މިދިޔަ އަހަރުގެ އެސްއޯއީތަކުގެ ފައިދާ އޭގެ ކުރީ އަހަރަށް ވުރެ 500 މިލިއަން ރުފިޔާ ދަށްވެއްޖެ އެވެ.
13 ޖުލައި 2023
މިދިޔަ އަހަރުގެ އެސްއޯއީތަކުގެ ފައިދާ އޭގެ ކުރީ އަހަރަށް ވުރެ 500 މިލިއަން ރުފިޔާ ދަށްވެއްޖެ އެވެ.
ޕީސީބީ އިން އާންމު ކުރި އެސްއޯއީތަކުގެ ކުއާޓާލީ ރިޕޯޓުތަކުގައިވާ ގޮތުން، ކުންފުނިތަކަށް ވަނީ 5.6 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ. އެސްއޯއީތަކަށް 2021 ވަނަ އަހަރު ފައިދާގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ ގާތްގަނޑަކަށް 35 ޕަސެންޓުގެ ދަށްވުމެކެވެ.
މިދިޔަ އަހަރު އެސްއޯއީތަކަށް އެންމެ ބޮޑު ފައިދާއެއް ލިބުނީ ފުރަތަމަ ކުއާޓަރުގަ އެވެ. އެ ކުއާޓަރުގައި ފައިދާގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފައިދާގެ ގޮތުގައި ލިބުނީ 1.4 ބިލިއަން ރުފިޔާ އެވެ. އަދި އެންމެ ކުޑަ ފައިދާއެއް ލިބުނީ، ތިން ވަނަ ކުއާޓަރުގަ އެވެ. އެކުއާޓަރުގައި 800 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެސްއޯއީތަކުގެ ފައިދާ އެހާ ބޮޑަށް ދަށްވެފައި ވަނީ، އެމްޓީޑީސީ އާއި ބީއެމްއެލް ފަދަ ކުންފުނިތަކުގެ ފައިދާ ދަށްވުމުންނެވެ. އަދި އާސަންދަ އާއި ރީޖަނަލް އެއާޕޯޓްސް އާއި އައިލެންޑް އޭވިއޭޝަން ފަދަ ކުންފުނިތަކުން ލިބުނު ގެއްލުން ބޮޑުވުމުންނެވެ.
އެސްއޯއީތަކަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 46 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ 2021 ވަނަ އަހަރާ އަޅާ ބަލާ އިރު 10 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އެ އަހަރު އެސްއޯއީތަކަށް ލިބުނީ 36 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.
އެސްއޯއީތަކުގެ ފައިދާއިން މި އަހަރުގެ މިހާތަނަށް ދައުލަތަށް ވަނީ 228 މިލިއަން ރުފިޔާ ލިބިފަ އެވެ. މި އަހަރުގެ ބަޖެޓުގައި އެސްއޯއީތަކުން ލިބޭ ފައިދާއިން ދައުލަތަށް 1.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
ސަރުކާރުން އެސްއޯއީގެ ގޮތުގައި 30 ކުންފުންޏެއް އަންނަނީ ހިންގަމުންނެވެ. އެސްއޯއީތަކުގެ ތެރެއިން ފައިދާވަނީ އޭގެތެރެއިން 50 ޕަސެންޓު ކުންފުނިންނެވެ. ގިނަ ކުންފުނިތައް ހިންގުމަށް ދައުލަތުން ބަޖެޓުން ވެސް ބޮޑު ހޭދައެއް ކުރަން ޖެހެ އެވެ. މި އަހަރުގެ ބަޖެޓުން ވެސް އެސްއޯއީތައް ހިންގުމަށް 760 މިލިއަން ރުފިޔާ ހޭދަކުރަން ވަނީ ކަނޑައަޅައިފަ އެވެ.
ސަރުކާރު ކުންފުނިތަކުގެ އެޗްއާރު ޕޮލިސީ ރިވިއުކުރަނީ
ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން އަންގައިފި
ކުރީގެ ފިނޭންސް މިނިސްޓަރު ޝަފީގް އެޗްޑީއެފްސީގެ ބޯޑަށް
ޑިރެކްޓަރުން އައްޔަންކުރާ މުއްދަތު ކުރުކުރަން އިސްލާހެއް
ސަރުކާރުން އެސްއޯއީތަކަށް 1.3 ބިލިއަން ހޭދަކޮށްފި
ކުންފުނިތައް ހިންގީ ދޯދިޔާކޮށް، ދަރަނި 98 ބިލިއަނަށް
އާރްޑީސީން ބައެއް މުވައްޒަފުން ވަކިކުރަނީ
އިސްރާފު ކުޑަކުރަން މޭ މަހުން ފެށިގެން ފިޔަވަޅު އަޅަނީ
އެސްއޯއީތައް ރިފޯމު ކުރަން 3 އެކްސްޕާޓުން ހޯދަނީ
އެސްއޯއީތަކުން ނެގި 5 ލޯނަކަށް ސަރުކާރުން ގެރެންޓީދީފި