މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުވާލިބުނު އެންމެން ސަލާމަތްވި މައްސަލަ އިސްތިއުނާފްކުރަން ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
06 މެއި 2024
މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުވާލިބުނު އެންމެން ސަލާމަތްވި މައްސަލަ އިސްތިއުނާފްކުރަން ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް އަނަސްއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ލ. ގަން ތުނޑީ ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒާއި ޅ. ކުރެންދޫ އަސުރުމާގޭ މުހައްމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގާއި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށެވެ.
އެ ހަތް މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ.
އެ ހަތް މީހުން ސަލާމަތްވި މައްސަލަ އިސްތިއުނާފް ކުރަން ހައި ކޯޓަށް މިއަދު ހުށަހަޅާފައިވާ ކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކަށަވަރުކޮށް ދިނެވެ.
އަނަސްގެ މަރާ ގުޅިގެން ދައުލަތުން ދައުވާކުރި މީހުންގެ ތެރެއިން މިހާތަނަށް ކުށް ސާބިތުވީ އެކަމުގައި ބައިވެރިވި 17 އަހަރުގެ ކުއްޖެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް ހައި ކޯޓުން މިދިޔަ އަހަރު ވަނީ އިއްވައިފަ އެވެ.
މޫސަގެ މަރުގެ ދައުވާލިބޭ މީހާ ބަންދުނުކުރެެވޭނެ:ހައިކޯޓް
ނަދީމްގެ މަރު: 4 މީހުންގެ ތެރެއިން ބަންދުކުރީ އެކަކު
ނަދީމްގެ މަރު:މީހުން ބަންދުކުރަން ސުޕްރީމް ކޯޓަށް
ނަދީމްގެ މަރު:އެންމެން ބަންދުކުރަން ހައިކޯޓުގައި އެދެފި
ކުށްކުރަން ކުޑަކުދިން ބޭނުންކުރާތީ ދައުވާކުރަން ފަށައިފި
ޔާމީންގެ މަރު: ޕީޖީގެ ވާހަކަތަކަށް ކޯޓުން ރައްދު ދީފި
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް
ގޭންގުތައް ނުހުއްޓުވޭ ސަބަބާ މެދު ފަނޑިޔާރުންގެ ސުވާލު
އެމްބަސީ ކައިރީގައި މުޒާހަރާ ކުރާތީ ޝަކުވާ ލިބޭ: ޕީޖީ
އަނަސްގެ މަރު: ހައި ކޯޓުން ޝަރީއަތް ފަށައިފި