ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކީމޯތެރަޕީގެ ހިދުމަތް ދޭން ފަށައިފި އެވެ.
06 ޖުލައި 2023
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކީމޯތެރަޕީގެ ހިދުމަތް ދޭން ފަށައިފި އެވެ.
އެ ހޮސްޕިޓަލުން ބުނީ މިދިޔަ ހޯމަ ދުވަހު ކީމޯތެރަޕީ އެންމެ ފުރަތަމަ ދިނީ އެ އަތޮޅުގެ ރަށެއްގެ އަންހެނަކަށް ކަމަށެވެ.
ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށް މައިގަނޑު ގޮތެއްގައި ދެނީ ދެ ފަރުވާ އެކެވެ. އެއީ ކީމޯތެރަޕީ އަދި ރޭޑިއޭޝަން ތެރަޕީ އެވެ. މިހާރު ވެސް ބައެއް ރީޖަނަލް ހޮސްޕިޓަލްތަކުގައި ކީމޯތެރަޕީ ދެ އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ އެ ތަނުގައި ކީމޯތެރަޕީ ފެށުމަކީ އެ ހިދުމަތް ހޯދުމަށް މާލެއަށް ކުރާ ދަތުރުތައް މަދުކޮށް ތޮއްޖެހުން ކުޑަކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލްގައި ކީމޯތެރަޕީ ފެށުމަށް ތަމްރީނުވި ނަރުހުންތަކެއް.-- ފޮޓޯ: ކުޅުދުއްފުށީ ހޮސްޕިޓަލް
އުތުރުގެ ތިން އަތޮޅުގެ 40 އަށްވުރެ ގިނަ ރަށުގައި 70،000 އަށްވުރެ ގިނަ މީހުން ދިރިއުޅެ އެވެ.
ކެންސަރު ބައްޔަށް ސީދާ ފަރުވާ ހޯދާ މީހުންގެ އަދަދު ނޭނގުނަސް، ކީމޯތެރަޕީ ދިނުމަށް ތިން މީހަކު ރަޖިސްޓްރީކޮށްފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ކީމޯތެރަޕީ ފެށުމަށް ރައްކާތެރި މާހައުލެއް ކަށަވަރުކުރުމަށް އެކަމަށް ހާއްސަ ދެ އެނދުގެ ޔުނިޓު ހަދާފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ފަންނީ ތަޖުރިބާކާރުންގެ ލަފައާއެކުގަ އެވެ.
ހޮސްޕިޓަލުން ބުނީ އެ ހިދުމަތް ދިނުމުގައި ބޭނުންކުރާ ބައެއް ބޭސްތަކަކީ ސައިޓޯޓޮކްސިކްގެ މާއްދާތައް އެކުލެވޭ ބޭސްތަކަކަށް ވާތީ ފަރުވާއަށް ފަހު އުފެދޭ މެޑިކަލް ވޭސްޓް ނައްތާލުމަށް ހުޅުމާލެ ހޮސްޕިޓަލްގެ އެހީއާއެކު ތިލަފުއްޓަށް ގެންދާނެ ކަމަށެވެ.
ތިނަދޫގައި ކީމޯ ތެރަޕީގެ ހިދުމަތް ފަށައިފި
ކީމޯތެރަޕީީގެ ހިދުމަތް ފުރަތަމަ ފަހަރަށް ރަށެއްގައި
އައްޑޫ ހޮސްޕިޓަލްގައި ކީމޯތެރަޕީގެ ފަރުވާ ފަށައިފި
ކެންސަރަށް ފަރުވާކުރެވޭ ތަނެއް ހުޅުމާލޭގައި ހުޅުވައިފި
އާމްދަނީދަށް ގައުމުތަކުގެ ކުދިންނަށް ކެންސަރު ބޭސް ހިލޭ
ކެންސަރުގެ ވޭނާ ދެކޮޅަށް އެއަށްވުރެ ގަދަ ހިތްވަރެއްގައި
ކެންސަރު ދުވަސް:ރައީސް އެދިވަޑައިގަތީ ދުންފަތާ ދުރުވާން
ކެންސަރަށް ވެކްސިން ހޯދިއްޖެ ކަމަށް ރަޝިޔާއިން ބުނެފި
ފަސްނުޖެހި، އުރަމަތީ ކެންސަރުގެ ވާހަކަދައްކަން އެދިއްޖެ
"ޒެންޓަކް" އިން ދައުވާތައް ހުއްޓުވަން ދެބިލިއަން ދީފި