ބ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފަޅައި، ކެއްކުމުގައި ބައިވެރިވި، އެ އަތޮޅުގެ ކެންދޫގެ ހަތް މީހަކު 198،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
10 ޖުލައި 2023
ބ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފަޅައި، ކެއްކުމުގައި ބައިވެރިވި، އެ އަތޮޅުގެ ކެންދޫގެ ހަތް މީހަކު 198،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
ތިމާވެއްޓަށް ދީފައިވާ ގެއްލުންތަކާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާތަކުގެ މައުލޫމާތު ހޯދުމަށް "މިހާރު" އިން ހުށަހެޅި އާރުޓީއައި ފޯމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދިން ޖަވާބުގައި ބުނީ އެ މީހުން ޖޫރިމަނާކުރީ މިދިޔަ މަހުގެ 20 ގައި ކަމަށެވެ. ޖޫރިމަނާ ދެއްކުމަށް އެ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
ކޮންމެ މީހަކު 198،000ރ. އިން ޖޫރިމަނާކޮށްފައިވާ ވާތީ މުޅި ޖުމްލަ 1،386،000ރ. ޖޫރިމަނާގެ ގޮތުގައި އެ ހަތް މީހުން އީޕީއޭ އަށް ދައްކަން ޖެހޭނެ އެވެ.
އެ އިދާރާ އިން ކުރިން ބުނި ގޮތުގައި، އެކަމުގައި އަމަލީ ގޮތުން ބައިވެރިވީ ފަސް ފިރިހެނުންގެ ގޫރަޕަކުންނެވެ.
ކެޔޮދު އަށް ބަޔަކު ގޮސް، އެ ރަށުގައި ވެލާ ފަޅައިގެން އުޅޭ ކަމުގެ މައުލޫމާތެއް ފުލުހުންނަށް ލިބުނީ މިދިޔަ ފެބްރުއަރީ މަހުގެ ތިނެއްގަ އެވެ. އެހެންވެ، އެ ރަށަށް ފުލުހުން ގޮސް އެކަމުގައި ބަލަން ޖެހޭ ކަންކަން ބަލައި އެ މައުލޫމާތު އީޕީއޭއާ ހިއްސާކުރީ އެވެ.
އެ ގްރޫޕުން ހަ ވެލާ ފަޅާލި އެވެ. ފުލުހުން އެ އެންމެންގެ ބަޔާން ނެގުމަށް ފަހު ދޫކޮށްލީ އެވެ.
އީޕީއޭއިން ކުރިން ބުނި ގޮތުގައި، އެ އިދާރާ އާއި ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވް އޮފީހުގެ މުވައްޒަފުނާއި ފުލުހުންނާ އެކު އެ ރަށަށް ގޮސް ހެކި ހޯދައި އެހެން މައުލޫމާތުތައް ވެސް އެއްކުރި އެވެ.
ރާއްޖޭގެ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އޭޕްރީލް 4، 2016 އިން ފެށިގެން ވެލަ އާއި ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ހިމާޔަތްކޮށްފަ އެވެ. ވެލާ ކަހަނބުގެ ބާވަތްތައް ހިފުމާއި އެއަށް ގޯނާކުރުމަކީ މަނާކަމެކެވެ. އެއީ ބޮޑު ޖޫރިމަނާއެއް އަންނަ ކުށަކަށް ވިޔަސް އަދިވެސް ދިވެހިންގެ ތެރޭގައި ވެލާ ހިފައި، އެ ކައި ހަދާ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވެ އެވެ.
ވެލާފެޅި މީހުން ޖޫރިމަނާ ފައިސާ ނުދެއްކި!
ވެލާތައް ހިފައި ކެއްކީ ކެންދޫ ބައެއް: އީޕީއޭ
މާލޭ މަގުމަތިން ފެނުނު ކަންޒުކަހަނބެއް ކާށިދުއަށް
ދިރޭ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް
ކެޔޮދޫގައި ވެލާ ފެޅި މީހުންގެ ޖޫރިމަނާ ކުޑަކޮށްދީފި
"ޓާޓަލް ބޯއި" ގާދޫގެ ވެލާތަކުގެ ހިމާޔަތުގައި
ހިމާޔަތްކޮށްފައިވާ ހިސާބަކުން ފިނޮޅެއްގައި ވެލާ ފަޅާފައި
މާލެ އެރި ވެލާގެ ބިސްތައް ކުޑަހުރާ އަށް ގެންގޮސްފި
އަނިޔާވެރިކޮށް ބަނދެފައި އޮތް ވެލާ ދޫކޮށްލައިފި
ބިސްއަޅަން ރަންވޭއަށް އެރިކަމަށް ބެލެވޭ ވެލާ މަރުވެއްޖެ