Roadha Mihaaru
މިސްޓަ މޯލްޑިވްސް ހޮވުން މާޗް 21 ގައި

މިސްޓަ މޯލްޑިވްސް ހޮވުން މާޗް 21 ގައި

01 ޑިސެމްބަރ 2020

ގައުމީ ބޮޑީބިލްޑިން މުބާރާތް (މިސްޓަ މޯލްޑިވްސް) އަންނަ އަހަރު މާޗް މަހު 21 ވަނަ ދުވަހު ބާއްވާ ގޮތަށް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ނިންމައިފި އެވެ.

ގައުމީ ބޮޑީބިލްޑިން މުބާރާތް (މިސްޓަ މޯލްޑިވްސް) އަންނަ އަހަރު މާޗް މަހު 21 ވަނަ ދުވަހު ބާއްވާ ގޮތަށް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ނިންމައިފި އެވެ.

މި އަހަރު ޖުލައި މަހު ގައުމީ ބޮޑީބިލްޑިން މުބާރާތް ބާއްވަން ފުރަތަމަ ތާވަލުކުރި ނަމަވެސް ކޮވިޑް-19 ފެތުރޭތީ އޭރު މުބާރާތް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތުމުން ބީބީއޭއެމް އިން ވަނީ މުބާރާތް ކެންސަލްކޮށްފަ އެވެ. އަދި ގައުމީ ސްކޮޑު ނެގުން ވެސް ވަނީ މި ފެށޭ އަހަރަށް ފަސްކޮށްފަ އެވެ.

ބީބީއޭއެމް އިން އިއްޔެ އާންމުކުރި ވީޑިއޯއެއްގައި ވަނީ އަންނަ އަހަރު މާޗް 21 ވަނަ ދުވަހު ގައުމީ ބޮޑީބިލްޑިން މުބާރާތް ބާއްވާނެކަން އިއުލާނުކޮށްފަ އެވެ. އަދި ބެލެވޭ ގޮތުގައި އެ މުބާރާތާ އެކު ގައުމީ ބޮޑީބިލްޑިން ސްކޮޑު ނެގުން ވެސް އޮންނާނެ އެވެ. ބީބީއޭއެމް އިން މީގެ ކުރިން ބުނެފައިވަނީ ގައުމީ ސްކޮޑު ނެގުން އޮންނާނީ އޭޕްރީލް މަހު ކަމަށެވެ.

ބީބީއޭއެމް އިން ޕޯސްޓްކުރި މިސްޓަ މޯލްޑިވްސްގެ ވީޑިއޯ.-- ފޮޓޯ: ބީބީއޭއެމް

ކޮވިޑް-19 ފެތުރޭތީ އޭރު ކުރިމަތިވެފައި އޮތް އުނދަގޫ ހާލަތުގެ ސަބަބުން މި އަހަރު ސެޕްޓެމްބަރު މަހު މާފުށީގައި ބާއްވަން ހަމަޖެހިފައި އޮތް އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. މިއީ އޭޝިއާ ފެންވަރުގެ ބޮޑީބިލްޑިން މުބާރާތެއް ރާއްޖޭގައި ބާއްވަން ލިބުނު ފުރަތަަމަ ފަހަރެވެ.

އެންމެ ފަހުން 2019 ވަނަ އަހަރުގެ މިސްޓަ މޯލްޑިވްސް އަކީ ގިޔާސް އިބްރާހިމް އެވެ. ސްޕޯޓްސް ފިޒީކް ބައިން ޗެމްޕިއަނަކީ އަޒްނީން ރަޝާދު އެވެ.

މިދިޔަ މަހު 20 ވަނަ ދުވަހު ބީބީއޭއެމްގެ އެކްސްކޯގައި ހުސްވެފައިވާ ދެ މަގާމަށް މެމްބަރުން އިންތިހާބުކުރަން ބައި އިލެކްޝަން ބޭއްވި އެވެ. ބައި އިލެކްޝަން ކާމިޔާބުކޮށް އެކްސްކޯ މެމްބަރުކަމަށް އިންތިހާބުވީ އަހުމަދު އައިމަން އާއި އަހުމަދު ލިޒާމް އެވެ.