Roadha Mihaaru
ދުވަސްވީ އަންހެނަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

ހުޅުދޫގައި ދުވަސްވީ އަންހެނަކު މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެ

10 ޖުލައި 2023

އައްޑޫ ހުޅުދޫ މޫދުގައި މީހަކު މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އައްޑޫ ހުޅުދޫ މޫދުގައި މީހަކު މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 11:48 ގައި ކަމަށެވެ.

އޭނާ މޫދުން ނަގައިގެން ހުޅުދޫ ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަރުވެފައި އޮއްވައި ފެނުނީ އުމުރުން 78 އަހަރުގެ ދިވެހި އަންހެނެކެވެ.

އޭނާއާ ބެހޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.