Roadha Mihaaru
ދެކުނު އޭޝިއާ ޗެމްޕިއަންޝިޕުން އަޒުނީނަށް ރެކޯޑެއް

ވިދިވިދިގެން ތިން ފަހަރު ރަން މެޑަލް، ދެކުނު އޭޝިއާ ޗެމްޕިއަންޝިޕުން އަޒުނީނަށް ރެކޯޑެއް

09 ޖޫން 2024

ދެކުނު އޭޝިއާ ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގައި ވިދިވިދިގެން ތިން މުބާރާތުގައި ރަން މެޑަލް ހޯދައި ރާއްޖޭގެ އަޒުނީން ރަޝާދު ރެކޯޑެއް ހަދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދެކުނު އޭޝިއާ ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގައި ވިދިވިދިގެން ތިން މުބާރާތުގައި ރަން މެޑަލް ހޯދައި ރާއްޖޭގެ އަޒުނީން ރަޝާދު ރެކޯޑެއް ހަދައިފި އެވެ.

ރާއްޖޭގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގައި ސްޕޯޓްސް ފީޒީކް އަޕްޓް 170 ސެންޓްމީޓަރުގެ ކެޓަގަރީން އަޒުނީން ރަން މެޑަލް ހޯދުމާ އެކު އޭނާ ވެފައި ވަނީ ދެކުނު އޭޝިއާގެ ޗެމްޕިއަންޝިޕަކުން ވިދިވިދިގެން ތިން ރަން މެޑަލް ހޯދި ރާއްޖޭގެ ހަމައެކަނި އެތުލީޓަށެވެ.

ރާއްޖޭގެ ސްޕޯޓްސްފިޒީކްގެ ގައުމީ ޗެމްޕިއަން، އަޒްނީން ވަނީ 2022 ގައި ނޭޕާލްގައި ބޭއްވި ދެކުނު އޭޝިއާ މުބާރާތުގައި ވެސް ރަން މެޑަލް ހޯދައިފަ އެވެ. އަދި މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި މުބާރާތުން ވެސް ރަން މެޑަލް ހޯދި އެވެ.

އަޒްނީން (ކ) އަށް ރަން މެޑަލް އާއި ޓްރޮފީ، ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރު (ވ) ހަވާލުކޮށްދެއްވަނީ --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

އަޒްނީން (ކ) އަށް ރަން މެޑަލް އާއި ޓްރޮފީ، ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރު (ވ) ހަވާލުކޮށްދެއްވަނީ --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

އިއްޔެގެ ރަން މެޑައްޔާ އެކު، އަޒުނީނަށް އެހެން ކާމިޔާބެއް ވެސް އެބައޮތެވެ. އޭނާ ވެފައި ވަނީ ރާއްޖޭގެ ފަސްގަނޑުގައި ތިން މުބާރާތެއްގައި ރަން މެޑަލް ހޯދި ފުރަތަމަ އެތުލީޓްގެ ޝަރަފެވެ. ރާއްޖޭގައި 2022 ގައި ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕްގައި ފެށި އެ ޝަރަފު، މިއަހަރު ރާއްޖޭގައި ބާއްވާ ވޯލްޑް ޗެމްޕިއަންޝިޕާ ހަމައަށް ގެންދަން އަޒްނީން އުންމީދު ކުރ އެވެ.

"އެއީ ދެން އުންމީދަކީ މި އަހަރު ރާއްޖޭގައި މި އޮތް ވޯލްޑް ޗެމްޕިއަންޝިޕުން އަނެއްކާ ވެސް ގޯލްޑެއް ހޯދުން،" އަޒްނީން ބުންޏެވެ.

މުބާރާތުގެ ރަސްމީ އިވެންޓްތައް ފެށީ އިއްޔެ އެވެ. ރާއްޖޭގެ ފަތުފުﷲ މުހައްމަދާއި ޝާހީން ވެސް ވަނީ އެ އެތުލީޓުން ވާދަކުރި އިވެންޓްތަކުން ރަން މެޑަލް ހޯދައިފަ އެވެ.