އައްޑޫގެ ފަޅު ރަށަކަށް ދަތުރުގޮސް އުޅުނު މީހަކު ވެއްޓި މިއަދު މަރުވެއްޖެ އެވެ.
18 ނޮވެމްބަރ 2023
އައްޑޫގެ ފަޅު ރަށަކަށް ދަތުރުގޮސް އުޅުނު މީހަކު ވެއްޓި މިއަދު މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ހިތަދުއަށް އުފަން އަހުމަދު މުހައްމަދު، އެއްރުއްހެރާ ނަމަކަށް ކިޔާ ފަޅު ރަށަކަށް އިއްޔެ ހަވީރު ދިޔައީ އޭނާގެ ރައްޓެހިންނާއި އާއިލާގެ ބަޔަކާއެކުގަ އެވެ.
އެ މީހުންނާ އެކު އުޅުމުގެ ތެރޭގައި އަހުމަދު، 28، މިއަދު އެއްފަހަރު ބިން މައްޗަށް ވެއްޓުނު ކަމަށްވެ އެވެ. އެކަމަކު، ފެނާއި ޖޫސް ދިނުމުން ފަހުން ރަނގަޅުވި އެވެ.
އޭނާ މަރުވީ، ދެ ވަނަ ފަހަރަށް ވެއްޓުނު ފަހުންނެވެ.
"ވެއްޓިފައި އޮއްވާ ފެނުނުއިރު ނޭވާ ލާ. ޓެންޓު ކައިރިއަށް ގެންދިޔަ ފަހުން ނޭވާނުލާން ފެށީ. އެކަމަކު ވިންދު ހުރި. އެހެންވެ، ވަގުތުން ކޯސްޓްގާޑަށް ގުޅައިގެން މި ގެންދިޔައީ. ފޭދޫ ހެލްތު ސެންޓަރަށް ގެންދިޔަ ފަހުން މަރުވީ." މިކަން ހިނގިގޮތް އެނގޭ މީހަކު ކިޔައިދިނެވެ.
އެކަމުގައި ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
އައްޑޫ ދެމަފިރިންގެ ޖަނާޒާ މާދަމާ ބާއްވަނީ
އޮޓޮޕްސީއާ މެދު ގޮތެއް ނުނިމޭތީ ދެމަފިރިން ވަޅުނުލެވި
އައްޑޫގައި ދެމަފިރިއަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
އައްޑޫގައި މަރުވި މީހެއްގެ މައްސަލަ ފުލުހުން ބަލަނީ
އައްޑޫގެ ކުޅިއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
ގެއްލުނު ބިދޭސީއަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ
ފުލުހަކު ގެއްލިގެން ހޯދަނިކޮށް މަރުވެފައިއޮއްވާ ފެނިއްޖެ
ދުވަސްވީ އަންހެނަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ
ގަހެއް ކަނޑަން އުޅުމުގެ ތެރޭގައި މީހަކު މަރުވެއްޖެ
ގެނބިގެން މަރުވެފައި އޮތް ޓޫރިސްޓަކު ފެނިއްޖެ