނީ

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހިލޭ ތައުލީމް ލިބޭ އިސްލާހެއް މަޖިލީހަށް ފޮނުވައިފި

20 ޖޫން 2016

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސަރުކާރުގެ ހަރަދުގައި ތައުލީމާއި ތަމުރީން ލިބޭ ގޮތަށް، އެ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސަރުކާރުގެ ހަރަދުގައި ތައުލީމާއި ތަމުރީން ލިބޭ ގޮތަށް، އެ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފި އެވެ.

ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ތައުލީމާއި ތަމްރީނު ދިނުމަށް ގާއިމުކޮށްފައިވާ ތަންތަނުގެ ތެރެއިން، އެ ކުއްޖަކު ބޭނުންވާ ކޮންމެވެސް އެއް ތަނަކުން ސަރުކާރުގެ ހަރަދުގައި ތައުލީމާއި ތަމްރީނު ލިބޭނެ ގޮތެއް ހަމަޖައްސަން ވާނެ ކަމަށެވެ.

މި ގާނޫނަށް އިސްލާހީ ހުށަހެޅީ، ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ދިމާވެފައިވާ ނުކުޅެދުމެއްގެ ސަބަބުން ދިރިއުޅުމުގެ ބޭނުންތައް އަމިއްލައަށް ފުއްދުމުގެ ގާބިލުކަން ނެތް މީހުންނަށް، އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް ފައިސަލް ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހިލޭ ތައުލީމް ލިބޭ ގޮތަށް ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައި. - ފޮޓޯ: މަޖިލިސް

މި އިސްލާހު ފާސްވެއްޖެނަމަ، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި، އެ ފަދަ އާއިލާތަކަށް މިހާރު ދިމާވެފައިވާ މާލީ ގޮންޖެހުންތަކުން ސަލާމަތްވެ، ތައުލީމާއި ތަމްރީނު ހޯދުމަށް ފަހި ފުރުސަތުތަކެއް ތަނަވަސްވެގެން ދާނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އިސްލާހަކީ އަތޮޅުތެރޭގެ ރަށްރަށުގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ލިބޭނެ ބޮޑު ލުޔެކެވެ. ބައެއް މީހުންނަށް ފައިސާ ނެތިގެން ކިޔަވަން ނުދެވިފައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މި އިސްލާހަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިން ކިޔަވާނެ މަރުކަޒުތައް ގާއިމުކުރުމަށް ހުޅުވޭނެ ދޮރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބައެއް އާއިލާތަކަށް ސްކޫލް ފީ ދައްކަން ބޮޑު ބުރައަކަށް ވެފައި އޮންނަނީ، ދައުލަތުގެ ބަޖެޓުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 2000ރ. ލިބުނަސް އެއީ ނިސްބަތުން ކުޑަ އަދަދެއް، އެކަހަލަ ކުދިންނަށް ހަރަދު ކުރަން އެކަށީގެންވާ އަދަދެއް ނޫން އެއީ،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވަނީ 2015 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި، ރާއްޖޭގައި ހިންގާ އެންޖީއޯތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ތަމްރީނާއި ތައުލީމު ދިނުމުގެ މަސައްކަތްކުރާ ޖަމްއިއްޔާތަކަށް އެހީތެރިވުމުގެ ގޮތުން އެ އަހަރުގެ ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން ފަސް މިލިޔަން ރުފިޔާ ހަމަޖެއްސުމަށް ވެސް ހުށަހަޅުއްވައިފަ އެވެ.