މާލޭގެ ކެފޭއެއްގެ ތެރޭގައި މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގެ ދައުވާ ލިބުނު އެންމެން ސަލާމަތްވި މައްސަލާގައި، އިސްތިއުނާފް ޝަރީއަތް ނިމެންދެން އެ މީހުން ބަންދުކުރަން ދައުލަތުން ހައި ކޯޓުގައި މިއަދު އެދެފި އެވެ.
މާލޭގެ ކެފޭއެއްގެ ތެރޭގައި މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގެ ދައުވާ ލިބުނު އެންމެން ސަލާމަތްވި މައްސަލާގައި، އިސްތިއުނާފް ޝަރީއަތް ނިމެންދެން އެ މީހުން ބަންދުކުރަން ދައުލަތުން ހައި ކޯޓުގައި މިއަދު އެދެފި އެވެ.
ޓާމިނަލް ކެފޭ ތެރޭގައި 2017 ވަނަ އަހަރު ގްރޫޕަކުން ގޮސް ނަދީމަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް މަފާޒް ހުސައިން ސަލީމާއި ލ. ގަން ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމީނާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ނިންމީ އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އެ މައްސަލައަކީ މަރުގެ މައްސަލައެއް ކަމަށް ވާއިރު އިސްތިއުނާފް މަރުހަލާގައި އެ މީހުން ބަންދުން ދޫވެފައި ތިބެއްޖެނަމަ އެ މީހުންގެ ފަރާތުން މުޖްތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ.
މިފަދަ އެހެން މައްސަލަތަކުގައި ކުރިން ހައި ކޯޓުން މީހުން ބަންދު ކުރިކަން ދައުލަތުން ފާހަގަކުރި އެވެ.
މިއަދުގެ އަޑުއެހުމަށް ހާޒިރުވީ މަފާޒާއި ޝާމިން އެކަންޏެވެ.
ނަދީމްގެ މަރުގެ މައްސަލާގައި ހައި ކޯޓުގައި މިއަދު އަޑުއެހުން ކުރިއަށް ދަނީ
ދައުލަތުން ބުނީ ނަދީމްގެ މަރުގެ މައްސަލަ ނިންމި ފަހުން ވެސް، މަފާޒްގެ އެހެން ކުށުގެ ރެކޯޑްތަކެއް އެބަހުރި ކަމަށެވެ. އެހެންވެ، އިސްތިއުނާފް މަރުހަލާ ނިމެންދެން އެ މީހުން ބަންދުގައި ބައިތިއްބަން އަމުރުކޮށްދޭން ދައުލަތުން އެދުނެވެ.
ފަހުން ފެންމަތިވި މައްސަލަތަކަކީ ބަންދު ކުރަންޖެހޭ ބާވަތުގެ މައްސަލަތަކެއްތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ދައުލަތުން ބުނީ މާރާމާރީއެއް ހިންގަން އުޅުމުގެ ތުހުމަތުގައި މިދިޔަ މަހު މަފާޒް ހައްޔަރު ކުރި ނަމަވެސް ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.
މަފާޒާއި ޝާމިން އެދުނީ ވަކީލުން އައްޔަން ކުރަން ފަސް ދުވަހުގެ ފުރުސަތެއް ދިނުމަށެވެ.
ފަނޑިޔާރުންގެ ބެންޗުން ނިންމެވީ ވަކީލަކު ހަމަޖައްސަން ތިން ދުވަހުގެ މުއްދަތެއް ދިނުމަށެވެ.
އެކަމަކު ދައުލަތުން އެދުނީ އެ މީހުންނަށް ވަކީލަކު ހަމަޖެހެންދެން، ފަސް ދުވަހުގެ މުއްދަތަށް އެ މީހުން ބަންދުގައި ބައިތިއްބަން އަމުރުކޮށް ދިނުމަށެވެ. އަދި ވަކީލުންގެ ފުރުސަތަށް އެދޭ ހާލަތުގައި ދަށު ކޯޓުތަކުން ވެސް އަމަލުކުރަނީ އެ އުސޫލުން ކަމަށް ދައުލަތުން ބުންޏެވެ.
ސަބަބެއްގެ ގޮތުގައި ދައުލަތުން ބުނީ ވަކީލަކު ހަމަޖެހެންދެން އެ މީހުން މުޖްތަމައުގެ ތެރެއަށް ދޫވެފައި ތިބުމަކީ ހަމަޖެހޭ ކަމަކަށް ނުވާތީ އެވެ.
ނަމަވެސް ބެންޗުން ވިދާޅުވީ ބަންދާ މެދު ގޮތެއް ނިންމާނީ ވަކީލުން ހަމަޖައްސަން ދިން ތިން ދުވަހުގެ މުއްދަތަށް ފަހު ކަމަށެވެ. އަދި އެ މުއްދަތު ހަމަވާއިރު ވަކީލަކު ހަމަނުޖެހުނަސް، ބަންދާ މެދު ގޮތެއް ނިންމާނެ ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ. އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހުސައިން މަޒީދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަހީދެވެ.
އަނަސްގެ މަރުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި
ގޭންގުތައް ނުހުއްޓުވޭ ސަބަބާ މެދު ފަނޑިޔާރުންގެ ސުވާލު
ނަދީމްގެ މަރު: މަފާޒް ޝަރީއަތް ނިމެންދެން ބަންދަށް
މޫސަގެ މަރު: މީހާ ބަންދު ނުކުރާތީ ސުޕްރީމް ކޯޓަށް
މޫސަގެ މަރުގެ ދައުވާލިބޭ މީހާ ބަންދުނުކުރެެވޭނެ:ހައިކޯޓް
ނަދީމްގެ މަރު:ބަންދު ނުކުރި މައްސަލަ އިސްތިއުނާފްނުކުރި
ނަދީމްގެ މަރު: 4 މީހުންގެ ތެރެއިން ބަންދުކުރީ އެކަކު
ނަދީމްގެ މަރު: ބަންދުނުކުރި މައްސަލަ ހުކުމާ ހަމައަށް
"ނަދީމްގެ މަރުގެ ދައުވާލިބޭމީހުން ބަންދުނުކުރުން ގޯސް"
ނަދީމްގެ މަރު:މީހުން ބަންދުނުކުރި މައްސަލަ ބަލަނީ