މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލުން ޖެހި އަނިޔާވި ގައުމީ ޔުނިވާސިޓީ ލެކްޗަރާ އަލީ ހަފީޒް، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް އާއިލާއިން އެހީ ހޯދަން ފަށައިފި އެވެ.
03 ޖުލައި 2023
މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލުން ޖެހި އަނިޔާވި ގައުމީ ޔުނިވާސިޓީ ލެކްޗަރާ އަލީ ހަފީޒް، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް އާއިލާއިން އެހީ ހޯދަން ފަށައިފި އެވެ.
ހަފީޒްގެ ބައެއް ގާތް މީހުން ބުނި ގޮތުގައި، އޭނާގެ ހާލު އަދިވެސް ވަރަށް ސީރިއަސް އެވެ. އޭނާއަށް ފަރުވާދެމުން އަންނަނީ އޭޑީކޭގެ އައިސީޔޫގަ އެވެ. އެކްސިޑެންޓްވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އޭނާގެ ހާލަތަށް ބަދަލެއް ނާދެ އެވެ.
އޭނާގެ ހާލު ދެރަކަމުން ކޮމާޝަލް ފްލައިޓެއްގައި ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ގެންދެވޭކަށް ނެތެވެ. އެހެންވެ، އާއިލާއިން މިހާރު މަސައްކަތް ކުރަމުން އަންނަނީ އެއާ އެންބިއުލެންސެއްގައި އޭނާ އިންޑިއާއަށް ގެންދިއުމަށް ކަމަށް އެނގިފައިވެ އެވެ. އެއީ ވަރަށް އަގުބޮޑު ހިދުމަތެކެވެ.
އެއާ އެމްބިއުލެންސްގައި ބޭރަށް ގެންދަން ގާތްގަނޑަކަށް 42،500 ޑޮލަރު (ގާތްގަނޑަކަށް 655،000ރ.) ހޭދަވާނެ ކަމަށް މިހާތަނަށް ލަފާކުރެވެ އެވެ.
The state failed to provide justice for Hafeez. Let’s do what we can to help out #Justice4Hafeez #stopcriminals #reformpolice pic.twitter.com/4RA7sk34J6
— Mohamed Thoyyib, PhD ? (@thoyyu) July 3, 2023
ތައުލީމީ ދާއިރާއަށް 18 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފައިވާ ހަފީޒްގެ ބައެއް ރައްޓެހިންނާއި އާއިލާއިން ވެސް އަންނަނީ އެހީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މިދިޔަ ބުދަ ދުވަހު އެ އެކްސިޑެންޓް ހިނގީ، ހަފީޒް ފަތިސްނަމާދުން ފައިބައިގެން މަޖީދީމަގުން ހިނގާފައި ދަނިކޮށް މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލުން ޖެހި އެވެ.
ފުލުހުން ބުނީ ސައިކަލް ދުއްވި 22 އަހަރުގެ މީހާއަކީ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށެވެ. އެ އެކްސިޑެންޓަށް ފަހު އޭނާ ނުފިލާ ކަމަށާއި އޭނާއަށް ވެސް އަނިޔާވެގެން ފަރުވާދިން ކަމަށް ފުލުހުން ބުންޏެވެ.
ނަޑެއްލާ އެކްސިޑެންޓް: ފަރުވާއަށް ދެ މީހަކު މާލެއަށް
ހުޅުމާލެ އެކްސިޑެންޓް: އަނިޔާވި ފިރިމީހާ މަރުވެއްޖެ
ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި އެކަކު އައިސީޔޫގައި
ކޮއްކޮއަށްފަހު އީމާންގެ ވަކިވުމުން އާއިލާއަށް ދެ ހިތާމަ
ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިއާވެއްޖެ
ގަމުގައި ހިނގި އެކްސިޑެންޓެއްގައި އެކެއްގެ ހާލުސީރިއަސް
ޝީރީންގެ ދަރިއަކު އެކްސިޑެންޓްވެ ސީރިއަސް ހާލަތުގައި
ތިމަރަފުށީ ޑްރައިވަރުގެ ލައިސެންސް ހިފަހައްޓައިފި
ތިމަރަފުށީ އެކްސިޑެންޓުގައި އަނިޔާވި މީހާ ކޯމާއެއްގައި
މަގު ހުރަސްކުރަނިކޮށް އެކްސިޑެންޓުވި މީހާގެ ހާލު ދެރަ