Roadha Mihaaru
ދެކުނު އޭޝިއާ މުބާރާތުން މޯޑް އާއި އަޒްނީނަށް ރެކޯޑެއް

ދެކުނު އޭޝިއާ މުބާރާތުން މޯޑް އާއި އަޒްނީނަށް ރެކޯޑެއް

11 ޖުލައި 2023

ރާއްޖޭގައި ބޭއްވި ދެކުނު އޭޝިއާ ބޮޑީބިލްޑިން މުބާރާތުގައި މުހައްމަދު މޫސާ (މޯޑް) އާއި އަޒްނީން ރަޝާދު ރާއްޖޭގެ ރެކޯޑެއް ހަދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރާއްޖޭގައި ބޭއްވި ދެކުނު އޭޝިއާ ބޮޑީބިލްޑިން މުބާރާތުގައި މުހައްމަދު މޫސާ (މޯޑް) އާއި އަޒްނީން ރަޝާދު ރާއްޖޭގެ ރެކޯޑެއް ހަދައިފި އެވެ.

އެ މުބާރާތުގައި ރާއްޖޭން ހަތަރު ރަން މެޑަލް އާއި ހަތަރު ރިހި މެޑަލް އަދި ބްރޯންޒް މެޑައްޔެއް ހޯދި އެވެ.

ރަން މެޑަލް ހޯދީ، މޯޑް އާއި އަޒްނީންގެ އިތުރުން، މުހައްމަދު ޔާމީން (ޔާންބެ) އާއި އަބްދުﷲ އަހުސަނެވެ. ޖޫނިއާ ކެޓަގަރީގައި ވާދަކުރި ފަތުހުﷲ މުހައްމަދާއި މުހައްމަދު އިމްރާހް އިބްރާހިމާއި ޝާލް އިބްރާހިމް، އަޝްޔަމް މުހައްމަދު ޝަފީގް، ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. އަދި އަލީ ސަލީމް އިބްރާހިމް ބްރޯންޒް މެޑަލް ހޯދި އެވެ.

ބޮޑީބިލްޑިން ކެޓަގަރީން މޯޑް އަދި އެތުލެޓިކް ފިޒީކް ކެޓަގަރީން އަޒްނީން ހޯދި ރަން މެޑައްޔާ އެކު އެ ދެ އެތުލީޓުން ވަނީ ރާއްޖޭގެ ބޮޑީބިލްޑިން ތާރީހުގައި ދެކުނު އޭޝިއާގައި ވިދިވިދިގެން ދެ މުބާރާތުގައި ރަން މެޑަލް ހޯދި ފުރަތަމަ އެތުލީޓުންގެ ޝަރަފް ހޯދައިފަ އެވެ.

އަޒްނީން ދެކުނު އޭޝިއާގެ މުބާރާތުން އެތުލެޓީކް ފިޒީކް ކެޓަގަރީން ވިދިވިދިގެން ދެ މުބާރާތުގައި ރަން މެޑަލް ހޯދި ރާއްޖޭގެ ފުރަތަމަ އެތުލީޓަކީ އޭނާ --- ފޮޓޯ: ނިޝާން އަލީ މިހާރު

އަޒްނީން ދެކުނު އޭޝިއާގެ މުބާރާތުން އެތުލެޓީކް ފިޒީކް ކެޓަގަރީން ވިދިވިދިގެން ދެ މުބާރާތުގައި ރަން މެޑަލް ހޯދި ރާއްޖޭގެ ފުރަތަމަ އެތުލީޓަކީ އޭނާ --- ފޮޓޯ: ނިޝާން އަލީ މިހާރު

މީގެ ކުރިން އެ މުބާރާތުގައި ރާއްޖޭގެ އެތުލީޓުން ރަން މެޑަލް ހޯދި ނަމަވެސް އެ ދެ ބޮޑީބިލްޑަރުން ފިޔަވައި އެހެން ދެ އެތުލީޓަކަށް ވިދިދިގެން ދެ މުބާރާތުގައި ރަން މެޑަލް ލިބިފައެއް ނުވެ އެވެ. މިއީ ދެކުނު އޭޝިއާގެ މުބާރާތް ރާއްޖޭގައި ބޭއްވި ދެވަނަ ފަހަރެވެ. އޭގެ ކުރިން ރާއްޛޭގައި އެ މުބާރާތް ބޭއްވީ 2001 ވަނަ އަހަރު ބަންޑޮސް އައިލެންޑް ރިސޯޓްގަ އެވެ.

ރާއްޖޭގެ އެތުލީޓުންނަށް ދެން އޮތީ ސެޕްޓެމްބަރު މަހު ނޭޕާލްގައި ބާއްވާ، އޭޝިއަން ޗެމްޕިއަންޝިޕެވެ. އެ މުބާރާތަށް ހަ ބޮޑީބިލްޑަރުން ޓީމެއް ވަނީ އެކުލަވާލައިފަ އެވެ.

ރާއްޖޭގެ ޓީމަށް ނެގީ: މުހައްމަދު މޫސާ (މޮޑް) މުހައްމަދު ޔާމީން (ޔާންބެ)، އަބްދުﷲ އަހްސަން، ފަތުހުﷲ މުހައްމަދު، އަޒްނީން ރަޝާދު، މުހައްމަދު އިމްރާހް އިބްރާހިމް އެވެ.