Roadha Mihaaru
ޔޫރަޕާއި ދެކުނު އެމެރިކާ ގުޅިގެން ކްލަބް މެޗެއް ތައާރަފް ކޮށްފި

ޔޫރަޕާއި ދެކުނު އެމެރިކާ ގުޅިގެން ކްލަބް މެޗެއް ކުޅެނީ

09 ޖުލައި 2023

ޔޫރަޕިއަން ފުޓްބޯޅަ ފެޑެރޭޝަން (ޔޫއެފާ) އާއި ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަން (ކޮންމެބޮލް) ގުޅިގެން ކްލަބް ފުޓްބޯޅަ މެޗެއް ތައާރަފްކޮށްފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

ޔޫރަޕިއަން ފުޓްބޯޅަ ފެޑެރޭޝަން (ޔޫއެފާ) އާއި ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަން (ކޮންމެބޮލް) ގުޅިގެން ކްލަބް ފުޓްބޯޅަ މެޗެއް ތައާރަފްކޮށްފި އެވެ.

ދެ ފެޑެރޭޝަން ގުޅިގެން އިއުލާންކުރީ "ޔޫއެފާ-ކޮންމެބޮލް ކްލަބް ޗެލެންޖް" އެވެ. އެ މެޗުގައި ކުޅޭނީ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދާ ޓީމާއި ދެކުނު އެމެރިކާ ސަރަހައްދުގައި ކުޅޭ ކޮޕާ ސުޑާމެރިކާނާގެ ޗެމްޕިއަންކަން ހޯދާ ޓީމެވެ. އެ ދެ މުބާރާތަކީ ވެސް އެ ސަރަހައްދުތަކުގެ ދެ ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތެެވެ.

ޔޫރޮޕާ ލީގު ޗެމްޕިއަންކަން ހޯދި ސެވިއްޔާ

ޔޫރޮޕާ ލީގު ޗެމްޕިއަންކަން ހޯދި ސެވިއްޔާ

މި އަހަރުގެ މެޗު މި މަހުގެ 19 ވަނަ ދުވަހު ކުޅޭނީ ސްޕެއިންގެ ސެވިލްގަ އެވެ. އެ މެޗުގައި ވާދަކުރާނީ އެންމެ ފަހުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދި ސެވިއްޔާ އާއި ކޮޕާ ސުޑާމެރިކާނާގެ ޗެމްޕިއަންކަން ހޯދީ އިކުއެޑޯ އަށް ނިސްބަތްވާ އިންޑިޕެންޑިއެންޓޭ އެވެ.

ދެ ބައްރުގެ ފުރަތަމަ ކްލަބް ފުޓްބޯޅަ މެޗު ހާއްސަކުރާނީ 2007 ވަނަ އަހަރު މަރުވި ސެވިއްޔާގެ ކުރީގެ ކުޅުންތެރިޔާ އެންޓޯނިއޯ ޕުއޭޓާ އަށެވެ. ހިތުގެ ބަލީގައި ޕުއޭޓާ މަރުވީ 22 އަހަރުގަ އެވެ.

މެޗުގައި ކުޅޭނީ 90 މިނިޓެވެ. އެއްވަރުވެއްޖެ ނަަމަ އިތުރު ވަގުތު ނުކުޅެ ސީދާ ދާނީ ޕެނަލްޓީއަށެވެ. ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމެއް ކަނޑައަޅާފައެއް ނުވެ އެވެ.

ޔޫރަޕާއި ދެކުނު އެމެރިކާ ގުޅިގެން އާ މެޗެއް ތައާރަފް ކުރިިއިރު ފީފާ އިން މިހާރު ވަނީ ކްލަބް ވޯލްޑް ކަޕްގެ ފޯމެޓް ބަދަލުކޮށް އާ މުބާރާތް 2025 ވަނަ އަހަރުގެ ޖޫން މަހު ބާއްވަން ނިންމައިފަ އެވެ. އެ މުބާރާތުގައި މުޅި ދުނިޔެއިން 32 ޓީމު ވާދަކުރާނެ އެވެ.