Roadha Mihaaru
ޕްރިޔަންކާ އާއި ކެޓްރީނާ "ޖީލޭ ޒަރާ" ދޫކޮށްލައިފި

ޕްރިޔަންކާ އާއި ކެޓްރީނާ "ޖީލޭ ޒަރާ" ދޫކޮށްލައިފި

04 ޖުލައި 2023

ބޮލީވުޑްގެ ޑައިރެކްޓަރު ޒޯޔާ އަކްތަރުގެ އެންމެ އުއްމީދީ ފިލްމު ކަމަށްވާ "ޖީލޭ ޒަރާ" އިން ލިބުނު ރޯލު، ޕްރިޔަންކާ ޗޯޕްރާ އާއި ކެޓްރީނާ ކައިފް ދޫކޮށްލައިފި އެވެ.

ބޮލީވުޑްގެ ޑައިރެކްޓަރު ޒޯޔާ އަކްތަރުގެ އެންމެ އުއްމީދީ ފިލްމު ކަމަށްވާ "ޖީލޭ ޒަރާ" އިން ލިބުނު ރޯލު، ޕްރިޔަންކާ ޗޯޕްރާ އާއި ކެޓްރީނާ ކައިފް ދޫކޮށްލައިފި އެވެ.

އެ ފިލްމުގެ ލީޑު ކާސްޓުގައި ހިމަނަން އެންމެ ފުރަތަމަ ނިންމީ ޕްރިޔަންކާ އާއި ކެޓްރީނާގެ އިތުރުން އާލިއާ ބަޓެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕްރިޔަންކާ އާއި ކެޓްރީނާ މިހާރު ވަނީ އެ ރޯލު ދޫކޮށްލައިފަ އެވެ. ނަމަވެސް އެ ތަރިން ފިލްމު ދޫކޮށްލި ސަބަބެއް އަދި ނޭނގެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެ ތަރިންގެ ބަދަލުގައި އެ ފިލްމުގެ ލީޑު ރޯލުތަކަށް ދެން ނަގަނީ އަނުޝްކާ ޝަރުމާ އާއި ކިއާރާ އަދުވާނީ އެވެ.

އެ ފިލްމު 2021 ވަނަ އަހަރު އިއުލާންކުރިޔަސް މިހާތަނަށް މާ ބޮޑު އަޕްޑޭޓްތަކެއް ވެސް ނުލިބެ އެވެ. ނަމަވެސް މިދިޔަ އަހަރު އޮގަސްޓްގައި އާލިއާ ބުނެފައިވާ ގޮތުގައި، އެ ފިލްމުގެ މަސައްކަތް ކުރިއަށް ދެ އެވެ. އަދި މި އަހަރުގެ ތެރޭގައި ޝޫޓިން ވެސް ފަށާނެ އެވެ.