އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ކެންސަރު ބަލީގެ މީހުންނަށް ދޭ ކީމޯތެރަޕީގެ ފަރުވާ ފަށައިފި އެވެ.
26 އެޕްރީލް 2020
އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ކެންސަރު ބަލީގެ މީހުންނަށް ދޭ ކީމޯތެރަޕީގެ ފަރުވާ ފަށައިފި އެވެ.
އެ ހޮސްޕިޓަލުން ބުނީ އިއްޔެ ރަސްމީކޮށް ހިދުމަތް ފަށައިގަތުމާ އެކު، ދެ މީހަކަށް މިހާރު ވެސް ފަރުވާ ދީފައިވާ ކަމަށެވެ. މިއީ ކެންސަރު ބަލީގެ މީހުންނަށް ކީމޯތެރަޕީގެ ފަރުވާ އައްޑޫގައި ދޭން ފެށި ފުރަތަމަ ފަހަރެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކީމޯތެރަޕީގެ ޚިދުމަތް 25 އޭޕްރިލް ވީ ހޮނިހިރު ދުވަހު ފެށިފައެވެ. މިގޮތުން ކެންސަރަށް ފަރުވާކުރަމުންދާ ދެބޭފުޅަކަށް ފަރުވާ ވަނީ ދެވިފައެވެ. @MoHmv @CancerSocietyMV @ibusolih @ameenex @AdduCityCouncil
— Addu Equatorial Hospital (@aeh_mv) April 26, 2020
އޭއީއެޗްގެ އޮފިޝަލަކު ވިދާޅުވީ ކެންސަރު ބަލީގެ މީހުންނަށް ފަރުވާދެވޭނެ ރަނގަޅު އިންތިޒާމުތަކެއް މިހާރު ހަމަޖެހިފައިވާ ކަމަށާއި ކުރިމަގުގައި އައްޑޫން ފަރުވާ ހޯދާ މީހުން އިތުރުވާނެ ކަމަށެވެ. އަދި މިއީ އައްޑޫގެ ރައްޔިތުންނާއި މުޅި ރާއްޖެ އަށް ވެސް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ހިތަދޫގައި އިމާރާތްކުރި ކުރީގެ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހޮސްޕިޓަލަކަށް ބަދަލުކޮށް މިދިޔަ ޖެނުއަރީ މަހުގެ 15 އިން ފެށިގެން ހިދުމަތްތައް ދެމުން އަންނަ އިރު، ހޮސްޕިޓަލުން އަންނަނީ ކުރިން އައްޑޫން ނުލިބޭ ގިނަ ސިއްހީ ފަރުވާތައް ތައާރަފު ކުރަމުންނެވެ.
އޭއީއެޗަކީ މާލެ ސަރަހައްދުން ބޭރުގައި ތަރައްގީ ކުރި ރާއްޖޭގެ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލެވެ. މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނު އެންމެ އިސްކަން ދެއްވި އެއް މަޝްރޫއެވެ. ޔާމީންގެ ވެރިކަން ނިމުނުއިރު، އައްޑޫ އާ ހޮސްޕިޓަލްގެ މަސައްކަތް ގާތްގަނޑަކަށް ނިމި، އެ ތަނަށް ބޭނުންވާ ސާމާނުތަކަށް ވެސް ހުރީ އޯޑަރު ދީފަ އެވެ.
އައްޑޫގައި އެންޑޮސްކޮޕީގެ ހިދުމަތް ފަށައިފި
އޭއީއެޗްގައި ފުރަތަމަ ފަހަރަށް މީހަކު ވިއްސައިފި
އައްޑޫ ހޮސްޕިޓަލް ނިމިއްޖެ، މަދުވަނީ ސާމާނު: މުއިއްޒު
އައްޑޫ ހޮސްޕިޓަލްގައި އީއެންޓީ ސާޖަރީތައް ފަށައިފި
އައްޑޫ ހޮސްޕިޓަލުން ވެއިޓް-ލިސްޓްކުރުން ހުއްޓާލައިފި
އައްޑޫގައި ކޮވިޑް ސަވައިލަންސް ސާމްޕަލް ނަގަން ފަަށައިފި
އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓްކުރަން ފަށައިފި
އައްޑޫ ހޮސްޕިޓަލަށް ސުވާދިވުން 300 މާސްކް
އައްޑޫ 14 ދުވަހަށް ލޮކްޑައުންކޮށްފި
އައްޑޫގައި ކުރި މައިބަދައިގެ ދެ އޮޕަރޭޝަން ކާމިޔާބު