އެކްސިޑެންޓްތަކުގައި މީހުންގެ ފުރާނަ އާއި މުދަލަށް ލިބޭ ގެއްލުންތަކަށް ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށް ހީވުމަކީ ކުށް ހީއެއް ކަމަށާއި މިހާރުގެ ސިޔާސަތަކީ އެފަދަ މައްސަލަތަކުގައި ދައުވާ ކުރުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
10 ޖުލައި 2023
އެކްސިޑެންޓްތަކުގައި މީހުންގެ ފުރާނަ އާއި މުދަލަށް ލިބޭ ގެއްލުންތަކަށް ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށް ހީވުމަކީ ކުށް ހީއެއް ކަމަށާއި މިހާރުގެ ސިޔާސަތަކީ އެފަދަ މައްސަލަތަކުގައި ދައުވާ ކުރުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ދާދިފަހުން މާލޭގައި ވަނީ ލައިސަންސް ނެތި ސައިކަލު ދުއްވަނިކޮށް މީހެއްގެ ގައިގައި ޖެހި ވަނީ ބޮޑެތި އަނިޔާތަކެއް ވެފަ އެވެ. އެކްސިޑެންޓުވި ސައިކަލު ދުއްވި މީހާ ފަހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް އޭނާގެ އަމިއްލަ ބްލޮގްގައި މިއަދު ލިޔުއްވާފައިވާ ގޮތުގައި، އެކްސިޑެންޓުގެ މައްސަލަތަކުގައި ކުށުގެ ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް ބައެއް މީހުންނަށް ހީވެފައި އޮތަސް، އެއީ ކުށް ހީއެއް ކަމަށެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މިހާރުގެ ސިޔާސަތަކީ ވެސް އެފަދަ މައްސަލަތަކުގައި ޖިނާއީ ދައުވާކުރުން ކަމަށާއި އެހެންވެ، އެފަދަ ބައެއް މައްސަލަތައް މިހާރު ވެސް ކޯޓުގައި ހިނގަމުންދާ ކަމަށް ޝަމީމް ލިޔުއްވާފައިވެ އެވެ.
"ދައުވާ ކުރުމުގެ ސިޔާސަތު އޮތީ ވެސް އެކްސިޑެންޓްވުމަކީ ޖިނާއީ ކުށެއް ކަމަށް ބެލުމަށެވެ." ޝަމީމް ލިޔުއްވާފައިވެ އެވެ.
ޝަމީމް ލިޔުއްވި ގޮތުގައި އެކްސިޑެންޓްވާ މީހާގެ އަތުގައި ލައިސަންސް ނެތް ނަމަ، އެއީ ގާނޫނުލް އުގޫބާތުގައި ބުނާ ފަދަ ފަރުވާ ކުޑަ އަމަލެއްގެ ދަރަޖައިން ދައުވާ ކުރެވޭނެ ކަމެކެވެ. އަދި ގަސްދުގައި ކުރި ކަމެއް ކަމުގެ ހެކި ހުރި ނަމަ، ގަސްދުގެ ދަރަޖައަށް މަތިކޮށް، އަދަބު ބޮޑު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލައިސަންސް ނެތް ނަމަ، އެއީ އޭގެ ޒާތުގައި ފަރުވާކުޑަ އަމަލެއް ކަމަށް ގާނޫނުލް އުގޫބާތު ގަބޫލު ކުރާތީ، ނިޔަތުގެ ދަރަޖައިގައި އޮތް ފަރުވާ ކުޑަ އަމަލު އެ މީހާގެ ކިބައިގައި ފުރިހަމަވާ ކަމަށް ބަލަން ޖެހެ އެވެ." ޝަމީމްގެ ލިޔުމުގައިވެ އެވެ.
އޭގައިވާ ގޮތުން އެކްސިޑެންޓެއްގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިގެން މަރުވެއްޖެ ނަމަ، ގާނޫނުލް އުގޫބާތުގެ ދަށުން ފަރުވާ ކުޑަ އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ދައުވާ ކުރެވޭނެ އެވެ. އަދި އެކްސިޑެންޓްތަކުގައި މީހުންނަށް ލިބޭ އަނިޔާތަކާ ގުޅިގެންނާއި އެކްސިޑެންޓްތަކުގައި މީހުންގެ މުދަލަށް ލިބޭ ގެއްލުންތަކާ ގުޅިގެން ވެސް ގާނޫނުލް އުގޫބާތުގެ ދަށުން ޖިނާއީ ދައުވާ ކުރެވޭނެ ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.
އަދުލުގެ ނިޒާމުގެ ބޭނުމަކީ ގެއްލުން ލިބޭ މީހުންނަށް އިންސާފު ހޯދައި ދިނުންކަން ފާހަގަ ކުރައްވައި، ޝަމީމް ލިޔުއްވާފައިވަނީ އެކްސިޑެންޓްވުމަކީ ކުށެއް ނޫން ކަމަށް ބެލުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެގޮތަށް ބަލާނަމަ، ގަސްދުގައި އެކްސިޑެންޓް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.
ސްޕޯޓްސް ކާރު އެކްސިޑެންޓް: ދައުވާކުރަން ފޮނުވައިފި
ޓެކްސީ ޑްރައިވަރަށް ޖިނާއީ ދައުވާ ކުރަނީ
ގައިމަތިން ސައިކަލު ދިޔަ މައްސަލަ ޕީޖީއަށް ފޮނުވަނީ
އެކްސިޑެންޓެއްގައި މީހަކު މަރުވުން: ދައުވާއަށް އިންކާރު
ސްޕޯޓްސް ކާރުން ޖެހި މީހަކު މަރުވި މައްސަލަ ޕީޖީއަށް
ސްޕޯޓްސް ކާރު އެކްސިޑެންޓާ ގުޅިގެން ގިނަ ދައުވާތަކެއް
މީހަކު މަރުވި އެކްސިޑެންޓުގެ މައްސަލަ ހައިކޯޓަށް
އެކްސިޑެންޓް ގިނަވެ ބިރުވެރިކަން، ހަމަ ގާނޫނު މަދީތަ؟
ބާރަށް ކާރު ދުއްވި މީހަކު ފިލަން އުޅުމުން ހައްޔަރު
ފިލަން އުޅުމުން ޕޮލިހެއްގެ ގައިގައި ސައިކަލުން ޖެހިއްޖެ